ޑްރެކިއުލަރ ގެ ޙަޤީޤީ ވާހަކަ

ޢުޘްމާނީ ޚިލާފަތުން އިސްލާމްދީން ޤާއިމުކުރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެހެންނަމަވެސް އެމަސައްކަތްތަކުގެ ތެރެއިން ހުރިހާކަންކަމަކީ އެހާ ގިނަމީހުންނަށް އެނގޭ ވާހަކަތަކަކަށް ނުވެދާނެއެވެ. މިއީ އެގޮތުން ފާހަގަކޮށްލެވުނު އެއްވާހަކައެވެ. އާދެ، މުޙައްމަދު އަލް ފާތިޙް (ރަޙިމަހުﷲ) ‘ޑްރެކިއުލާ’ އާ ދެކޮޅަށް ކުރެއްވި ހަނގުރާމައިގެ ވާހަކައެވެ.

ތީގެތެރެއިން ބައެއްބޭފުޅުންނަށް ‘ޑްރެކިއުލާ’ ގެ ނަމަކީ އައު ނަމަކަށް ނުވެދާނެއެވެ. ޚިޔާލަށް އަންނާނީ ލޭބޯމީހުން (ވެމްޕަޔަރ) އެއްގެ ވާހަކައެވެ. އެހެންކަމުން މިހާރު ހިތްޕުޅުގައި އުފެދޭނެ ސުވާލަކީ، މުޙައްމަދު އަލް ފާތިޙް ވެމްޕަޔަރ އަކާއި ދެކޮޅަށް ހަނގުރާމަ ކުރެއްވީތޯއެވެ؟ ނޫނެކެވެ. ނިކަންހުރެ ޑްރެކިއުލާ އަކީ ކާކުކަން ބުނެދޭނަމެވެ.

ޑްރެކިއުލާއަކީ ޙަޤީޤަތުގައިވެސް އުޅުނުމީހެކެވެ. އޭނާއަކީ މިހާރުގެ ނަމުންނަމަ، ރޯމެނިއާގެ އުތުރުގައި ވެރިކަންކުރި މީހެކެވެ. މުޙައްމަދު އަލް ފާތިޙް ގެ ލަޝްކަރު އިރުމަތީ ޔޫރަޕްގެ ޤައުމުތަކަށް އޭގެ ތެރޭގައި ބޮސްނިއާ، ސާބިއާ އަދި ހަންގޭރީ އަށް  ކުރިއަށް ޖެހެމުން ދިޔަދުވަސްވަރު ‘ވަލާކިޔާ’ (ރޯމެނިއާގެ އުތުރު) ގެ މީސްތަކުން ޢުޡްމާނީ ޚިލާފަތާ ދެކޮޅަށް ހަނގުރާމަ ކުރަންބޭނުންވިއެވެ. އަސްކަރީ ގޮތުން ބަލިކަށިބަޔަކަށްވެ ތިބެވެސް އެބައި މީހުން ބޭނުންވީ އެގޮތެވެ. އެހެނެއްކަމަކު ޢުޡްމާނީ ޚިލާފަތުގެ ފަރާތުން މުޙައްމަދު އަލް ފާތިޙް ސުލަޙައިގެ އެއްބަސްވުމެއް ހުށަހެޅިއެވެ. އެ އެއްބަސްވުމުގެ ދަށުން އެ ރަށުގެ ވެރިޔާގެ ދެ ދަރިންނަށް ތަޢުލީމު ދިނުމަށް އިސްތަންބޫލަށް ގެންދިއުމަށް ހުށަހެޅުނެވެ. އެއްބަސްވުމާ އެއްގޮތަށް އޭނާގެ ދެކުދިން ފޮނުވަން ‘ވަލާކިޔާ’ ގެ ވެރިޔާ އެއްބަސްވިއެވެ. އެއީ ‘ވްލަދް’ ނަމަކަށް ކިޔާ ކުއްޖަކާ ‘ރަޑޫ’ ނަމަކަށް ކިޔާ ކުއްޖެކެވެ. މިދެކުދިން ތެރެއިން ‘ޑްރެކިއުލާ’ ގެ ނަމުން ނަން ދެވިފައިވަނީ ‘ވްލަދް’ އަށެވެ.

