ޔޯގާ ގެ އަސްލު އެނގުން މުހިންމު (1)

ކުޅިވަރާއި ކަސްރަތުގެ ތެރެއިން ޒުވާނުންނަން ޢިލްމު އުނގަންނައިދިނުމަކީ މިއަދު ވަރަށް ހިތްވަރާއެކު ސަރުކާރާއި އަމިއްލަ ފަރާތްތަކުންވެސް ކުރިއަށްގެންދާ ކަމެކެވެ. މިފަދަ ކަންކަމުގެ ތެރެއިން އިސްލާމްދީނުގައި ހުއްދަ ނޫން ނަމަވެސް، ބައެއް ކަންތައްތައް ހިންގުމަށް މަސައްކަތްކުރާކަމީ ޙަޤީޤަތެކެވެ.

ކަސްރަތުގެ އެކި ކަހަލަ ހަރާތްކާތްތައް އުނގަންނައިދިނުމުގެ ތެރެއަށް “ޔޯގާ” ތަޢާރަފް ކޮށް އެކަން ކުރިއަރުވަން މިއަދު މަސައްކަތްތަކެއް ކުރާ މަންޒަރު ދަނީ ފެންނަމުންނެވެ. ޒުވާނުންގެ މަރުކަޒު ތަކުގައި އެފަދަ ކަންކަމަށް ފުރުޞަތު ތަނަވަސް ކޮށް ޔޯގާ ގެ މަޤުބޫލުކަން އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް މިކަމާމެދު ތާރީޚީ އަދި ދީނީ ނަޒަރަކުން ކަޅިހިންގާލުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

“އިންޑިއާގެ މުގައްދަސް ދީނީ ބަހުރުވައިން “ޔޯގާ” ގެ މާނައަކީ އެއްބައިވަންތަ އަދި އިލާހާ ދެމެދު އޮންނަ ގުޅުމުމެވެ. އެބަހީ، ހަށިގަނޑާއި ސިކުނޑިއާ ގުޅިފައިވާ އެއްބައިވަންތަ ގުޅުމާއި އެކު އިލާހީ ގުޅުން ބަދަހިވެ ޢިލްމާއި، ޙިކްމަތްތެރިކަން ލިބި ދިރިޅުމުގެ ޢިލްމު ފަހިވުމަށް ބާރު ލިބި، ހަސަދަވެރިކަމުން ރައްކާތެރިކަންލިބި، ދީނީ ހައްދުފަހަނަ އަޅައިދިއުމުން ސަލާމަތްވެ، ތޫނުފިލިކަން ލިބި، ލޮލަށް ފެނުމުގެ ބާރުގަދަވެ، ޖިސްމާނީ އަދި ރޫހާނީ ބާރު ލިބިގެން ދިޔުމެވެ.” – (ސ: 19، ޔޯގާ އެންޑް ބްރީތިންގ ، ޢަބްދުލް ފައްތާޙް ފަހީމް)

ބަޔާންވެދިޔަ މާނައިގައި ނަމަވެސް ތަފާތު ޢިބާރާތްތަކުން އެކި ފޮތްފޮތުގައި ޔޯގާ ގެ މާނަ ލިޔުންތެރިން ގެނެސްފައިވެއެވެ. ލިޔުންތެރިންނާއި، އިސްލާމްދީނުގެ ޢިލްމުވެރިންގެ އިތުރުން ބުޑިސްޓުންގެ ފޮތްތަކުގައިވެސް ޔޯގާ އާ ބެހޭގޮތުން ދައްކާފައިވަނީ އެއްކަހަލަ ވާހަކަތަކެކެވެ.

އިންޑިޔާގެ ދީންތައް ދިރާސާ ކުރައްވާ ޢިލްމުވެރިއެއްކަމުގައިވާ ޑރ.އަޙުމަދު ޝަލާބީ ޔޯގާ އާ ބެހޭގޮތުން ވިދާޅުވެފައިވަނީ، ބުއްދާ ނުވަތަ ހިންދޫންގެ އިލާހާ ރޫހާނީގޮތުން މީހާ ގުޅާލަދޭ ގަދަފަދަ ބާރަކީ ޔޯގާ ކަމުގައި ޤަބޫލު ކުރުމަކީ ހިންދޫންގެ ޢަޤީދާއެވެ.

