• އަސްލު ދޮންކޭލާއި ބަދަލު ގެނެވިފައިވާ ދޮންކެޔޮ

ދޮންކޭލުގެ ބައެއް ސިއްރުތަކާއި ޙަޤީޤަތް ( 1 )

ދޮންކޭލަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލު މޭވާއެކެވެ. މި މޭވާ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ލިބޭ އެންމެ މީރު އެއް މޭވާއެވެ. އެހެން ކަމުން ކޮންމެ އަހަރަކު 10 ބިލިޔަނަށް ވުރެ ގިނަ ދޮންކެޔޮ މުޅި ދުނިޔޭގައި ކައެވެ.

ދޮންކޭލަކީ ރޭޑިޔޯ އެކްޓިވް މާއްދާއެއް އެކުލެވިގެންވާ މޭވާ އަކަށް ވުމުން ދޮންކެޔޮ ކެއުމުން ހަށިގަނޑަށް ވަދެނުކުމެވާ އެކި ބާވަތުގެ ބީރައްޓެހި ބައެއް ރޭޑިއޭޝަން ތަކުން އިންސާނާގެ ހަށިގަނޑު ސަލާމަތް ކޮށްދެއެވެ. ދޮންކޭލަކީ ރޭޑިޔޯ އެކްޓިވް މޭވާއެއް ކަމަށް ސައިންސްވެރިން ބުނަނީ ދޮންކޭލުގައި ރޭޑިޔޯ އެކްޓިވް މާއްދާއެއް ކަމަށްވާ ޕޮޓޭސިއަމް – 40 ގިނަ ޢަދަދަކަށް ހުންނާތީއެވެ.

ޖަންގައްޔެއްގައި ހެދިފައިވާ އަސްލު ދޮންކެޔޮ ގަހެއް

ޖަންގައްޔެއްގައި ހެދިފައިވާ އަސްލު ދޮންކެޔޮ ގަހެއް

ދޮންކޭލަކީ އޭގެ އަސްލުގައި އޮށުންނާއި ނިރުންވެސް ގަސްފަޅައި ހެދޭ ބާވަތެކެވެ. އެހެން ނަމަވެސް ދޮންކޭލުގެ ޖެނެޓިކްސް ( ނަސްލަށް ) އިންސާނުން ގެނައި ބަދަލުތަކެއްގެ ސަބަބުން އޭގެ އޮށުން ވަނީ ގަސް ނުފަޅާ ގޮތަށް ބަދަލުކުރެވި ދޮންކޭލުގެ އޮށުގެ ސައިޒް ވަރަށް ބޮޑަށް ކުޑަކޮށްލެވިފައެވެ. އިންސާނުން ގެނައި މި ބަދަލު ތަކާއި އެކު އޮށުން ގަސް ނުފަޅާގޮތްވެ ހަމައެކަނި ނިރުން ގަސްފަޅާ ގޮތަށް ހެދުމުން ދޮންކެޔޮ ޢާއިލާ އަކީ އޭގެ ޖެނެޓިކްސް ނުވަތަ ނަސްލު ވަރަށް އެއްގޮތް ބާވަތަށް ވަނީ ވެފައެވެ.

ޖަންގަލީގައި ހެދޭ އަސްލު ދޮންކޭލުގެ އޮށް ހުންނަ ގޮތް ( މީގެ ކޮންމެ އޮށަކުން ގަހެއް ފަޅައެވެ )

ޖަންގަލީގައި ހެދޭ އަސްލު ދޮންކޭލުގެ އޮށް ހުންނަ ގޮތް ( މީގެ ކޮންމެ އޮށަކުން ގަހެއް ފަޅައެވެ )

ދޮންކޭލަކީ ހަމަ އެކަނި ގަހުގެ ނިރުން ފަޅާ ބާވަތަކަށް ބަދަލުކޮށް ދޮންކެޔޮ އާއިލާގެ ހުރިހާ ބާވަތެއްގެ ގަހުގެ ޖެނެޓިކްސް މާ ބޮޑަށް އެއްގޮތް ކުރުމުން މިބާވަތުގެ ގަހަކަށް ނުރައްކާތެރި ބައްޔެއް ޖެހިއްޖެ ނަމަ މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ހުރިހާ ދޮންކެޔޮ ގަސްތަކަށް ފެތުރި ދުނިޔެއިން ނަސްލަށް ބަދަލު ގެނެވުނު ދޮންކެޔޮ ނެތިދާނެ ކަމަށް ސައިންސް ވެރިން ލަފާ ކުރައްވައެވެ.

( ނުނިމޭ )

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ދޮންކޭލަކީ ވަރަށް މީރު މޭވާއެއް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!