އެންމެ ކާމިޔާބީ ކޮންވައްތަރެއްގެ ކައިވެންޏެއް؟

ކައިވެންޏަކީ ކާމިޔާބު ޒަވާޖީ ޙަޔާތެއް ފެއްޓުމަށްޓަކައި، ދީނީ ހަމަތަކުގެ މަތިން، އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި ކުރެވޭ ޢަޤުދެކެވެ. އަދި އެއަށްފަހު ދެފަރާތުގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި ދެމިތިބުމެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ގިނައިން ކުރެވެނީ މިފަދަ ކައިވެންޏެއް ނޫނެވެ. ގިނައިން ކުރެވެނީ ކޯޓުން ބޭރުގައި ވަލީއެއް ހެއްކެއް ރަނެއް ނެތި، ދީނީ ހަމަތަކާއި ޚިލާފަށް ކުރެވޭ ކައިވެންޏެވެ. މިފަދަ އެތައް ވައްތަރެއްގެ ކައިވެންޏެއް ދިވެހިރާއްޖޭގައިވެސް ކުރެވެއެވެ. ވީމާ މިލިޔުމުގައި އަޅުގަނޑު މިބަލާލަނީ، ދިވެހިރާއްޖޭގައި އާއްމުގޮތެއްގައި ކުރެވޭ ކައިވެނީގެ ވައްތަރުތަކަށެވެ. އަދި ބުއްދީގެ ނަޒަރަކުން މިފަދަ ކައިވެނިތަކުގެ ކާމިޔާބީއާއި ނާކާމިޔާބީގެ މައްޗަށެވެ.

ލޯބީގެ ކައިވެނި

މިވައްތަރުގެ ކައިވެންޏަކީ، ހެއްކެއް ވަލީއެއް ރަނެއް ނެތި ކޯޓުން ބޭރުގައި ކުރެވޭ ކައިވެންޏެކެވެ. ފަހަރެއްގައި މިއީ ދިވެހި ރާއްޖޭގައި އެންމެ ގިނައިން ކުރެވޭ ކައިވެންޏައް ވެދާނެއެވެ. މިފަދަ ކައިވެނި ކުރުމަށް ވަކި އުމުރެއް ނޯވެއެވެ. އާއްމު ގޮތެއްގައި މިކައިވެނި ކުރެވެނީ، ކުޑަކުދިންނޭ މިކިޔާ ބޮޑެތިމީހުންގެ މެދުގައެވެ. ގިނަފަހަރު އެއް އަންބަށެވެ. ނަމަވެސް، ދެއަންބަށާއި ދެފިރިއަށާއި ތިން އަންބަށާއި ހަތަރު އަންބަށްވެސް މިފަދަ ކާވެނި ކުރެވެއެވެ. އަދި އެއަށްވުރެ ގިނަ އަންބައްވެސް ކުރެވެއެވެ. ވަކި ހައްދެއް ނޯވެއެވެ. ކުޅަދާނަ ވީމިންވަރެކެވެ.