ޔޯގާގެ ހަރަކާތްތަކާ ޢަމަލީގޮތުން ޝާމިލްވާ ކަންތައްތަކަށް ބަލައިލަމާ ތޯއެވެ. ކުރިން ބަޔާންވެދިޔަ ފަދައިން އިލާހާ ރޫހާނީގޮތުން ގުޅާލާ ގުޅާލަދިނުން ބިނާފެވައި އޮންނަނީ ހަށިގަނޑުން ކުރާ ހަރަކާތްތަކެއްގެ މައްޗަށެވެ. މި ގޮތުން ކުރެވޭ ހަރަކާތް ނުވަތަ ކަސްރަތު ގެ ތެރެއިން އެންމެ މަޝްހޫރު ވެފައިވަނީ “ސުރްޔާ ނަމަސްކާރ” (އިރަށް ކުރުނީސްވުން) މި ޔޯގާއެވެ. ސަންސްކްރިތް (ދެކުނު އިންޑިޔާގައި ބޭނުންކުރެވޭ ބަހުރުވައެއް) ބަހުރުވައި މާނަކޮށްފައިވާ ގޮތުން މި ޔޯގާއަކީ ހަށިގަނޑުގެ އަށް ބައިން އިރަށް ޖެހޭ ސަޖިދައެއް ކަމުގައެވެ. ހަށިގަނޑުގެ އެ ބައި ތަކަކީ .)

ހަށިގަނޑުގެ އެބައިތަކަކީ؛ ދެފައިތިލަ، ދެކަކޫ، ދެއަތް، އުރަމަތި އަދި ނިތްކުރިއެވެ.

ޔޯގާ ހެދުމަށްޓަކައި އެންމެ އެކަށޭނެ ގޮތްކަމުގައި ވަނީ، ބަރަހާނާކޮށް ހުރެ ޚާއްސަކޮށް މޭމައްޗާއި ކަނދުރާއާއި ބުރަކަށި ހާމަކޮށް ކަޝްފުވެފައި އޮތުމާއެކު އިރު އަރާ ވަގުތާއި އިރު އޮއްސޭ ވަގުތުގައި، މޫނު އިރާދިމާލަށް ބަހައްޓައި ޔޯގާގެ ހަރަކާތްތައް ކުރުންކަމުގައެވެ. މިފަދަ ޔޯގާއެއްގައި މީހާގެ ނަޒަރާއި ސަމާލުކަން ހުއްޓިފައި ހުންނަޖެހޭނީ އިރުގެ އައްޔަށެވެ. އަދި މުޅި ހަށިގަނޑާއި ހިތާއި ސިކުނޑި އެކަމަށް ހުސްވެ ސަމާލުކުރުވަން ޖެހެއެވެ. އަދި އިރު ފެންނަން ނެތް ތަނެއްގައި ނުވަތަ އިމާރާތެއްގެ ތެރޭގައި ނަމަ، ފާރުގައި ނުވަތަ ކޮންމެވެސް އެފަދަ އެއްޗެއްގައި އިރު ކުރަހަންޖެހެއެވެ. ހިންދޫންގެ މީހުން ބުނާގޮތުން، ޔޯގާ ކުރާ މީހާއަކި އެމީހުންގެ ދީނަށް އީމާން ވާ މީހެކެވެ. އަދި އެމީހުންގެ އެ އީމާންކަމާ އިދިކީލި ވެވިދާނެ ކަމަށް ބިރުގަނެއެވެ. އަދި އެގޮތަށް ކުރަހާ ‘އިރުގެ’ ބަދަލުގައި ކޮންމެ ކަހަލަ އެއްޗެއް ކުރެހިކަމުގައި ވީނަމަވެސް އެއަށް މުޅިމީހާގެ ޚިޔާލާ ވިސްނުމާ ސަމާލުކަން ހުއްޓުވާލެވޭ ނަމަ އެފަދަ ކުރެހުމެއް ވެސް އެންމެ ރަނގަޅުވާނެކަމުގައި ބުނެއެވެ. އަދި ޔޯގާގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ލިބުމައްޓަކައި ‘ވެޖިޓޭރިއަން’ (ތަރުކާރީ އެކަނި ކާމީހުން) އަކަށް ވާން ޖެހެއެވެ.

