އިންޑިއާގައި ބަނގުރާ ބުއިމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 81 އަށް އަރައިފި

އިންޑިއާގެ މުމްބާއީގައި ބަޔަކު މީހުން އަމިއްލަ އަށް ތައްޔާރުކުރި ރަލެއް ބުއިމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 81 އަށް އަރައިފިއެވެ.

މަރުވި މީހުންގެ އަދަދު 81 އަށް އަރާފައިވާއިރު، ރާ ތައްޔާރު ކުރުމުގެ މައްސަލާގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ވިހަ ރާ ތައްޔާރު ކުރުން ހުއްޓުވުމަށް މަސައްކަތް ކޮށްފައި ނުވާތީ ފުލުހުންގެ އަށް މީހަކުވެސް ވަނީ ހުކުރު ދުވަހު ސަަސްޕެންޑްކޮށްފަ އެވެ.

ވިހަ ރާ ބޮއެގެން މީހުން މރުވުމުގެ މައްސަލަ އިންޑިއާގައި ބޮޑުވެފައިވާއިރު، ގޭގައި ތައްޔާރުކުރާ ރާ ބޮއެގެން، ވިހަވުމުގެ ސަބަބުން މިއަހަރުގެ ޖެނުއަރީ މަހުވެސް ވަނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި 29 މީހަކު ވަނީ މަރުވެފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!