ޕައިލެޓުގެ މަރުގެ ބަދަލު ހިފުމަށް ޢުރުދުންއިންވެސް ދެ ޤައިދީއަކު މަރާލައިފި

  • ޢުރުދުންގެ ޖަލުގައި ހައްޔަރު ކޮށްފައިހުރި ސާޖިދާ

ޕައިލެޓުގެ މަރުގެ ބަދަލު ހިފުމަށް ޢުރުދުންއިންވެސް ދެ ޤައިދީއަކު މަރާލައިފިއެވެ.

އުރުދުން އިން ދެ ޤައިދީއަކަށް މަރުގެ އަދަބު ދީފައިވަނީ އިސްލާމިކް ސްޓޭޓްގެ ނަމުގައި ޢިރާޤާއި ސީރިޔާގައި ޙަރަކާތްތެރި ވަމުންދާ ހަނގުރާމަވެރި ޖަމާޢަތް އައިއެސްގެ މަޤާމުތަކަށް ކާފަރުންގެ ލަޝްކަރު ތަކާއި ގުޅިގެން ބޮން އަޅަމުން ގެންދިޔަ ޢުރުދުންގެ ޕައިލެޓް ދިރިހުއްޓާ އަންދާލުމާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމަށެވެ.

މިއަދު ހެނދުނު އިރު އެރުމާއި އެކު އުރުދުން އިން ދަންޖައްސާ މަރާފައި ވަނީ އައިއެސްއިން އެންމެ ބޮޑަށް މިނިވަން ކުރަން ބޭނުންވި އަންހެނެއް ކަމަށްވާ ސާޖިދާގެ އިތުރުން ޢުރުދުންގެ ޖަލުގައި ހުރި އަލްޤައިދާގެ ކޮމާންޑަރެއް ކަމަށްވާ ޒިޔާދުލް ކަރުބޫލީ އެވެ.

މި ދެމީހުންނަކީވެސް ޓެރަރިޒަމްގެ މައްސަލާގައި މެރުމަށް ޢުރުދުންގެ ކޯޓުތަކުން ޙުކުމް ކޮށްފައިވާ ދެމީހުންނެވެ.

ޢުރުންއިން މީގެ ކުރިންވަނީ ދިރިހުއްޓާ އަންދާލި އެ ޤައުމުގެ ޕައިލެޓުގެ މަރުގެ ބަދަލު އަނިޔާވެރި ކަމާއިއެކު ހިފާނެކަމުގެ އިންޒާރު ދީފައެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މިއަދު ދުނިޔޭގައި މިއޮތީ އެއްބަޔަކު އަނެއްބަޔަކު ކަތިލާ މެރުން، މަރުވީ ކޮން ސަބަބަކާއި ހުރެކަމެއް މަރުވިމީހާއި މަރާލި މީހާޔައްވެސް ނޭގޭ!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!