އިޒްރޭލުން ވަނީ ނުކުޅެދޭ އެތައްހާސް ކުދިންނެއްގެ ފުރޮޅުލީ ގޮނޑި ބިންދާލާފަ

އިޒްރޭލުން ފަލަސްޠީނުގެ އެތައްހާސް ނުކުޅެދޭ ކުދިންނެއްގެ ފުރޮޅުލީ ގޮނޑި ބިންދާލާފައި ވާއިރު ފުރޮޅުލީ ގޮނޑި ނެތުމުން އެފަދަ އެތައް ހާސް ކުދިންނެއް ވަނީ ޙަރަކާތްތެރިވެ ހެލިފެލިވެ އުޅުމުން މަޙުރޫމު ވެފައެވެ.

މީގެ ތެރެއިން ގިނަ ކުދިންނަކީ ދުނިޔެއަށް އުފަންވީއިރު ސިއްޙަތު ސަލާމަތުން ތިބި ކުދިންނަށް ވީނަމަވެސް ނުކުޅެދޭ ޙާލަތަށް މި ކުދިން ގޮސްފައި ވަނީ ވެސް ޔަހޫދީ ސިފައިންނާއި އެމެރިކާއިން އިސްވެ އޮވެ ފަލަސްޠީނުގައި ހިންގަމުން ގެންދާ ޤަޠުލު ޢާއްމު ތަކާއި ގުޅިގެންނެވެ.

އެހެން ކަމުން ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ޔަހޫދީން ނުކުމެ އެކުދިންގެ ފުރޮޅުލީ ގޮނޑިތައް ބިންދާލި ނަމަވެސް އެ ކުދިންނަށް އާ ގޮނޑިއެއް ފޯރުކޮށްދެވޭނެ ގޮތެއް އަދި ތަނަވަސް ކަމެއް ފަލަސްޠީނުގެ ފަރާތްތަކުގެ ކިބައިގައި ނުވެއެވެ.

އެހެން ކަމުން ތަނަވަސް ކަމުގެ އަހުލުވެރިންގެ ތެރެއިން އެހީތެރި ކަމެއް ފޯރުކޮށްދެވެން އޮތް ކޮންމެ މީހަކުވެސް ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ނިކަމެތި ނުކުޅެދޭ ކުދިންނަށް ފުރޮޅުލީ ގޮނޑިއެއް ފޯރުކޮށްދިނުމަށް ދުނިޔޭގެ ބައެއް ޖަމިއްޔާ ތަކުންވެސް ވަނީ ގޮވާލަމުންނެވެ.

ޔަހޫދީ އަނިޔާވެރި ސިފައިން އެމެރިކާގެ އެހީތެރިކަމާއި އެކު ހިންގަމުންދާ އަނިޔާވެރި ޖަރީމާ ތަކަށް ހުޅަނގުގެ މީޑިޔާ ތަކުގެ ކަނު ލޯތައް އަމާޒު ނުވިނަމަވެސް އެކުދިންނަކީވެސް އިންސާނުން ކަމަށާއި، އެކުދިންގެ ބޭނުންތައް ވެސް ފުއްދައި ދިނުމަށް ޢަރަބި އިސްލާމީ ޤައުމު ތަކުގެ ވެރިންނަށް އެ ޤައުމު ތަކުގެ ރައްޔިތުން ވަނީ ވިސްނައިދޭން ޖެހިފައެވެ.

އެހެން ނަމަވެސް މުއްސަނދި ޢަރަބި ޤައުމު ތަކުގެ ވިސްނުން ހުރީ ބަޣާވާތަކުން މިސްރުގެ ވެރިކަން ވައްޓާލުމަށްފަހު ޔަހޫދީންނާއި އެއްބައި ވެގެން ނިކަމެތި މުސްލިމުން މަރަމުން ގެންދާ އަނިޔާވެރި މިސްރުގެ ފިރުޢައުނު ސީސީގެ ވެރިކަން ޙިމާޔަތް ކުރުމަށް ކަމީ ހިތާމަ ކުރަންޖެޙޭ ކަމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!