ބަނާނާ އިން ކެރެމަލް ސޯސް

ބޭނުންވާނެ ތަކެތި:

½ ޖޯޑު ބަޓަރު

1 ޖޯޑު ހަކުރު (ހިނމުންކޮށްފައި)

1 ¼ ޖޯޑު ހެވީ ކްރީމް / ފުލް ކްރީމް މިލްކް

4 ދޮންކެޔޮ (ފޮތިކޮށް ކޮށާފަ)

ތައްޔާރު ކުރާނެގޮތް:

ތަތްނުލަވާ ތަވައެއްގައި ބަޓަރުކޮޅު މެދުގިނީގައި ވިރުވާލާށެވެ. ދެން ހަކުރުކޮޅު އެޅުއްވުމަށްފަހު މަޑުމުށި ކުލައެއް އަރަންދެން މަޑުމަޑުން ގަށަމުން ގެންދާށެވެ. ދެން ފުލްކްރީމް މިލްކް އޭގެތެރެއަށް މަޑުމަޑުން އަޅުއްވުމަށްފަހު ބޮކި އަރަންދެން މިނެޓެއްހާއިރު ކައްކާށެވެ. އެއަށްފަހު ގިނި މަޑުކުރާށެވެ. ދެން ދޮންކެޔޮކޮޅު އަޅުއްވާ ދެމިނެޓެއްހާއިރު ހޫނުވެލަންދެން ކައްކާށެވެ.

އައިސްކްރީމް އާއެއްކޮށްގެން ކާލަން މިއީ ވަރަށް މީރު ޑެޒަރޓެކަށް ވާނެކަމަށް އުންމީދު ކުރަމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!