ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިޞްރުގެ ޕްރޮސެކިއުޓަރ ޖެނެރަލް މަރުވެއްޖެ

  • މިޞްރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ހިޝާމް ބަރަކާތު

މިޞްރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ދަތުރުކުރަމުން ގެންދިޔަ ކާރަށް ދިން ހަމަލާއެއްގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް ހިޝާމް ބަރަކާތު މަރުވެއްޖެއެވެ.

މިޞްރުގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ހާމަކުރާ ގޮތުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހިޝާމް ބަރަކާތު އިއްޔެގެ ވަގުތެއްގައި މަރުވެފައިވަނީ އޭނާ ދަތުރުކުރަމުން ގެންދިޔަ ކާރަށް ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

ހިޝާމް ބަރަކާތު ދަތުރުކުރަމުން ދިޔަ ކާރަށް ހަމަކާދީފައިވަނީ މިޞްރުގެ ވެރިރަށް ކައިރޯގެ އުތުރުގައި ހުންނަ މިލިޓަރީ އެކަޑަމީއެއް ކައިރިން މޯޓަރކޭޑްގައި ދަތުރު ކުރަމުން ދަނިކޮށެވެ.

ހިޝާމް ބަރަކާތު ޕްރޮސެކިއުޓަރ ޖެނެރަލްކަމުގެ މަޤާމާއި ހަވާލުވެފައިވަނީ 2013 ޖުލައިމަހު ޑރ މުޙައްމަދު މުރްސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!