‘އިސްލާމްދީނާއި މީޑިއާ’ ދަރުސް މިރޭ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން އިންތިޒާމްކޮށްގެން ބާއްވާ ‘އިސްލާމްދީނާއި މީޑިއާ’ ދަރުސް މިރޭ އޮންނާނެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައެވެ. މިދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އަލީ ޒާހިރު އަބްދުލް މަންނާނުއެވެ.

މިރޭގެ ދަރުސް ލައިވް ކުރުމުގެ މަސައްކަތް ރޭޑިއޯ އެޓޯލްއިން ކުރަމުން އަންނަ ކަމުގައި އެފަރާތުން ހާމަކުރެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!