‘ޑްރެކިއުލާ’ ގެ މާނައަކީ ‘ޑްރަކުލް’ ގެ ދަރިއެވެ. އެއީ ‘ވްލަދް’ ގެ ބައްޕަގެ ނަމެވެ. އަދި ‘ޑްރަކުލް’ ގެ މާނައަކީ ޝައިތާނާ އެވެ. އެހެންކަމުން ޑްރެކިއުލާ ގެ ނަމުގެ މާނައަކީ ޝައިތާނާގެ ދަރިއެވެ. މި ނަން އޭނައަށް އެކަށީގެންވާކަން އަދި އެނގޭނެއެވެ.

ކަންތައް ވެގެން ދިޔަގޮތަކީތޯއެވެ. މި ދެކުދިން އިސްތަންބޫލް އިން އިސްލާމްދީން އުނގެނުނެވެ. އަދި ‘ޑްރެކިއުލާ’ ގެ ބޭބެ އިސްލާމްދީން ޤަބޫލުވެސް ކުރިއެވެ. އެހެންކަމުން ‘ރަޑޫ’ އަކީ މުސްލިމެކެވެ. އޭނާ ޤުރުއާން ހިތުދަސްކުރިއެވެ. އަދި ދީނުގެ އެހެނިހެން ޢިލްމުތައްވެސް އުނގެނުނެވެ. އަނެއްކޮޅުން ‘ޑްރެކިއުލާ’ ވެސް ޤުރުއާން އުނގެނުނެވެ. ނަމަވެސް އޭނާ އިސްލާމެއް ނުވެއެވެ. އެހެނެއްކަމަކު ޢަރަބި ބަހާއި ޕާސިއަން ބަހާއި ތުރުކީގެ ބަހުގެ އިތުރުން ރޯމޭނިއަން ބަހާއި އިތުރުބަސްތައްވެސް އޭނާ ދަސްކުރިއެވެ. ދެން އޭގެފަހުން އޭނާގެ ޤައުމަށް އޭނާ އަނބުރާ ފޮނުވާލިއެވެ. ނަމަވެސް ‘ރަޑޫ’ ތުރުކީގައި މަޑުކުރުވިއެވެ. އެއީ އޭނާގެ ޤައުމުގެ މީހުންނަކީ ކްރިސްޓިއަނުންނަށް ވުމުން އެމީހުންގެ މައްޗަށް ވެރިކަން ކުރަން މުސްލިމަކު ފޮނުވުން ރަނގަޅު ނޫންކަމެއްކަމުގައި ޢުޘްމާނީންނަށް ވިސްނުމުންނެވެ.

ޤައުމަށް އަނބުރާ ފޮނުވާލެވުނު ‘ޑްރެކިއުލާ’ އޭނާގެ ޤައުމުގެ ވެރިކަމަށް އިސްކުރެވުނެވެ. އެހެންނަމަވެސް އޭނާ ވެރިކަން ކުރުމުގައި ޚިލާފަތުގެ އެއްބަސްވުންތަކާއި އެންގެވުންތަކަށް ތަބާނުވުމަށް އޭނާ ހުރީ ޢަޒުމު ކަނޑައަޅައިގެންނެވެ. މިހެން ހުއްޓައި ޚިލާފަތުގެ ފަރާތުން ވަފުދެއް ‘ޑްރެކިއުލާ’ ކައިރިއަށް ޖިޒިއަ ނެގުމަށްޓަކައި ދިއައެވެ. އޭނާގެ ދަރުބާރަށް ވަދެ ޖިޒިއަ ދެއްކުމަށް އެދުމުން ‘ޑްރެކިއުލާ’ އެމީހުނަށް ބުންޏެެވެ. ތިމަންގެ ދަރުބާރަށް ވަންނަ ނަމަ ކަލޭމެންގެ ފަގުޑިތައް ނަގާށެވެ. ނަމަވެސް ވަފުދުން އެކަމަށް އިންކާރު ކުރިއެވެ. އަދި އެމީހުން އޭނާއަށް ބުންޏެވެ. ތިމަންމެން ކާފަރަކަށްޓަކައި ފަގުޑިއެއް ނުނަގާނަމެވެ. އަނެއްކާވެސް އޭނާ އެމީހުންގެ ފަގުޑިތައް ނެގުމަށް އަމުރު ކުރިއެވެ. ނަމަވެސް މިފަރުވެސް ވަފުދުގެ ބޭފުޅުން އިންކާރުކުރިއެވެ. ދެން ‘ޑްރެކިއުލާ’ އޭނާގެ މީހަކަށް ގޮވިއެވެ. އެމީހަކީ އެމީހެއްގެ އަތުގައި ބޮޑެތި މޮހޮރުތަކަކާއި މަރުތޭލެއް އޮތް މީހެކެވެ. ދެން އެމީހާއަށް އެންގިއެވެ. “ދެން އެމީހުން އެ ފަގުޑި ނުބާލައިފިނަމަ ދުވަހަކުވެސް އެ ނުބާލާނެ… އެމީހުންގެ ފަގުޑިތަކާއެކު ބޮލަށް މޮހޮރުޖަހާ…” އެގޮތަށް ކަންތައް ކޮށް އެ ހުރިހާ މީހުން ޝަހީދުކޮށްލިއެވެ.

