“ޞަޙާބީންގެ އަޚްލާޤު” ގެ ނަމުގައި ބާއްވާ ދަރުސް ހޮނިހިރު ރޭ

“ޞަޙާބީންގެ އަޚްލާޤު” ގެ ނަމުގައި ބާއްވާ ދަރުސް ހޮނިހިރު ދުވަހުގެ ރޭ އޮންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އިންތިޒާމުކޮށްގެން “ޞަޙާބީންގެ އަޚްލާޤު” ދަރުސްގައި ދަރުސް ދެއްވާނީ އައްޝައިޚް ޢަބްދުލް ޢަޒީޒް ޙުޞައިންއެވެ. ދަރުސް އޮންނާނީ 27 ސެޕްޓެމްބަރ ވާ ހޮނިހިރު ރޭ 8:45 ގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.

މިދަރުސް އަކީ މިދިޔަ ހަފްތާގައި ބާއްވަން އިއުލާންކޮށް ކެންސަލްކުރި ދަރުސްއެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.

މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން ދެއްވުމަށް އިސްލާމިކް މިނިސްޓްރީއިން އެދެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!