ސަނާމުގު ހިކިރިހަ

މިއީ 8 މީހުންނަށް ވާވަރަށް ހިމަނާފައިވާ ރެސިޕީއެއް

ތައްޔާރުކުރުމަށް ހޭދަވާނެ ކަމަށް ލަފާކުރެވެނީ ގިނަވެގެން 40 މިނެޓް

ބޭނުންވާނެ ތަކެތި:

2 ސައިސަމުސާގެ ކައްކާތެޔޮ

2 ފިޔާ ކުދިކޮށް ކޮށާފަ

2 ލޮނުމެދުކޮޅު ކުދިކޮށް ކޮށާފަ

2 ސައިސަމުސާގެ އިނގުރު ޗިސްކޮށްފަ

6 ކަރަންފޫ

2 އިންޗި ހުންނަވަރުގެ ފޮނިތޮށި ކޮޅެއް ކުދިކޮށްފަ

1 ސައިސަމުސާ ދިރި

1 ސައިސަމުސާ ކޮތަނބިރި

ލޮނުކޮޅެއް

1 ސައިސަމުސާ ތެޅިމިރުސް

1 ސައިސަމުސާ ރީނދޫ

400ގ ސަނާމުގު

ކުޑަ ޖޯޑެއްގެ ކޮށާފަހުރި ކޮރިއަންޑަރ ފަތް

ހައްދަވާނެގޮތް:

އުނދުންމައްޗަށް ތަވާ އުދުމަށްފަހު، ތެޔޮފޮދު އަޅުއްވާ މީޑިއަމް ހީޓްގައި ތަވާ ހޫނުކުރައްވާށެވެ. ހޫނުވުމުން ފިޔާކޮޅު އަޅުއްވާ ރަނގަޅަށް މޯޅިވަންދެން މީރުކުރައްވާށެވެ. ސަނާމުގާއި ކޮރިއަންޑަރ ފަތްކޮޅު ނޫން ބާކީ ހުރި އެއްޗިހި އެޅުއްވުމަށްފަހު ރަނގަޅަށް އެއްްކުރައްވާށެވެ. ދެން ރަނގަޅަށް އެއްވުމުން ސަނާމުގު އަޅުވާށެވެ. އެއަށް ފަހު ސަނާމުގުތަށް މަޑުވާވަރުގެ ފެންފޮދެއް އަޅުއްވާ މަތިޖައްސަވާ 5 ވަރަކަށް މިނެޓް ވަންދެން ކައްކާށެވެ. ދެން އުނދުންމަތިން ބޭލުމަށްފަހު ކޮރިއަންޑަރ ފަތްކޮޅަކުން ގާނިޝްކޮށްލާށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!