މެލޭޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން 160000 ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފި

  • ފޮޓޯ: އޭ.ބީސީ ނިއުސް

މެލޭޝިއާގައި މިހާތަނަށް ދިމާވި އެންބޮޑު ފެންބޮޑުވުމުގެ މި ހާދިސާގައި 160000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހާމަކޮށްފައިވާ ގޮތުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެތީގެ އެހީއާއި ބޯހިޔާވަހިކަން ހޯދައިދިނުމަށް 143.31 މިލިއަން ޑޮލަރު ޚަރަދު ކުރާނެ ކަންވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް މި ހިތާމަވެރި ހާދިސާގައި ރައްޔިތުންގެ ހާލަތާމެދު ސަރުކާރުން ނުވިސްނަވާ ކަމުގައި މެލޭޝިއާގެ ބައެއް ރައްޔިތުން ތުހުމަތު ކުރެއެވެ.

އައު އަހަރު ފެށުމުގެ ރަސްމިއްޔާތުތައް ބައެއް ސިޓީތަކުގައި ކެންސަލްކޮށްފައިވާއިރު، އައު އަހަރު ފާހަގަ ކުރުމަށް ކުރާ ޚަރަދުގެ ބަދަލުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެ ފައިސާ ޚަރަދު ކުރުމަށް އައު އަހަރު ފާހަގަ ކުރުމަށް ތައްޔާރުވެފައިވާ ބައެއްފަރާތްތަކާއެކު ސަރުކާރުން މަޝްވަރާކުރަމުންދާކަމަށް ސަރުކާރުން ބުނެއެވެ.

މި ހާދިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މެލޭޝިއާގެ ފަސް ސްޓޭޓަކަށެވެ. ކޮންމެ އަހަރަކުވެސް މިފަދަ ފެންބޮޑުވުމުގެ ހާދިސާތަކާއި މެލޭޝިޔާ އިން މި މޫސުމުގައި ކުރިމަތިލާންޖެހޭ ކަމުގައި މޫސުން ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!