އިއްޔެގެ ހަމަލާތަކަށްފަހު މިއަދުވެސް ފްރާންސްގައި ބަޑީގެ ހަމަލާތައް ބަދަލުކޮށްފި

ޗާލީ ހެބްޑޯ މެގަޒިނުން ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ކާޓޫނު ކުރަހަފައިވަނިކޮށް އިއްޔެގެ ވަގުތެއްގައި އެތަނުގެ ތެރެއަށް ހަތިޔާރުއެޅި ބަޔަކު ވަދެ ދިން ހަމަލާތަކުގައި 12 މީހަކު މަރުވެފަައިވެއެވެ. އަދި އެ ހަމަލާގެ ތަހުގީގު ކުރިއަށްދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ބަޑީގެ ހަމަލާތައް ވަނީ ފެށިފައެވެ. މިއަދުގެ ހަމަލާގައި ފުރާންސްގެ ފުލުހުންގެ މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިއްޔެގެ ހަމަލާތައް ތަޙުޤީގު ކުރެވެމުންދާތީއާއި މިފަދަ ހަމަލާތަކުގެ ނުރައްކާތެރިކަން ބޮޑުކަމުން މިއަދު ދިން ބަޑީގެ ހަމަލާއަކީ އިއްޔެ ހިނގައިދިޔަ ކަންކަމާ ގުޅުންހުރި ހަމަލާއެއްކަން ބުނަން ދަތިކަމުގައި ފުލުހުން ހާމަކޮށްފައިވެއެވެ.

ކުއްލި ހާލަތު އިޢުލާނުކޮށްފައި ވާ ދަނޑިވަޅެއްގައި އިތުރު ނުރައްކާތެރި ހަމަލާތައް ހިނގާފާނެ ކަމުގެ ބިރުވެރިކަން ދަނީ ބޮޑުވަމުންކަމުގައި ބައެއް ފަރާތްތަކުން މީޑިއާއަށް ދިން އިންޓަރވިއު ތަކުގައި ހާމަކޮށްފައިވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!