ބުއްދިވެރިއަކު “މޫނުގެ ތަފްސީލު” ދިން ގޮތް

ބުއްދިވެރިއަކާއި ޑޮކްޓަރަކާއި ކުރެވުނު މަޝްވަރާއެއްގެ ތެރޭގައި ބުއްދިވެރިޔާ ޑޮކްޓަރަށް ވަރަށް އެހެންކަހަލަ އުނދަގޫ ސުވާލުތަކެއް ކުރިއެވެ. މޮޅު ޑޮކްޓަރަށްވެސް އޭގެ ޖަވާބެއް ދޭކަށް ނޭނގުނެވެ. އެ ސުވާލުތަކަކީ؛

– ބޮލުގައި އިސްތަށި ހުންނަނީ ކީއްވެ؟
– ނިތްކުރީގައި ރޫ ހުންނަނީ ކީއްވެ؟
– ލޯ ޑައިމަންޑެއްގެ ސިފައިގައި ހުންނަނީ ކީއްވެ؟ ހަތަރެސްކަން ގޮތައް ނުހުންނަނީ ކީއްވެ؟
– ދެ ލޮލުގެ ދެމެދުގައި ނޭފަތް ހުންނަނީ ކީއްވެ؟
މިސުވާލުތަކުން ޑޮކްޓަރު އިސްދަށަށް ޖަހައިލިއެވެ. ބުއްދިވެރިޔާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

– ބޮލުގެ އިސްތައްޓާއި ނިޔަފަތީގައި ދިރުން ނުހުންނަނީ ކީއްވެ؟
– ކަކުލުން ފަހަތަށް ފައި ލެނބެނީ ކީއްވެ؟

މިހުރިހާ ސުވާލުތަކަށް ޑޮކްޓަރު ދޭން އޮތީ އެންމެ ޖަވާބެކެވެ. އެއީ “ނޭނގޭ” ކަމަށް ބުނުމެވެ. ބުއްދިވެރިޔާ ހިނިއައިސް ޖަވާބު ދިނީ ތިމަންނައަށް އޭގެ ޖަވާބުތައް އެނގޭ ކަމަށެވެ. އަދި ޖަވާބު ދޭން ފެށިއެވެ. އެއީ ދީނީ ގޮތަކުންނޫނެވެ. އެއީ ބުއްދީގެ ގޮތުންނެވެ. އެހެން ނުވެއްޖެނަމަ ދެން ވެދާނެ ގޮތްވެސް ބަޔާން ކުރަން ފެށިއެވެ.

އިސްތައްށި އުފެދިފައިވަނީ ބޮލުގައެވެ. އޭގެ ސަބަބުން ބޮލުގައި ހުންނަ ތެޔޮތައް އިސްތަށީގެ ބުޑުން ބޮލުގެ ތެރެއަށް ފޭދިގެން ދެއެވެ. އޭގެ ސަބަބުން ބޮލަށް ހޫނުވުމުންނާއި ފިނިވުމުން ބީ ސަލާމަތްވެއެވެ.

ނިތްކުރީގައި ރޫތަކެއް ހުރެއެވެ. އޭގެ ސަބަބުން ހޫނުވެގެން ފައިބާ ދާތައް ލޮލަށް ފޭބުމުގެ ބަދަލުގައި ރޫތަކުން ދާތައް ފައިބަނީ ލޮލަކަށް ނޫނެވެ. އެމީހަކަށް ދާތައް ފޮހެލުމަށް ފުރުސަތު ވެސް އެރޫތަކުން ދާ ފޭބުމުން ލިބިގެންދެއެވެ. ރޫތަށް ނުހުންނަނަމަ ދާތަށް ފައިބާނީ ސީދާ ލޮލަށެވެ.

ލޯ ޑައިމަންޑް ސިފައިގައި ހުންނަނީ އޭގެ ސަބަބުން ލޮލަށް ބޭސް ފަދަ ތަކެތި އެޅުމާއި ލޮލުގައި ހުންނަ ކުނި ނެގުމަށް ފަސޭހަވާނެއެވެ. ލޯ ހަތަރެސްކަން ނުވަތަ ވަށްކޮށް ހުންނަ ނަމަ އުނދަގޫތަކާއި ކުރިމަތިވީހެވެ.
ދެލޯ ދެމެދުގައި ނޭފަތް ހުރުމުން ލޮލަށް އެޅޭ އަލިތައް ހަމަހަމަ ކޮށްދެއެވެ.

ނިޔަފައްޗާއި ބޮލުގެ އިސްތަށީގައި ދިރުން ހުންނަ ނަމަ ނިޔަފަތި ކަނޑާއިރު ތަދު އިހުސާސް ވާނެއެވެ. އަދި ބޯކޮށާއި އިރުވެސް ތަދުވާނެއެވެ. މިހާރު އެދެކަންތައް ކުރުމުގައި އިހުސާސެއް ނުވެ ފަސޭހަ ކަމަކަށް އެކަން ވެގެންދެއެވެ.

ކަކުލުން ފަހަތަށް ފައި ލެނބެނީ އިންސާނުން ހިނގަނީ ކުރިއަށް ކަމަށްވާތީއެވެ. ކަކުލުން ކުރިއަށް ފައި ލެނބޭނަމަ ކުރިއަށް ހިނގުމަށް އުނދަގޫވާނެއެވެ. ފަހަތަށް ހިނގަން އުނދަގޫވަނީ އެހެންވެގެންނެވެ.

ބުއްދިވެރިޔާގެ މިވާހަކަތަކުން ޑޮކްޓަރު ވަރަށް ހައިރާންވިއެވެ. އަދި “އެހެންދޯ އެވަނީ” އޭ ބުނެލިއެވެ.

އިންސާނާ އުފެއްދެވި ގޮތާއި މެދު ވިސްނާ ފިކުރުކޮށްފި ކޮންމެ މީހަކަށް މިފަދަ އެތައް ކަމެއް ފާހަގަވެގެންދާނެއެވެ. އެހެންވެ މާތްﷲ ވަނީ ވިސްނާ ފިކުރު ކުރުމަށް އަންގަވާފައެވެ.

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ragalhu liyumeh visnaa bayakah konmekamakee iburathehhh

  2. ފަޔަކީ މޫނުގައި ހިމެނޭ ގުނަވަނެއްތޯ؟

  3. ވެރީ ގުޑް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!