މިކައިވެނި ކުރުމަށްފަހު، ދެފަރާތުންވެސް ވަޢުދުތަކާއި ޢަޙުދުތަކެއް ވެއެވެ. އަދި ކޮންމެވެސް ދުވަހަކުން ކޯޓަށް ގޮސް، އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ކައިވެނި ކުރުމުގެ އުއްމީދު ކުރެއެވެ. ނަމަވެސް ގިނަފަހަރަށް މިފަދަ އުއްމީދުތައް ވެގެންދަނީ ބިލާހަކަށެވެ. ސަބަބަކީ އެއްވެސް ޙައިޞިއްޔަތެއް ނެތް ކައިވެންޏަކަށް ވާތީއެވެ. އެއްވެސް މީހެއްގެ ވާޖިބެއް ޒިންމާއެއް ނޯންނާތީއެވެ. އެމީހަކު ހިތައް އެރިކަމެއް ކުރަންވީއެވެ. ހިތައް އެރިމީހަކާއި ދެއަންބަށާއި ދެފިރިއަށްވެސް އިންނަންވީއެވެ. އެކަކާއި އިނުމަށްފަހު އަނެކަކާއިވެސް އިންނަންވީއެވެ. ފަހަރަކު މީހަކު ޓެސްޓު ކުރެއެވެ. އެންމެފަހުން ރަށުއެންމެންގެ އެއްދުވަސްވަރެއްގެ “ބިޓަކަށް” ތިމާ ވެދެއެވެ. ހަވަރު ތުންފުއްސަކަށް ވެދެއެވެ. ކޯޓަށްގޮސް ޙަޤީޤީ ކައިވެންޏަކާއި ހަމަޔަށް ދެވޭއިރު، ތިމާ އިނދެ ވަރިކުރި ވިއްސަކަށް ތިރީހަކަށް މީހުން ތިބެއެވެ. އެމީހުންގެ ހަނދާންތައް ތާއަބަދު ދެމިހުރެއެވެ. ކޮންމެދުވަހަކު އެމީހުން ފެނެއެވެ. ބައްދަލުވެއެވެ. ތިމާގެ ޙަޤީޤީ ފިރިމީހާ ނުވަތަ އަނބިމީހާގެ ފަރާތުން ކަމެއް ގޯސްވާއިރަށް އެމީޙުން މަތިން ހަނދާންވެއެވެ. ތިމާ އިނދެ ވަރިކުރި މީހުންގެ މަތިންނެވެ. އެއަށްފަހު ޙަޤީޤީ ކައިވެނީގެ ބޭރުން، ކޯޓުން ބޭރުގައި، އަނެއްކާވެސް ލޯބީގެ ކައިވެނި ކުރަން ފަށެވެ. ދެއަންބަށާއި ދެފިރިއަށެވެ.

ދިވެހިރާއްޖޭގައި ކުރެވޭ މިފަދަ ކައިވެނިތަކުގައި، ދަރިންހޯދުމަކީ އޮންނަކަމެއް ނޫނެވެ. ނުވަތަ ދަރިން ހޯދުމުގެ ނިޔަތެއްވެސް ނޯންނަނީއެވެ. އަދި އެކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅައެވެ. ހުރަސް އަޅައެވެ. ނަމަވެސް، ހުރަސްތައް ފަހަނަޅައިގޮސް، މިފަދަ އަނބިން މާބަނޑުވަނީ މަދެއްކޮށެއް ނޫނެވެ. ލޯބީގެ ކައިވެނީގައި ހިތި މޭވާއެއް އަޅައެވެ. އެހާހިސާބުން ލޯބީގެ ކައިވެނި ރޫޅެއެވެ. ލޯބީގެ ހަނދާންތައް ހިތި ހަބަރަށްވެދެއެވެ. ލޯބީގެ ގުލްޒާރުގައި ފޮޅުނު ނޫރާނީ މާތައް ހިތި ޒަހަރަށް ވެދެއެވެ. ލޯބީގެ އޮޑިން ނެވިމީހާ ފައިބައެވެ. އަދި ބަރީއްޔަ ވެގަނެއެވެ. ފިލާރައްކާވެއެވެ. ލޯތްބާއި އަޅާލުމާއި ފިރިއެއްގެ އޯގާތެރި ފިރުމުންތަކަށް އަނބިމީހާ އެންމެބޮޑަށް ބޭނުންވީ ދުވަހުއެވެ. ނުވަމަހާއި ދިހަދުވަހާއި ކުއްޖާ ބެލުމާއި ޚަރަދުކުރުމާއި ތަރުބިއްޔަތު ކުރުމުގެ އެންމެހާ ޒިންމާއެއް އަނބިމީހާގެ ބޮލައްޖަހާފައެވެ. ދުނިޔޭގެ ލަދާއި އެކަނިވެރިކަމުގެ މާސިންގާ ކަނޑުގެ ތެރެއަށް ޣަރަޤުވުމަށް، އެފަކީރު ދޫކޮށްލައެވެ. ހުރިހާ ލަދަކާއި ތަދެއް ތަޙައްމަލު ކުރަންޖެހެނީ އަނބިމީހާއެވެ. އަންހެނެއްގެ ހައްޤުގައި މިއަށްވުރެ ބޮޑު އަނިޔާއަކީ ކޮބައިތޯއެވެ؟ ޒިނޭކުރުމުގެ ދުނިޔެވީ ނަތީޖާ އަކީ މިއީ ނޫންތޯއެވެ؟

