ދެކުނު ސޫދާންއިން ކޮލެރާ ޖެހިގެން 29 މީހުން މަރުވެއްޖެ

އެފްރިކާ ސަރަހައްދުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮލެރާ ރޯގާގައި ދެކުނު ސޫދާންއިން 29 މީހުން މަރުވެއްޖެއެވެ.

ހަލުވި ކަމާއެކު ކޮލެރާ ފެތުރެމުންދާތީ ދެކުނު ސޫދާންާއި އެހެންވެސް އެފްރިކާގެ ޤައުމުތަކުގައި ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، ހުކުރު ދުވަހު ޔޫއެންއިން ބުނެފައިވަނީ ކޮލެރާ ޖެހިގެން ދެކުނު ސޫދާންއިން 29 މީހުން މަރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުވެސް ދެކުނު ސޫދާންއިންވަނީ ކޮލެރާ ޖެހިގެން 167 މީހަކު މަރުވެފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!