ޑްރެކިއުލާ ގެ މި އަނިޔާވެރި އަމަލަކީ ހަނގުރައިމައިގެ އަމަލަކަށް ވެފައި މިކަމުގެ ސަބަބުން އިސްލާމީ ދައުލަތާ ދެކޮޅަށް އޭނާ ހަނގުރާމަ ކުރަން ބޭނުންވާކަން ޔަޤީންވެގެން ދިއައެވެ. ކަންމިހެން ހުރުމާއެކު މުޙައްމަދު އަލް ފާތިޙް ގެ ހައިބަ ބޮޑު ލަޝްކަރެއް ޑްރެކިއުލާއާ ދެކޮޅަށް ހަނގުރާމައަށް ފޮނުވިއެވެ. ނަމަވެސް، ޑްރެކިއުލާގެ އުކުޅުތަކާއި އެކު އަދި އޭނާއަކީ ޢުޘްމާނީން ރަނގަޅަށް ދަންނަމީހަކަށް ވުމުން އެބައިމީހުން ބަލިކޮށްލުމުގައި އޭނާ ކާމިޔާބު ހޯދިއެވެ. މިކަމުގެ ތެރޭގައި އޭނާގެ ނުލަފާކަން އިތުރަށް ފާޅުކުރުމުގެ ގޮތުން، ބައެއްފަރު މީހުން މަރައިނުލައި ރަހީނުކޮށްގެން ގެންގޮސް “އިމްޕެއިލް” (ދިގު ދަނޑިއެއް ފޭއްސާ ތޫނުކުރުމަށްފަހު މީހާގެ ފުރަގަސް ފާރާތުން އަމުނާލުމުން ހަށިގަނޑުގެ އެތެރޭން ލާފައިގޮސް އަނގައިން ނިކުންނަންދެން) އެ އަނިޔާ ކުރެއެވެ. މިކަން ކުރަނީ މީހާ ދިރިދިރި ހުއްޓައެވެ. މިގޮތަށް ފަހަރަކު މީހަކު “އިމްޕެއިލް” ކުރަމުންދަނީ ދިރިތިބި މީހުން ކުރިމަތީ ފެންނަގޮަތަށެވެ.

ހިނގާދިޔަ ހާދިސާ އަށް ފަހު އިސްލާމީ ދައުލަތުގެ ލަޝްކަރެއް، ކުރިން ފޮނުވުނު ލަޝްކަރަށް ވީ ގޮތެއްބެލުމަށްޓަކައި ދިއައެވެ. ފެނުނީ ވަރަށްވެސް ބިރުވެރި އަދި އެހާމެ ހިތްދަތި މަންޒަރެކެވެ. ޑްރެކިއުލާ ވެރިކަން ކުރާ ރަށުގެ ބޮޑު ދިގު މަގެއްގެ އެއްފަރާތުގައި  20000 ވުރެ ގިނަ މުސްލިމުން “އިމްޕެއިލް” ކޮށް ޝަހީދުކޮށްލާފައިވާ މަންޒަރެެވެ. ވިސްނާ ފިކުރު ކޮށްލެވޭ ތޯއެވެ. އެންމެ މުސްލިމަކަށް މިހެން ހަދާފައި ހުރި މަންޒަރު ދުށުންވެސް މުޙައްމަދު އަލް ފާތިޙަށް ކެތްވާނެތޯއެވެ. އެހެންކަމުން މި ކަންވެގެން ދިޔައީ ބޮޑު ހައިރާންކަމެއްގެ އިތުރުން ހިތަށް ތަސައްވުރު ނުކުރެވޭހާ ބޮޑު އަނިޔާވެރި ކަމަކަށެވެ.