އެއަށްފަހު އެދަރިފުޅަށް ތަރުބިއްޔަތުދީ އިނގިލި ކުރީގައި ހިފައިގެން އުޅޭނެ ބައްޕަޔަކު ނުހުރެއެވެ. ބައްޕާއޭކިޔާފައި ގޮވާލާނެ މީހަކު ނުހުރެއެވެ. ތަޢުލީމާއި ތަރުބިއްޔަތު ދޭނެ ބައްޕަޔަކު ނުހުރެއެވެ. ލޯބިދީ އާޅާލާނެ ބައްޕަޔަކު ނުހުރެއެވެ. އެކުގައި ކުޅޭނެ އެކުވެރިޔަކު ނެތެވެ. ކުއްޖާގެ ޅަފަތުގައިވެސް ބައްޕަނެތުމުގެ ހިތާމަ ކުރަން ޖެހިދެއެވެ. މައުސޫމު ސިކުނޑިންއަށް، ބައްޕަ ކޮބާތޯ ސުވާލުކުރަން ޖެހިދެއެވެ. ނަފްސާނީ ކަނޑެއްގައި ކުއްޖާ ފަތަން ޖެހިދެއެވެ. ކުށެއްނެތް މައުސޫމު އިންސާނެއްގެ އެތަކެއް ޙައްޤުތަކެއް ގެއްލިގެންދިޔައީއެވެ. ކުޑަކުދިންގެ ޙައްޤުގައި، މިފަދަ ކައިވެނިކުރުމާއި ދެކޮޅަށް އަޑުއުފުލަމާ ހިންގަވާށެވެ.

މަސާޖު ކައިވެނި

މިވައްތަރުގެ ކައިވެންޏަކީވެސް، ހެއްކެއް ވަލީއެއް ރަނެއް ނެތި ކޯޓުން ބޭރުގައި މަސާޖު ޕާލާ ތަކުގައި ކުރެވޭ ކައިވެންޏެކެވެ. މިއީ މިހާރަކަށްއައިސް ދިވެހިރާއްޖޭގައި އާއްމު ވަމުން އަންނަ ކައިވެންޏެވެ. މިކައިވެނި އެއްއަންބަށާއި ދެއަންބައްވެސް ކުރެވެއެވެ. މަސާޖުޕާލާގައި ތިބޭ އަންހެން ކުދިންގެ ތެރެއިން ބޭނުން އަންބަކު އިޚްތިޔާރު ކުރެވެއެވެ. އެތަނުން އެންމެ ރީތި އަންބެކެވެ. އެންމެ ކިޔަމަންތެރި އަނބެކެވެ. ކިތަންމެ ހެޔޮ ކިތަންމެ ތޫނު އަންބަކަށް ވިޔަސް، މިފަދަ ކައިވެނިތައް ދެމިހުންނަނީ ގަޑިއެއްހާ އިރަށެވެ. އެއަށްފަހު ކައިވެނި ރޫޅެއެވެ. އެހެންނަމަވެސް މިފަދަ ކައިވެނީގައި، ދަރިން ލިބިއުޅޭ އަޑެއެއް ނާހަމެވެ. ހުރަސް ވަރުގަދައީކަމަށްވެސް ވެދާނެއެވެ.

