ޖިމާއުވުމަށް ފަހުގައި ފެންވަރަންތަ؟ އޭގެ ފައިދާ އެނގޭތަ؟

އިންސާނީ ތާރީޚްގައިވެސް އިންސާނުންވަނީ ފެންވެރުމާއިއެކު މުޅި ހަށިގަނޑު ސާފުކޮށް ބެހެއްޓުމުގެ މުހިއްމުކަން ދެނެގަނެ ފައެވެ. އެގޮތުން ފެންވަރާއި މުޅި ހަށިގަނޑު ސާފުތާހިރުކޮށް ބެހެއްޓުމަކީ ތަފާތު ބަލިތަކުން މީހާ ރައްކާތެރިކޮށްދޭ ކަމެއް ކަމުގައި އިންސާނުން އަންނަނީ ކުރީއްސުރެ ޤަބޫލުކުރަމުންނެވެ.

ކަންމިހެން އޮތް އިރުގައި، އިންސާނާގެ ސާފުތާހިރުކަމަށް އެންމެ ބޮޑަށް ބާރުއަޅާ ދީނަކީ އިސްލާމް ދީނެވެ. އެކަން ހާމަވެގެންދާ އެތައްކަމެއް އިސްލާމްދީނުގެ ތެރެއިން ފެންނަން އެބަހުއްޓެވެ. އެގޮތުން މީހަކު އިސްލާމް ވުމަށްފަހުގައި އޭނާ އެންމެ ފުރަތަމަ ފެންވަރާ ހިނައިގަތުމަށް އަންގަވާފައިވެއެވެ. ހުކުރު ދުވަހާއި ދެޢީދު ދެދުވަހުވެސް ފެންވަރާއި ހިނައިގަތުމަކީ ސުންނަތެއް ކަމުގައި ލައްވަވާފައިވެއެވެ. އަދި އަންހެނާ، އޭނާގެ މައްސަރު ކަންތައް ނިމުމާއެކުވެސް ހިނައި ޠާހިރުވުމަށް އިސްލާމް ދީނުގައި އަންގަވާފައިވެއެވެ.

މައްސަރުކަންތައް ނިމުމުން ފެންވަރާ ހިނައިގަތުމުގައި ސިއްޚީ ފައިދާތަކެއް އެކުލެވިގެން ވެއެވެ. އެގޮތުން ހައިޟުގެ ދުވަސްވަރު ހަށިގަނޑުން ބޭރުވާ ލޭގެ ސަބަބުން ހަށިގަނޑުގައި ހަރުލާފަ ހުންނަ ޖަރާސީމުތައް ފެންވެރުމުގެ ސަބަބުން ހަށިގަނޑުން ފިލައިގެން ދެއެވެ.

ދެމަފިރިން ރޭކުރުމަށް ފަހުގައިވެސް ފެންވަރާ ހަށިގަނޑު ސާފުކުރުމަށް އިސްލާމްދީނުގައިވަނީ އިރުޝާދު ދެއްވާފައެވެ. މިކަމުގެ ފައިދާތައް މިއަދުގެ ބޭސްވެރިކަމުގެ ދިރާސާތަކުންވެސް ވަނީ ހާމަވެގެން ގޮއްސައެވެ. އެގޮތުން ޖިމާޢުވުމަށް ފަހުގައި ފެންވެރުމުގެ ސަބަބުން:

  • މަނިބޭރުވުން / އެދުންފުދުމާއި އެކު ނާރުގެ ނިޒާމަށް އަންނަ ވަރުބަލިކަން ފިލުވާލާއި ލޭ ހިނގުމުގެ ނިޒާމް ހަރަކާތް ކުރުވައެވެ.
  • އެދުން ފުދުމާއިއެކު ހަށިގަނޑަށް އަންނަ ވަރުބަލިކަން ފިލުވާލަދެއެވެ. ވަރުބަލި ކަމުގެ ސަބަބުން ބައެއް މީހުންނަށް ނިދާ ހިތްވެ ނިދި އަންނަ ގޮތްވެ ނިދެއެވެ. މިކަމުގެ ސަބަބުން ބައެއް މީހުންނަށް ބޯ ހާސްވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. ނަމަވެސް ފެންވެރުމުގެ ސަބަބުން މިފަދަ ކަންކަމުން ދުރުކޮށްދެއެވެ.
  • އެދުން ފުދުމުގެ ތެރޭގައި ހަންގަނޑުން ދަލުގެ ގޮތުގައި ނިކުންނަ ފެނުގައި ގިނަ މިންވަރަކަށް ވިހަ މާއްދާއެއް އެކުލެވެއެވެ. ހަށިގަނޑު ސާފު ނުކޮށްފި ކަމުގައިވާނަމަ މިބުނި ވިހަ މާއްދާ އަނެއްކާވެސް ހަންގަނޑުގެ ތެރެއަށް ވަދެ، ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮވެއެވެ. ނަމަވެސް ފެންވެރުމުގެ ސަބަބުން މިފަދަ ވިހަ މާއްދާތަކުގެ ކިބައިން ހަށިގަނޑު ސަލާމަތް ކޮށްދެއެވެ.
  • އެއްފަހަރު ޖިމާއު ވުމަށްފަހުގައި ދެވަނަ ފަހަރު ޖިމާއުވުމުގެ ކުރިން ފެންވެރުމުގެ ސަބަބުން ހަށިގަނޑުގެ ވަރުބަލިކަން ފިލުވާލާ ވިސްނުން ތާޒާ ކޮށްދެއެވެ. އަދި ހަށިގަނޑު ސާފުކޮށްދީ ހިއްސީ ގޮތުންނާއި މަޢުނަވީ ގޮތުން އެކަމަށް އެންމެ ރަނގަޅު ހާލަތަށް ހަށިގަނޑު ތައްޔާރު ކޮށްދެއެވެ.

 

މަސްދަރު: “އިސްލާމިކް މެޑިސިން – ދަ ކީ ޓު އަ ބެޓަރ ލައިފް” ، ޔޫސުފް އަލް-ހައްޖު އަހުމަދު

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!