ކްރީމީ ރައިސް ޕުޑިން

ބޭނުންވާނެ ތަކެތި:

1 ½ ޖޯޑު ކައްކާފަ ހުރި ހުދުހަނޑޫ (ވައިޓްރައިސް)

2 ޖޯޑު ރޯކިރު (ފުލް ކްރީމް) ވަކިވަކިން ދެ ޖޯޑެއްގައި

3/1 ޖޯޑު ހަކުރު

4/1 ސައިސަމުސާ ލޮނު

1 ބިސް (ގިރާފަ)

3/2 ޖޯޑު ހިކިމޭބިސްކަދުރު

1 މޭޒުމަތީ ސަމުސަލުގެ ބަޓަރު

½ މޭޒުމަތީ ސަމުސަލުގެ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ތަވައެއްގެ ތެރެއަށް 1 ½ ޖޯޑު ގެ ބަތްކޮޅު އަޅުއްވާށެވެ. ދެން 1 ޖޯޑާއި ބައި ރޯކިރު އޭގެ ތެރެއަށް އަޅުއްވާށެވެ. އެއަށްފަހު، ހަކުރާއި ލޮނު އޭގެތެރެއަށް އަޅުއްވައި ރަނގަޅަށް އެއްކޮށްލައްވާށެވެ. ދެން ތަވާގައި މަތިޖެއްސެވުމަށްފަހު 15 މިނެޓާއި 20 މިނެޓާއި ދެމެދު އިރުކޮޅަކަށް މެދު ގިނީގައި ރަނގަޅަށް އޮލަވަންދެން ކައްކާށެވެ. ދެން ބާކީހުރި ބައި ޖޯޑު ރޯކިރާއި ގިރާފަ ހުރި ބިހާއި ހިކިމޭބިސްކަދުރުކޮޅު އެއްކޮށްލުމަށްފަހު 2 މިނެޓެއްހާއިރު ތަވާގެ ފުލުގައި ނުހިފާ ވަރަށް ގަށަމުން ކައްކާށެވެ. އުނދުން ނިވާލުމަށްފަހު ބަޓަރުކޮޅާއި ވެނީލާ އެސެންސް ކޮޅު އަޅުއްވާ އެއްކޮށްލާވާށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!