ހިތްއުފާ ކުރުވަނިވި މިކައިވެނީގައި، ބައެއްފަހަރު ހިތްދަތި ވަގުތެއްވެސް އާދެއެވެ. އެއީ ލަދުވެތި ވަގުތެކެވެ. ފަޟީހަތުގެ ވަގުތެކެވެ. އެއީ މަސާޖު ޕާލާގެ ތެރެއަށް ފުލުހުން ވަންނަ ވަގުތެވެ. އެއަށްފަހު ދަމާކޫއްތާފައި ބެރަށް ނެރެއެވެ. ގަންހިންގަވެ. ޖެހުނުމީހަކު ހިތަކަށް ފޮޓޮއާއި ވީޑިއޯ ނަގައެވެ. އެއަށްފަހު ތިމާގެ ފޮޓޯއާއި ވީޑިއޯތައް ޓީވީއާއި ނޫސްތަކާއި ސޯޝަލް މީދިއާގައި ވަކިހިއްޕާލައެވެ. ރައްޔިތު އެންމެން އެބަލާފައި ތިމާޔަށް ހީ މަލާމާތްކޮށް ހަދައެވެ. އެއަށްފަހު، މިލަދާއި ފަޟީޙަތުގައި، ތިމާގެ ކުށެއްނެތް، ހަލާލު އަނބިމީހާއާއި ޙަލާލު ދައިންނަށްވެސް ބައިވެރިވާން ޖެހިދެއެވެ. ކުށެއްނެތި އެތައް އަނިޔާއެއް ލިބެއެވެ.

ދަތުރު ކައިވެނި

މިވައްތަރުގެ ކައިވެންޏަކީވެސް، ހެއްކެއް ވަލީއެއް ރަނެއް ނެތި ކޯޓުން ބޭރުގައި ދަތުރުތަކުގައި ކުރެވޭ ކައިވެންޏެކެވެ. މިފަދަ ކައިވެނިވެސް އެއްއަންބަށާއި ދެއަންބަށާއި ދެފިރިއަށްވެސް ކުރެވެއެވެ. ބައެއްފަހަރު ދަތުރު ގެންދާ މިހަކާއި އިންނަނީއެވެ. އަނެއްބައިފަހަރު ދަތުރު މަތިން މީހަކު ހޯދައިގެން އިންނަނީއެވެ. މިފަދަ ބައެއް ދަތުރު ތަކުގެ ތެރޭގައި، ވިޔަފާރި ދަތުރާއި މަތީ ތަޢުލީމާއި ތަޖުރިބާ ހޯދުމަށް ކުރާ ދަތުރާއި ޗުއްޓީދަތުރާއި އޮފީސް ދަތުރާއި ބޭސް ދަތުރުވެސް ހިމެނެއެވެ. އާއްމު ގޮތެއްގައި މިފަދަ ކައިވެނިތަކުގެ ދިގުމިނަކީ ދަތުރުގެ ދިގުމިނެވެ. ނަމަވެސް ބައެއްފަހަރު ތިމާގެ ޙަލާލު އަނބިމީހާޔަށް އެނގެންދެން ކައިވެނި ދެމިހުރެއެވެ.

މިފަދަ ކައިވެނިތަކުގައިވެސް ދަރިން ލިބިއުޅޭއަޑެއް ނީވެއެވެ. ނަމަވެސް އެއީ ނުވާނެކަމެކޭ ދަންނަވާކަށް ނުކެރޭނެއެވެ. އެފަދަ ޙާލަތެއްގައިވެސް ކަންތައް ވެގެންދަނީ، އިސްވެ ބަޔާންކުރި ގޮތަށެވެ. ދަރިލައްވަނީ ހަމަ ތަންމައްޗަށެވެ.

އޮފީސް ކައިވެނި

މިބާވަތުގެ ކައިވެންޏަކކީވެސް ހެއްކެއް ވަލީއެއް ރަނެއް ނެތި ކޯޓުން ބޭރުގައި އޮފީސްތަކުގައި ކުރެވޭ ކައިވެންޏެކެވެ. މިބާވަތުގެ ކައިވެނި އެއްއަންބަށާއި ދެއަންބަށާއި ދެފިރިއަށްވެސް ކުރެވެއެވެ. މިކައިވެނިތައް އާއްމުގޮތެއްގައި ދެމިގެންދަނީ، އޮފީހަށް އާކުއްޖަކު ވަންނަންދެނެވެ. ނުވަތަ ބޮސް ބަދަލު ވަންދެނެވެ. ނުވަތަ ދެމީހުންކުރެ މީހަކު ވަޒީފާއިން ވަކިވަންދެނެވެ. ނުވަތަ ތިމާގެ ޙަލާކު އަނބިމީހާޔަށް ނުވަތަ ފިރިމީހާޔަށް އެނގެންދެނެވެ. ފަޅާއަރަންދެނެވެ.

