ސްރީލަންކާގެ ރައީސް އެޤައުމުގެ ޤާނޫނު ހަދާ މަޖްލިސް އުވާލައްވައިފި

ސްރީލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އެޤައުމުގެ ޤާނޫނު ހަދާ މަޖްލިސް އުވާލައްވައިފިއެވެ.

ޤާނޫނު ހަދާ މަޖްލިސް އުވާލުމާއި ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނަަރަތުނަ ވިދާޅުވީ ރޭ 12 އަށް ފަހު ސްރީލަންކާގެ ޤާނޫނު ހަދާ މަޖްލިސް އުވިއްޖެ ކަމުގެ ގަރާރުގައި ރައީސް ސިރިސޭނާ ވަނީ ސޮއިކުރައްވާފައި ކަމަށާއި އަދި ގަރާރު މިހާރު ވަނީ ގެޒެޓްކޮށްފައި ކަމަށެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދާ އެއްގޮތަށް ޤާނޫނު ހަދާ މަޖްލިސް އުވާލަން ސިރިސޭނާ ކުރިން ނިންމެވީ އެޕްރީލް މަހު އެވެ. ނަމަވެސް ގާނޫނު އަސާސީ އަށް ގެންނަ އިސްލާހުތައް ފާސް ކުރުމަށް ޤާނޫނު ހަދާ މަޖްލިސް އުވާލުން ޢޭރުވަނީ ފަސްކޮށްފަ އެވެ.

ލަންކާގެ ގާނޫނުތައް ބުނާ ގޮތުން ޕާލަމެންޓް އުވާލާތާ 52-66 ދުވަސް ތެރޭ އާ އިންތިޚާބު ބާއްވަން ޖެހެ އެވެ. ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން ބުނި ގޮތުގައި އާއްމު އިންތިޚާބު ބާއްވާނެ ކަމަށް ބެލެވެނީ އޮގަސްޓް 17 ގަ އެވެ.

މިއަދުގެ ވަގުތެއްގައި އައު އިންތިހާބުގެ ތާރީޚް އިއުލާން ކުރާނެކަމަށް ބެލެވިފައިވާއިރު ޖެނުއަރީ މަހު ރިޔާސީ އިންތިހާބުން ނާކާމިޔާބާ ކުރިމަތިވި ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސާ ވަނީ ސިޔާސީ ދާއިރާ އަށް އަލުން ވަޑައިގަތުމަށް ނިންމަަވައިފަ އެވެ. އަދި އާއްމު އިންތިޚާބުގައި ބޮޑު ވަޒީރުގެ މަގާމަށް ވާދަކުރައްވާނެ ކަމަށް ރާޖަަޕަކްސާ ވަނީ އިއުލާނު ކުރައްވާފަ އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!