މިފަދަ ޔޯގާ ހަދާއިރު ޚާއްޞަ ބަސްތަކެއް އަޑު ހަރުކޮށް ކިޔަން ޖެހެއެވެ. މިފަދަ ބަސްތަކަށް ހިންދޫން ކިޔާ އުޅެނީ ‘މަންތްރާސް’ އެވެ. މީގެ ތެރެއިންވެސް އެންމެ މަޝްހޫރު ވެފައި ވަނީ ‘ބީޖާ މަންތްރާސް’ އެވެ. އޭގެ ބައެއް ބަސްތައް މިތާ ނަކަލުކޮށްލާނަމެވެ؛ “ހްރަމް، ހްރީމް، ހްރައިމް، ހްރައުމް، ހަރަ. މިނޫން ބައެއް އަޑުތައްވެސް ޔޯގާގައި ތަކުރާރު ކުރެއެވެ. އޭގެ ތެރޭގައި؛ “އައުމް ނުވަތަ އޯމް” ހިމެނެއެވެ. ހަމަމިއާއެކު އިރަށް ކިޔާ ބާރަ ނަމެއް ތަކުރާކުކޮށް ކިޔަންޖެހެއެވެ. އެހެނީ މިކަމަކީ ޔޯގާގެ އެންމެ މުހިންމު އެއްބައެވެ. މިގޮތުން އިރަށް ކިޔާ އުޅޭ ނަންތަކަކީ؛ “ރަފަނަމާ” (މާނައަކީ: އަހަރެންގެ ކަނދުރާ ތިބާއަށްޓަކައި ތިރިކޮށްލަމެވެ. އޭ އެންމެންގެ ހަމްދު ލިބޭ ފަރާތާއެވެ.) ، “ސްރްޔާނަމާ” (މާނައަކީ: އަހަރެންގެ ކަނދުރާ ތިބާއަށްޓަކައި ތިރިކޮށްލަމެވެ. އޭ އެންމެންގެ ސީދާމަގު ދައްކަވާ ފަރާތާއެވެ.) ، “ބަހާނަފިނަމާ” (މާނައަކީ: އަހަރެންގެ ކަނދުރާ ތިބާއަށްޓަކައި ތިރިކޮށްލަމެވެ. އޭ އެންމެ ރިވެތި ފަރާތާއެވެ.)، “ސަފީތަރްނަމާ” (މާނައަކީ : އަހަރެންގެ ކަނދުރާ ތިބާއަށްޓަކައި ތިރިކޮށްލަމެވެ. އޭ އެންމެ މަތިވެރި ހަޔާތުގެ ވެރިއާއެވެ.) މި ބަސްތައް މިގޮތަށް ތަކުރާރުކުރުމުގައި ނުހަނު ބޮޑެތި ފައިދާ ވާކަަމަށް ހިންދޫން ޤަބޫލުކުރެއެވެ.

އާދަކޮށް ޔޯގާ ހަދާ މީހަކު ކިޔައިދިނެވެ. ތިމަން މެންދަމުން އަލިވެ 3 ބައިގައި ހޭލުމަށްފަހު ޔޯގާގެ އެންމެ މުހިންމު އަޅުކަން އަދާކުރާ ގަޑި ހެނދުނު 6 ގަޑި 15 ޔާ ހަމައަށް އެކަމުގައި ދެމިހުންނަމެވެ. އަދި ހަވީރު 6 ން 6 ބައި ވަންދެންވެސް ޔޯގާ ހެދުމުގައި ދެމިހުންނަމެވެ.

އެހެންކަމުން އޭނާއަށް ގަޑިއިރެއްގެ ތިންބައިކުޅަ އެއްބައި ކޮންމެ ދުވަހަކު ޔޯގާ ހެދުމުގައި ހޭދަވެއެވެ. އަދި އެއަށްވުރެ ގިނަ ވަގުތު އެކަމުގައި ހޭދަކުރާ މީހުންވެސް އުޅެއެވެ. އެމީހުން ބުނާގޮތުން ގިނަވަގުތު އެކަމުގައި ހޭދަވި ވަރެއް އެމީހުންނަށް ފައިދާ ބޮޑުވެއެވެ.

