“އެންމެ ހެޔޮ ކޮއްތު” ދަރުސް ކެންސަލްވެއްޖެ

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަމިއްޔަތުއް ސަލަފްގެ “އެންމެ ހެޔޮ ކޮއްތު” ދަރުސް ވިއްސާރަވުމުގެ ސަބަބުން ކެންސަލް ވެއްޖެއެވެ.

ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ކުރައްވާފައިވާ ޓުވީޓެއްގައިވަނީ ވިއްސާރަވުމުގެ ސަބަބުން ހުކުރުދުވަހުގެރޭ (މިރޭ) ބޭއްވުމަށް ހަމަޖެއްސި ދަރުސް ކެންސަލްވެއްޖެ ކަމަށެވެ.

“އެންމެ ހެޔޮ ކޮއްތު” ދަރުސް ދެއްވަން ހަމަޖެހިފައިވަނީ އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!