ޕައިންއެޕަލް ޗިކަން ޓެންޑަރސް

ބޭނުންވާނެތަކެތި:

1 ޖޯޑު އަލަނާސި ޖޫސް

½ ޖޯޑު ބަންދުކުރި ބްރައުންޝުގަރ

3/1 ޖޯޑް ލައިޓް ސޯއި ސޯސް (ސޯޔާސޯސް)

900 ގ ބޯންލެސް ޗިކަން (ޗިކަން ބްރެސްޓް)

ސްކިވަރސް (ބާބަކިއު ސްޓިކް)


ތައްޔާރުކުރައްވާނެ ގޮތް:

ތަވާ އުންދުން މައްޗަށް އުދުމަށްފަހު އުނދުންނުގެ ގިނި މެދުމިންވަރެއްގައި ބެހެއްޓުމަށް ފަހު އޭގެ ތެރެއަށް އަލަނާސި ޖޫސް ފޮދާއި، ބްރައުންޝުގަރ އަދި ސޯއިސޯސް އަޅުއްވާ މަޑުމަޑުން ގަށާލާށެވެ. ރަނގަޅަށް ކެކިގަތުމުގެ ކުރިން އުނދުންމަތިން ބާލަން ހަނދުމަފުޅު ބަހައްޓަވާށެވެ.

ބޯންލެސް ޗިކަން ބޯތަށްޓެއް ކަހަލަ އެއްޗަކަށް އެޅުއްވުމަށްފަހު ކުރިން ކައްކާފައި ހުރި ހުރި ބައި އޭގެތެރެއަށް އެޅުއްވުމަށްފަހު ރަނގަޅަށް އެއްކުރައްވާށެވެ. ދެން ބޯތަށީގެ މަތި ޕްލާސްޓިކް ރެޕިން ފޮއިލް ކަހަލައެއްޗެއް އަޅުއްވައި ބަންދުކުރެއްވުމަށްފަހު އައިސްއަލަމާރީގައި 30 މިނެޓްވަރު ވަންދެން ބަހައްޓަވާށެވެ.

ކުރިޔާލައި ގްރިލް / އަވަން ހޫނުކުރައްވާށެވެ. ދެން އައިސްއަލަމާރީގައި ބެހެއްޓި ބޯތަށި ނަގައި އޭގެއިން ކުކުޅުމަސްތައް، ބާބަކިއު ސްޓިކް / އިލޮށިތަކަށް އަމުނާލާށެވެ. ދެން ގުރިލް ގައި މަސްކޮޅުތައް އަތުރާލާށެވެ.

ގްރިލް ހޫނުކުރުމުގެ ކުރިން ގްރިލްގެ ދާގަނޑުގައި ކުޑަ ކައްކާ ތެޔޮފޮދެއް އުނގާޅުން ވަރަށް ރަނގަޅުވާނެއެވެ. 5 ވަރަކަށް މިނެޓް ވުމުން ފުށުން ޖަހާލަން ހަނދުމަފުޅު ބަހައްޓަވާށެވެ. ވަރަށް އަވަހަށް ފިހެވޭ އެއްޗަކަށް ވުމުން، ގްރިލްގައިވާ ކުކުޅުމަސްތަކަށް ރަނގަޅަށް ބައްލަވަންވާނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!