ސީސީ ހިންގި ޤަޠުލު ޢާއްމު ތަޙުޤީގު ކުރަން އެމްނެސްޓީން ގޮވާލައިފި

ބަދަލު ހިފަން ކަމަށްބުނެ ލީބިޔާ އަށް ވައިގެ ކުއްލި ޙަމަލާ ތަކެއް ދީގެން މިސްރުގެ ސީސީ ހިންގި ޤަޠުލު ޢާއްމު ތަޙުޤީގު ކުރަން އެމްނެސްޓީން އދ އަށް ގޮވާލައިފި އެވެ.

ސީސީގެ އަމުރަށް ލީބިޔާއަށް މިސްރުގެ ވައިގެ ސިފައިންދިން ކުއްލި ޙަމަލާ އަކީ ހަނގުރާމައިގެ ޖަރީމާ އެއް ކަމަށާއި، މި ޙަމަލާގައި ޢާއްމުންގެ އެތައް ބަޔަކު މަރުވެފައި ވާކަމަށް އެމްނެސްޓީން ވަނީ ބުނެފައެވެ.

އަދި މި ޙަމަލާގައި އެއް ޢާއިލާއެއްގެ މަންމަ އަކާއި އޭނާގެ ކުޑަ ތިން ކުދިންވެސް ޝަހީދު ކޮށްލާފައި ވާކަން އެމްނެސްޓީން ވަނީ ފާހަގަ ކޮށްފައެވެ.

އެހެން ކަމުން ސީސީ އިސްކޮށް ހުރެގެން ހިންގި ހަނގުރާމައިގެ މި ޖަރީމާ ތަޙުޤީޤުކޮށް މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކާއި މެދު ބައިނަލް އަޤްވާމީ ޖިނާޢީ ކޯޓު މެދުވެރިކޮށް ފިޔަވަޅު އެޅުމަށްވެސް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.

މިސްރުން ލީބިޔާ އަށް ވައިގެ ޙަމަލާތައްދިނީ ލީބިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގޮފިން މިސްރުގެ 21 މީހަކު ވަގަށްނެގުމަށް ފަހު އެމީހުން ޤަޠުލު ކުރުމުގެ ބަދަލު ހިފުމަށް ކަމަށް ސީސީގެ ފައުޖުތަކުން ވަނީ ބުނެފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!