ސްޕައިސީ އިންޑިއަން ޗިކަން ވިތް ގްރީން މަސާލާ

ބޭނުންވާނެ ތަކެތި:

7 ފެހިކުލައިގެ ތޮޅިމިރުސް (ރޯމިރުސް)

1 މޭޒުމަތީ ސަމުސަލުގެ ދިރި

1 މޭޒުމަތީ ސަމުސަލުގެ އިނގުރު

1 މޭޒުމަތީ ސަމުސަލުގެ ލޮނުމެދު

1 މޭޒުމަތީ ސަމުސަލުގެ ލޮނު

1 ½ މޭޒުމަތީ ސަމުސަލުގެ ރީނދޫ (މުގުރި)

1 މޭޒުމަތީ ސަމުސަލުގެ ލުނބޯ ހުތް

2 މޭޒުމަތީ ސަމުސަލުގެ ކޮށާފަހުރި ކޮރިއަނޑަރ ފަތް

1 މޭޒުމަތީ ސަމުސަލުގެ ޕްލެއިން ޔޯގަޓް

8 ކުކުޅުފައި (ހަންދަމާފަ)

މޭޒުމަތީ ސަމުސަލުގެ ތެޔޮފޮދެއް

1 ކުޑަ ފިޔާ( ތުނިކޮށް ކޮށާފަ)

ތައްޔާރުކުރައްވާނެ ގޮތް:

ތޮޅިމިރުސް، ދިރި، އިނގުރު، ލޮނުމެދު، ލޮނު، ރީނދޫ، ލުނބޯ ހުތް އަދި ކޮރިއަންޑަރ ފަތްކޮޅު މިކްސަރަށް އެޅުއްވުމަށް ފަހު ރަނގަޅަށް ހިނމުންވަންދެން ބްލެންޑް ކުރައްވާށެވެ. ދެން އޭގެ ތެރެއަށް ޕްލެއިން ޔޯގަޓް ކޮޅު އަޅުއްވައި ރަނގަޅަށް އެއްކޮށްލުމަށް ފަހު ކުކުޅު ފައިތަކުގެ ތެރެއަށް އަޅުއްވައި ރަނގަޅަށް އެއްކޮށްލައްވާށެވެ. އެއަށްފަހު ކުކުޅުފައިތަކާއެކު އެއްކޮށްފައިވާ ތަކެތި އަޅުއްވާފަ ހުރި އެތީގެ މަތީ ޕްލާސްޓިކް ރެޕިން ފޮއިލް އަޅުއްވާ އައިސް އަލަމާރިއަށް ލައްވާ 2 ގަޑި އިރު މެރިނޭޓް ވަންދެން ބަހައްޓަވާށެވެ.

ކެއްކުމަށްޓަކައި ބޭނުންވާ ތަވާ އުނދުންމައްޗަށް އުދުމަށްފަހު ތެޔޮ ފޮދު އަޅުއްވައި ރަނގަޅަށް ހޫނުވުމުން ފިޔާކޮޅު އަޅުއްވާ ފިޔާކޮޅު މޯޅިވަންދެން ކައްކާށެވެ. ދެން އުނދުނުގެ ގިނި މަޑުކޮށްލުމަށްފަހު މެރިނޭޓް ކުރަން ފްރިޖްގައި ބެހެއްޓި ކުކުޅުފައިތައް ތަވާގެ ތެރެއަށް އަޅުއްވުމަށްފަހު މެދު ގިނީގައި ތަވާގައި މަތިޖަހާފައި ބަހައްޓަވައިގެން 30 މިނެޓެއްހާއިރު ވަންދެން ކައްކަވާށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!