ނަތީޖާއެއްގެ ގޮތުން މުޙައްމަދު އަލް ފާތިޙް ގެ އަމުރަށް ޑްރެކިއުލާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އޭނާގެ ބޭބެ “ރަޑޫ” ފޮނުވިއެވެ. ޑްރެކިއުލާ އާ ދެކޮޅަށް ރަޑޫ ހަނގުރާމަ ފެށުމާއެކު ރޯމޭނިއަނުންގެ ތެރޭން ކްރިސްޓިއަނުންވެސް ޑްރެކިއުލާއާ ދެކޮޅަށް މަސައްކަތްފެށިއެވެ. ސަބަބަކީ އޭނާގެ އަނިޔާވެރިކަން ހައްދުފަހަނައަޅާފައި ވުމާއެކު ފައްޅިތަކާއި ފާދިރީންގެ އަމުރުތަކަށް ކިޔަމަންނުވުމެވެ. ހަނގުރާމަ ހޫނުވެ ކަންކަން ސާފުނުވާ ހިސާބަށް މަޝްރަހު ގޯސްވިއެވެ. ނަތީޖާއެއްގެ ގޮތުން އެ އަނިޔާވެރި ޑްރެކިއުލާ މަރާލީ މުސްލިމުންކަމެއް ނުވަތަ އޭނާގެ ރަށުގެ އަހުލުވެރިންކަން ކަނޑައެޅިގެން ތާރީޚު ފޮތްތަކުން އެނގޭކަށް ނެތެވެ. ނަމަވެސް އެ ގައްދާރު ޝައިތާނާ “ޑްރެއިކިއުލާ” ގެ ލަޝްކަރު ބަލިކޮށް އިސްލާމީ ދައުލަތުން ނަސްރުހޯދިއެވެ. އެއަށްފަހު ޑްރެކިއުލާ ގެ ބޯ ކަނދުރާއިން ވަކިކޮށްގެން އިސްތަންބޫލަށް ގެންދެވުނެވެ. ދެން އެ ބޯ ތޫނުކޮށްފައިވާ ދަނޑިއަކަށް އަމުނާލުމަށްފަހު އިސްތަންބޫލް ގެ މައި ގޭޓުގައި ބަހައްޓާފައި ހުއްޓެވެ. ބުނެވޭ ގޮތުގައި ދެތިން މަހެއްހާ ދުވަސްވަންދެން އޭނާގެ ބޯ އެތާހުއްޓެވެ. މިގޮތަށް ކަންތައް ކުރުމުގެ ބޭނުމެއްކަމުގައި ވަނީ ދުޝްމިނުންނަށް މެސެޖެއް ދިނުމެވެ. އެ މެސެޖަކީ “މި އަނިޔާވެރިޔާ މަރާލެވިފައިވާ ފަދަ ނިކަމެތިކަމެއް އެދޭ ނަމަ، އިސްލާމީ ދައުލަތާ ދެކޮޅަށް ހަނގުރާމައަށް އަންނާށެވެ”.

މިކިޔައިދެވުނީ މަޝްހޫރު “ޑްރެކިއުލާ” ގެ ޙަޤީޤީ ވާހަކައެވެ. އޭނާއާ ދެކޮޅަށް އިސްލާމުން ހަނގުރާމަކޮށް ނަސްރު ލިބިފައިވީނަމަވެސް މި ވާހަކަތައް އެނގެނީ އަޅުގަނޑުމެންނަށް ކިހާ މިންވަރަކަށްތޯއެވެ. ކާފަރުންގެ ވާހަކަ ފޮތްތަކާއި އެމީހުންގެ ފިލްމުތަކުގައި ގެނެސްދޭ މިފަދަ ވާހަކަތަކުން އަޅުގަނޑުމެންގެ މަޤްބޫލުކަން ލިބެމުންދާއިރު އިސްލާމީ އުންމަތުގެ ޙަޤީޤީ ބަތަލުން ގެ ވާހަކަތައް ހޯދާ ބަލަމާތޯއެވެ. ތާރީޚުގައި މުސްލިމުންގެ ނަން ވިދުވާލަދީފައިވާ ބަޠަލުންތަކެއް އުފެއްދޭނީ އެ ބަޠަލުންގެ ވާހަކަތަށްވެސް އެނގިގެންކަން ކަށަވަރެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މިޒަމާނުގެ ޑްރެކިއުލާ އަކީ އެމެރިކާ، ވީމާ އެމެރިކާގެ އިސްވެރިންނާއި ސިފައިންގެ ބޯކެނޑުމަށްފަހު ތި ޑްރެކިއުލާގެ ބޮލަށްހެދި ގޮތް ހަދަންޖެހޭ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!