މިބާވަތުގެ ކައިވެނީގައިވެސް ދަރިން ލިބުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ފައިސާތިޔާގިކަމުން، މާބަނޑުވުމުގެ ކުރިންނާއި ފަހުން “އަޅަންޖެހޭ” ފިޔަވަޅުތައް އަޅާތީކަމަށްވެސް ވެދާނެއެވެ. ނުވަތަ ތަންމަތީގެ އަސްލުވެރިންނަށް، ދަރި ލައްވަނީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް މިފަދަ ކައިވެނީގައިވެސް، ރައްމެދަށް ވިހާފައި އެބަހުއްޓެވެ. ތަންމައްޗަށް ދަރިލައްވާފައި އެބަހުއްޓެވެ.

ޅިއަން ކައިވެނި

މިއީ ދެނއަންބަށް ނުވަތަ ދެފިރިޔަށް އިނދެވޭ އެންމެ ފަސޭހަގޮތް ކަމުގައި ވެދާނެއެވެ. ދިވެހިންގެ އާދަކާދަ ހުންނަނީ، މިފަދަ ކައިވެންޏަށް މަގުފައިވާ ގޮތަށެވެ. ޅިއަނުންނާއި ފަހަރިންނަކީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި އޮންނަނީ ބެލެވިފައެވެ. އެކުގައި މަޖާކޮށް ގައިގޯޅިވެ ސަކަރާތްޖަހައި ގަނޑުފިއްލާ ކުޅެ ހެދުމަކީ އައިބުކަމެއް ނޫނެވެ. ޅިއަނާއިއެކު ބުރުޖަހައި ދަތުރުކޮށް ހަދައެވެ. އެއްކޮޓަރިއެއްގައި ވަގުތު ހޭދަކުރެއެވެ. ޅިއަނު ކުރިމަތީގައި ނިވައިކަން ކުޑަ ހެދުންލައިގެން އުޅެވެއެވެ. ބޮކްސާލައިގެން އުޅެވެއެވެ. ނަތީޖާއަކީ ދުވަސްކޮޅަކުން ޅިއަނާއި ދެއަންބަށް ކައިވެނި ކުރުމެވެ.

މިބާވަތުގެ ކައިވެނި އާއްމުގޮތެއްގައި ވަރަށްގިނަ ދުވަހަށް ދެމިހުރެއެވެ. އަސްލު ޙަލާލު ކައިވެނި ރޫޅެންދެނެވެ. ނުވަތަ ފަޅާއަރަންދެނެވެ. ފަޅާއެރުމުން އާއިލާއަށް އަންނަނީ ތޫފާނެކެވެ. އެތޫފާނުގައި މުޅިއާއިލާ ޣަރަޤުވެއެވެ. އެންމެން މަރުވެއެވެ. ދިރިތިބި މައްޔިތުން ތަކަކަށް ވެދެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. އެކަލޭގެފާނު ހަދީޘް ކުރައްވާފައިވެއެވެ. “ޅިއަނުންނަކީ މަރުފަދަ ބައެކެވެ.” މާނައަކީ އެބައިމީހުންނަކީ އެއްބަނޑު އެއްބަފާ ބައެއް ނޫންކަމެވެ. ފިތުނައެއް ކަމެވެ. އެމީހުންގެ ކުރިމަތީގައި އައުރަ ނިވައި ކުރަން ޖެހޭނެކަމެވެ. އެކަނި ދަތުރު ކޮށްގެންނުވާނެކަމެވެ. ގައިގޯޅިވެގެން ނުވާނެކަމެވެ. އެކަނިވެގެން ނުވާނެކަމެވެ. އެބައިމީހުންނާއި ދެއަންބަށް އިދެގެން ނުވާނެކަމެވެ.

