ދޮންކޭލުގެ ބައެއް ސިއްރުތަކާއި ޙަޤީޤަތް ( 2 )

  • އަސްލު ދޮންކޭލާއި ބަދަލު ގެނެވިފައިވާ ދޮންކެޔޮ

ދޮންކޭލަކީ ހަމަ އެކަނި ނިރުން ފަޅާ ބާވަތަކަށް ބަދަލުކޮށް ދޮންކެޔޮ އާއިލާގެ ހުރިހާ ބާވަތެއްގެ ގަހުގެ ޖެނެޓިކްސް މާ ބޮޑަށް އެއްގޮތް ކުރުމުން މިބާވަތުގެ ގަހަކަށް ނުރައްކާތެރި ބައްޔެއް ޖެހިއްޖެ ނަމަ މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ހުރިހާ ދޮންކެޔޮ ގަހަކަށް ފެތުރި ދުނިޔެއިން ދޮންކެޔޮ ނެތިދާނެ ކަމަށް ސައިންސް ވެރިން ލަފާ ކުރައްވައެވެ.

ޢާއްމުކޮށް އިންސާނުން ކެއުމަށް ބޭނުންކުރާ ދޮންކޭލަކީ ކެވެންޑިސް ނަމަކަށް ކިޔާ ބާވަތެއްގެ ދޮންކޭލެކެވެ. ޖަންގަލީގައި ހެދޭ އަސްލު ދޮންކޭލުގައި އެއިން ގަސްފަޅާ ބޮޑެތި އޮށް ހުރެއެވެ. މީގެ އޮށް އަސޭމިރުހަކަށްވުރެ ބޮޑުވެފައި ޢަޞުރުމާ އޮށެއްވަރު ވެއެވެ. މީގެ އިތުރުން ދޮންކެޔޮ ގަހަކީ ލަކުޑި އަށް ނުވާ ބާވަތުގެ ގަސްތަކުގެ ތެރެއިން މާ އަޅާ އެންމެ ބިޔަ ގަހެވެ.

ދޮންކޭލުގެ އޮށް

ދޮންކޭލުގެ އޮށް

ދޮންކެޔޮ ތޮށި ގައިގައި އުނގުޅުމުން މަދިރި ބިރުގަނެއެވެ. ނަވަތަ ދޮންކެޔޮ ގައިގައި އުނގުޅުމުން މަދިރި އެމީހަކާ ގަޔާނުވާތީ އެފަދަ މީހެއްގެ ގައިން ލޭ ނުބޮއެވެ. އެހެނަސް ދޮންކެޔޮ ކައިގެން ހުންނަ މީހެއްގެ ގައިން މަދިރިއަށް މާ މީރު ވަސްދުވާތީ ދޮންކެޔޮ ކާމީހުންނާ މަދިރި މާ ދޯޅު ކަމަށް ވެއެވެ. އެހެން ކަމުން ދޮންކެޔޮ ކައިގެން ހުންނަ މީހެއްގެ ގައިން މަދިރި މާއަވަހަށް މާ ގިނައިން ލޭބޮއެވެ.

އިންސާނުން ބަދަލު ގެނެސްފައިވާ ދޮންކެޔޮ ތަކެއް

އިންސާނުން ބަދަލު ގެނެސްފައިވާ ދޮންކެޔޮ ތަކެއް

ދޮންކޭލަކީ ފަލަ މީހުން ހިކެންވެސް ވަރަށް ފައްކާ މޭވާއެކެވެ. އެއީ ދޮންކޭލުގައި ގިނަ ޢަދަދަކަށް ހުންނަ ވިޓަމިންސްގެ ސަބަބުންނެވެ. ދޮންކޭލުގެ ތޮށީގެ އެތެރެބައި އުނގުޅުމުން ބައެއް ކަހަލަ ހަމުގެ ބަލިތައް ފަސޭހަ ވާއިރު މިއީ ޤުދުރަތީ ފަރުވާއެއް ކަމުން މިއިން ގޯހެއް ވުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. މީގެ އިތުރުން ދޮންކޭލުގެ ތޮށީގެ އެތެރެބައި ބޭނުން ކޮށްގެން ދަތް އުނގުޅުމުން ދަތްޕިލާ ވަރަށް ބޮޑަށް ހުދުވެ ރީތިވެއެވެ.
( ނުނިމޭ )

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ކިހިނެތް ލިޔެފަ މިއޮތީ؟؟؟؟؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!