“ވުޟޫގެ ގުނަވަންތައް އެއްފަހަރު ދޮވެގެން ވެސް ވުޟޫ ސައްޙަވާނެ”: ޝެއިޚް ސަމީރު

“ވުޟޫގެ ގުނަވަންތައް އެއްފަހަރު ދޮވެގެން ވެސް ވުޟޫ ސައްޙަވާނެ”ކަމަށް ޝެއިޚް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މާލޭގައި ފެނަށްޖެހި ފެނުގެ ދަތިކަން ކުރިމަތިވެފައިވާ ދުވަސްވަރެއްގައި ފެނާއި ވުޟޫ ކުރުމާއި ގުޅުންހުރި މައްސަލަތަކަށް ފޭސްބުކްގައި ޖަވާބު ދެއްވަމުން ޝެއިޚް ސަމީރު ލިޔުއްވާފައިވަނީ “ވުޟޫގެ ގުނަވަންތައް އެއް ފަހަރު ދޮވެގެން ވެސް ވުޟޫ ސައްޙަ ވާނެ”ކަމަށާއި “އެކަމަށް ސުންނަތުން ދަލޫ ލިބޭ”ކަމަށެވެ.

މީގެ އިތުރުން އިސްޓާކީނުގައި ފެންފުހުން ނުވަތަ ޚުއްފުގައި ފެންފޮހުމާއި ބެހޭގޮތުންވެސް ޝެއިޚް ސަމީރުވަނީ ލިޔުއްވާފައެވެ. “ވުޟޫ ކޮށްގެން އިސްޓާކީނު ލައްވާފައި ހުރިނަމަ ދެން ވުޟޫ ގެއްލިގެން ވުޟޫ ކުރަން ޖެހޭއިރު ފައި ދޮވުމުގެ ބަދަލުގައި އިސްޓާކީނުގައި ފެން ފޮހެވޭނެ.” ކަމަށް ޝެއިޚް ވިދާޅުވިއެވެ.

މީގެ އިތުރުން ފުރަތަމަ ވުޟޫ ގެއްލިގެން ފުހޭ ވަގުތުން ފެށިގެން ރަށުގައި ހުންނަ މީހަކަށް ރެޔަކާއި ދުވާލު އަދި ދަތުރުވެރިޔަކަށް 3 ރޭ 3 ދުވާލު އިސްޓާކީނުގައި ފެން ފުހެވޭނެ”ކަމަށްވެސް ޝެއިޚް ސަމީރު ލިޔުއްވާފައިވެއެވެ.

ފެނަށް ޖެހިފައިވާ މިދަނޑިވަޅުގައި ދީނީ ގޮތުން ކުރިމަތިވާ މިފަދަ މައްސަލަތަކަށް ގިނަ ބަޔަކު ދަނީ ޢިލްމުވެރިންނާއި ސުވާލު ކުރަމުންނެވެ.

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. އަޅުގަނޑު ހިތައްއާރާ ވުޟޫކުރަނީ ތާހިވާން ބާވައޭ!ސަ ބަބަކީ ފޮޑިއެއް ޖެހުނީމަ އަތްތިލަ ފަދަ ގުނަވައް ތަކައް ވުރެ! ހަޑވާނި އެ ނިކުތްތަން ކަމުގަ ފެންނާތި! އެކަމަކު މިސްކިތުގަ އިނދެ އެފަދަ ކަމެއް ވީމަފެނޭ! ދުވެފަގޮސް އެތަންނޫން އެހެން ހުރިހާތަނެއް ދޮންނާތި!

  2. މި އޮތް މާސިންގާ ކަނޑަކީވެސް ވުޟޫޢު ސައްޙަވާ ފެނެއް ނޫންތޯ؟ ކޮންމެ މިސްކިތަކަށްވެސް ކަނޑުގެ ލޮނުގެ ގަނޑުގެ ލެވެލަށް ވުރެ އަޑީން ގާތްގަނޑަކަށް 60 ފޫޓް އަޑީން ފެންނެގޭގޮތަށް ފެންވައިރު ކޮށްފިއްޔާ ފެނަށް ޖެހޭކަން ނުޖެހޭނެ ކަމަށް ފެނޭ ވައްﷲ އައުލަމް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!