(ނުނިމޭ)

9 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Exercise cannt b for one religious. Indians use their own name for it does nt mean Muslims r not allowed to use it in positive way.. If think in mind it’s nt harmful to do exercise.

  2. india ge bodhuvazeeru vanee UN membaru qaumuthaka yoga dhuvahe faahagakuran govaalaafai Hindhoonge mi alhukan ishthiharukuran vegeneenakurakame

  3. ތުރުކީ އާއި ސޫރިޔާގެ ބައެއް މިސްކިތްތަކަކީ ކުރީގެ ކްރިސްޓިއަން ފައްޅިތަކެވެ. އެތަންތަނުގައި އީސާގެ ފާނަށް އަޅުކަން ކޮށްއުޅުނެވެ. ތާރީހީ ނިޒަރަކުން އެތަންތަނުގެ އަސްލަށް ބަލައި އެތަންތަން މިސްކިތައް ހަދައިގެން ނަމާދު ކުރަންވާނެތޯއެވެ؟ ޔޯގާއޭ ކިޔައިގެން ތިދެކެވެނީ މިފަދަ ވާހަކައެކެވެ.

  4. Yoga mee hama hindinge alhukamai vatharuge kasrathe, egotha gudhuve harkathake mikuranee

  5. ALifutha mee hama fakaa roonaedhur, bala kanesaa falhi thakugaives namaadhu kurun hudha, adhi ethnan miskithaka badhal veema eei miskithe!

  6. އިންސާނުންނަށް ލިބިފައިވާ އެންމެ ބޮޑު ހައްޤަކީ ﷲ އަޅުކަން ކުރުމުގެ ހައްޤު މިހައްޤުގެ ވާހަކަ ނުދައްކާ މުޅިންވެސް އެހެން ކޫއްސުނި ވާހަކަތަކެއް މިދައްކަނީ އިންސާނުންގެ ހައްޤޭ ކިޔާއިގެން، ﷲ އެއްކައުވަންތަ ކޮށް އެކަލާގެޔަށް އަޅުކަން ހާލިސް ކުރަންވީ ނުންތޯ؟ އިންސާނުން އުފެއްދެވި މަޤުސަދަކީވެސް ހަމައެކަނި ﷲ އަޅުކަންކުރަން، ރައްބު ވަންތަކަމާއި، އިލާހު ވަންތަ ކަމާއި، އެކަލާގެ ނަްފުޅުތަކާއި ސިފަ ފުޅުތަކުގައި އެއްކައުވަންތަ ކުރުމަކީ ހަޤީޤި އިންސާނުން ދުނިޔޭގައި ލެއްވި މަޤުސަދު!

  7. ދީނުގައި ކަންއޮންނަ ގޮތް ބުނެދެވެނީ ނޭގޭމީހުންނަށް ރަގަޅުގޮތާއި ރަގަޅުނޫންގޮތް ސާފްކޮށް ދިނުމަށްޓަކައި. މިލިޔުމުގައި އެވާ މަޢްލޫމާތަކީ ތައުޙީދުގެ އަސާސް ތަކާއި ވ. ބޮޑަށް ގުޅިފައިވާ މުހިންމު މަޢްލޫމާތު ތަކެއް. ވީމާ ތައުޙީދު އެއީކޯޗެއްކަން ދަންނަމީހުން (ބައިދަވޭ، އެއްބުރުން ސުވަރުގެ ދާން ބޭނުންނަމަ ތައުޙީދު އެގުން ލާޒިމް!!) މިކަހަލަ ކޮންމެ މަޢްލޫމާތެއް ޝުކުރުވެރިކަމާއެކު ބަލައިގަންނާނެ. ޑިމޮކްރެސީގެ ލޯބިވެރީން ފަހަރެއްގަ ބުނެފާނެ ….. ތިމަންނަ ނަރަކަޔަށް ދިޔައިމަ ކަލެޔަށް ކީތްހޭ؟!!

  8. hurihaaves ehchakee hitheve.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!