ޝަރުޢީ ކައިވެނި

މިބާވަތުގެ ކައިވެންޏަކީ، ވަލީއާއި ހެކިންނާއި ރަނާއި ދެފަރާތުގެ ރުހުމާއި އެކު ކޯޓުގައި ނުވަތަ ކޯޓުން ކަނޑައަޅާތަނެއްގައި ކީރިތި ރަސޫލާﷺގެ ސުންނަތާއި އެއްގޮތަށް ކުރެވޭ ކައިވެންޏެވެ. މިކައިވެނި އާއްމުގޮތެއްގައި ކުރެވެނީ އެއް އަންބަށެވެ. ނަމަވެސް އެކަމަށް ބޭނުން ވެއްޖެ ކުޅަދާނަމީހަކަށް، ހަތަރު އަނބިންނާއި ހަމަޔަށް ހުއްދައެވެ. ހަމަހަމަ ކުރެވޭނެކަމަށް ވާނަމައެވެ. ނަމަވެސް މިވައްތަރުގެ ކައިވެނީގައި، ދެއަންބަށް އިންނަނީ ހާލަކުން މީހެކެވެ. ގިނަމީހުން އިޚްތިޔާރު ކުރަނީ ވަގު ގޮތެވެ. ޝަރުޢީ ކައިވެނީގައި އޮންނަ، ޙައްޤުތަކާއި ޒިންމާތަކާއި މަސްއޫލިއްތަތުތަކަށް ފިލަނީ ކަމަށް ވެދާނެއެވެ.

މިކައިވެނީގައި، ދެފަރާތުން އެކަކު އަނެކަކު ދެކެ ލޯބި ވުމަށާއި ލޯބި ދިނުމަށް ދީން ބާރުއަޅައެވެ. އެއީ ސަވާބު ލިބޭ ކަމެކެވެ. އަނބިމީހާއާއި ދަރިންނަށް އަޅާލައި ލޯބިދޭން ޖެހެއެވެ. ހުންނާނެތަނެއް ހޯދައިދީ ޚަރަދުދީ ހެދުމަކީ ފިރިމީހާގެ ދީނީ އަދި ޤާނޫނީ ވާޖިބެކެވެ. ކައިވެނި ދަމަހައްޓަން މަސައްކަތް ކުރުމަކީ ދެފަރާތުގެ ވާޖިބެކެވެ. ޒިންމާއެކެވެ. ތިންވަނަ ފަރާތަކުން ކައިވެނި ރޫޅާލަން މަސައްކަތް ކުރުމަކީ ޙަރާމް ކަމެކެވެ. ޚިޔާނާތެކެވެ. ލަދުހުތުރު ކަމެކެވެ.

މިފަދަ ކައިވެނީގައި ދަރިން ލިބުމަކީ ދެމަފިރިންނާއި ދެފަރާތުގެ އާއިލާއަށް އިންތިހާއީ އުފަލާއި ހިތަހަމަޖެހުން ލިއްބައިދޭ ކަމެކެވެ. އެއީ ލޮލުގެ ފިނިކަމެވެ. ދިރިއުޅުމުގެ އުއްމީދެވެވެ. ދުނިޔޭގެ ފަޅުރެވެ. އަދި ތިމާޔަށް ސުވަރުގޭގެ ދާއިމީ އުފަލާއި ހިތްހަމަޖެހުން ލިބުމުގެ ސަބަބަކަށްވެސް ވެދެއެވެ.

ނިންމާލުން

ކަންމިހެންހުރުމާއިއެކު، ހުރިހާ ގޮތަކުންވެސް އެންމެ ކާމިޔާބު ކައިވެންޏަކީ ޝައުޢީ ކައިވެނިކަމުގައި ދަންނަވަން ޖެހެއެވެ. އެއީ ޙަލާލު ހުއްދަ ސަވާބުހުރި ކައިވެންޏެކެވެ. ޢިއްޒަތާއި ޝަރަފު ލިބޭ ކައިވެންޏެކެވެ. އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކޮށްދޭ ކައިވެންޏެކެވެ. ކުދަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ކައިވެންޏެކެވެ. ދުނިޔޭގެ ކާމިޔާބީއަށް މަގުދައްކާ ކައިވެންޏެކެވެ. އެއަށްފަހު، އާޚިރަތުގެ ކާމިޔާބީގެ ސަބަބަކަށް ވެގެންދެއެވެ. މިއާއި ޚިލާފަށް، ޝަރުޢީ ކައިވެނި ފިޔަވައި، އެހެން ހުރިހާ ކައިވެންޏެއްގައި ވަނީ ނާކާމިޔާބެވެ. ދުނިޔޭގައިވެސް ޢަޒާބެވެ. އާޚިރަތުގައިވެސް ޢަޒާބެވެ. ނަރަކައިގެ ހޫނުގަދަ އަލިފާނެވެ. ތައުބާ ނުވެއްޖެ މީހަކަށެވެ. ތައުބާވެއްޖެ މީހެއްގެ ހުރިހާ ފާފައެއް ﷲ ފުއްސަވައެވެ.

