ސޮސެޖް ޕާސްތާ

ބޭނުންވާނެ ތަކެތި:

1 ޕެކެޓް ޕާސްތާ

8 ޗިކަން ސޮސެޖް (ކައްޗަށް ހުންނަ ގޮތަށް ކޮށާފަ)

3 ޖޯޑު ޓޮމާޓޯ ޕޭސްޓް

1 ގިތެޔޮ މިރުސް

1 ފިޔާ

3 ސައިސަމުސާގެ ލޮނު

4 ޖޯޑު ފެން

4 ލޮނުމެދުކޮޅު

1 ސައިސަމުސަލުގެ އަސޭމިރުސް

4 މޭޒުމަތީ ސަމުސަލުގެ އޮލިވް އޮއިލް / ވެޖިޓަބްލް އޮއިލް

1 ލީކްސް (ކުދިކޮށް ކޮށާފަ)

2 ކެޕްސިކަމް (ކުދިކޮށް ކޮށާފަ)

½ ޖޯޑު (ޗެޑަރ ޗީޒް ކުދިކޮށް ކޮށާފަ)

ހިކަނދިފަތްކޮޅެއް


ތައްޔާރުކުރާނެ ގޮތް:

ތެއްޔެއްގެ ތެރެއަށް 4 ޖޯޑު ފެން އެޅުއްވުމަށްފަހު 2 ސައިސަމުސަލުގެ ލޮނުކޮޅެއް އަޅުއްވުމަށްފު އުނދުން މައްޗަށް އުދާށެވެ. ފެންގަނޑު ހޫނުވުމުން އޭގެ ތެރެއަށް ޕާސްތާ ތައް އަޅުއްވާށެވެ. ދެން އޭގެ ތެރެއަށް 2 މޭޒުމަތީ ސަމުސަލުގެ އޮލިވް އޮއިލް އަޅުއްވާށެވެ. އާންމުކޮށް 15 މިނިޓެއްހާއިރު ކައްކާލުމުން ޕާސްތާތައް މަޑުވާނެއެވެ. ޕާސްތާ ކެކުމުން ފެންގަނޑު އުކާލުމަށްފަހު ވަކިން ތައްޓަކަށް ޕާސްތާތައް އަޅުއްވާ ކެކިފައިހުރި ޕާސްތާތައް ބަހައްޓާށެވެ.

ފިޔާ، މިރުސް، ލީކްސް، ކެޕްސިކަމް، ލޮނުމެދު އަދި ހިނކަދިފަތްކޮޅު ރަނގަޅަށް ކުދިކޮށް ކޮށާލުމަށްފަހު ތަވައެއްގެ ތެރެއަށް 2 މޭޒުމަތީ ސަމުސަލުގެ އޮލިވް އޮއިލް އަޅުއްވާށެވެ. ދެން ތެޔޮފޮދު ހޫނުވުމުން ކޮށާފަހުރި ހުރިހާއެއްޗެއް އަޅުއްވައި ރަނގަޅަށް އެއްކުރައްވާށެވެ. ފިޔާކޮޅު މޯޅިވުމުން ކޮށާފަ ހުރި ސޮސެޖްކޮޅު އަޅުއްވާށެވެ. އަދި ޓޮމާޓޯ ސޯސް ކޮޅު އަޅުއްވައި އަސޭމިރުސް ކޮޅުވެސް އަޅުއްވައި ރަނގަޅަށް އެއްކޮށްލައްވާށެވެ. ދެން އަސޭމިރުކޮޅު އެޅުއްވުމަށްފަހު 8 މިނެޓްވަރު ވަންދެން މަތިޖައްސަވައިގެން ކައްކަވާށެވެ.

ދެން އެއަށްފަހު ކައްކާފަ ހުރި ޕާސްތާގެ ތެރެއަށް ތައްޔާރުކު ކުރެއްވި ސޯސްގަނޑު ހޫނުކަންމަތީ އޮއްސާލުމަށްފަހު ރަނގަޅަށް އެއްކުރައްވާށެވެ. ދެން އޭގެ މައްޗަށް ޗީޒްކޮޅު އަޅުއްވާށެވެ.

މިއީ ފަސޭހައި ލިބެންހުންނަ ބާވަތްތައް ބޭނުންކޮށްގެން އަދި ތައްޔާރުކޮށްލަންވެސް ވަރަށް ފަސޭހަ އަދި އެހާމީރު ކެއުމެކެވެ.


ބަދިގެ ފަރުވާ: ޕާސްތާ ނުވަތަ ސްޕަގެޓީ ފަދަ ތަކެކި ކައްކާ ނިމުމުން ފެންގަނޑު ހިންދާލުމަށްފަހު އޭގެރެއަށް އޮލިވް އޮއިލް ކޮޅެއް އެޅުއްވުމަށްފަހު އެއްކޮށްލާފަ ބެހެއްޓުމުން ޕާސްތާތައް ތަތްވުމުން ދުރުކޮށްދޭނެއެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް މީރުކޮށް ބީފް ކަރީ ހަދާނެ ގޮތް ގެނައިސް ދީބާ!!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!