9 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. Mashaa Allah.. muhimmu ehaame furihama liyumeh. mee hama kan hingaa usoolu.

 2. very good!

 3. divehin ah jorku jahafaa liyefa in liyumeh… gaumigai bayaku gothakah ulhunuas ginain ulheney mikalage meehuney bunakah nujehey… liyun theriyaa kihaavarakah balaafa tho thiyabunany ginan kaiveni kuranee heki nethi. Ran nethi.. valee nethi court in bayruga… mi liyun kiyaafa v foohi vehjje… liyaa echeh liyan vaane otareh ves huna gothah…

 4. ކުޅިވަރާއި ޒުވާނުންގެ ކަންކަމަށް އިސްކަންދޭ ސަރުކާރެއްވީމަ ކުޅިވަރާއި ބެހޭ މިނިސްޓަރަށް ދަންނަވާލަން އޮތީ މާފަންނު ސްޓޭޑިޔަމްގައި އަންހެން ކަބަލުންނަށް ކަސްރަތު ކުރާނެ ދުވެލާނެ ވަކި ޓުރަކެ ހަދާ ދޭވީނުންހޭ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ވަކިން ކަސްރަތުކޮށް ކުޅިވަރު ކުޅެވޭނެ ގޮތަކަށް އިންތިޒާމް ކުރެވިއްޖެނަމަ މިހާރު އެއުޅޭއްވާގޮތަށް ދެޖިންސު މަސްހުނިވެގެން އުޅޭކަށެއް ނުޖެހިވެސް ކަސްރަތުކޮށް ދުވެލާ ހެދުމަށް މާރަގަޅުވާނެ!
  ދީނީ ކަންކަމަށްވެސް އަހައްމިޔަތުކަން ދޭސަރުކާރަކަށްވާތީ އިސްލާމިކް މިނިސްޓާޔަށް ދަންނަވާލަން އޮތީ މާލޭގެ މިސްކިތްތަށް ވީހާވެސް އަވަހަކަށް އެއާރކޯން ކޮށް ދެއްވާ އެތަނަކީ ޒުވާނުން އަޅުކަން ކކުރަންވެސް ފަސޭހަތަނަކަށް ހައްދަވާ ދެއްވާށޭ!

 5. ހިންދީ އާދަތަކާއި ހިންދީ ދީން ފެތުރުމުގެ ވަރަށް ބޮޑު ސިލްސިލާ ހަރާކާތެއް އަޑިއަޑިން މިރާއްޖޭގައި ވަރަށްބާރަ ފެތުރެމުން އެބަދޭ، އެލިއެކި ލަވަލިޔާ ނަށާ ފިލްމުސްޓާރުން ގެނެސްގެންވެސް މިކަން އެބަކުރޭ!

 6. mi ah vuren adhi ralhu kollevunees

 7. Mi ee ehaa molhu liyumeh noon. Mi dheenaku thibunaa defirineh ge kaivemithakeh noave..mi ee meehunah ithurah mikanakan kurumah hihvaru deygothah liyefai oi liyumakaa vahtharee

 8. Nuindhe rahte vegen kaiveni nukuriyas hurihaa kameh halaalu vaavaahaka ebunanee. Hekinethi kaiveni kuraavaahaka eh noon. Meenoontho raajjeyga onnagothanee muslimunney kiyas. Visnaa meehakah engeyge kihaavarehge thedhekkan ebunanee.

 9. Meeega miothee hama kanthatha mihaar vamundhaa gothuhe vaahaka

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!