އިރުގެ އަލިން ސިއްޙަތައް ކުރާ 5 ފައިދާއެއް

 

އަވިން ރައްކާތެރި ކުރާ ލޯޝަނެއް ބޭނުން ނުކޮށް، މާ ގިނަވަގުތު އަވީގައި ހޭދަކުރުމަކީ ހަމުގެ ކެންސަރަ މަގުފަހިވާ ކަމެކެވެ. ނަމަވެސް އިރުގެ ދޯދި ތަކަކީ ހަށިގަނޑުގެ ވަގުތަށާއި، މޫޑަށާއި އަދި ތިބާގެ ސިއްޙަތައް މުޙިއްމު އެއްޗެކެވެ.

1- އިރުގެ އަލީގެ ސަބަބުން ހެނދުނު ހޭލުމަށާއި ރޭގަނޑު ނިދުމަށް ފަސޭހަ ވެއެވެ.

ހަށިގަނޑުގެ ވަގުތާއި ބެހޭ ދިރާސާތަކުން އެނގޭ ގޮތުގައި ގަޑި ތަފާތުވާ ޒޯންތަކަށް ހޭނުމަށްޓަކައި، ހެނދުނުގެ ރަނގަޅު ވަގުތުގައި އަތްވަށް ނުކުތުމަކީ ރަނގަޅު ގޮތެކެވެ. ހެނދުނު ލިބޭ އަވިން/އިރުގެ ދޯދިތައް ގަޔަށް އެޅުމުން ދޭހަވަނީ އެއީ ދުވާލުގެ ވަގުތުކަމާއި “މެލަޓޮނިން” ހޯމޯން އުފެއްދުން ހުއްޓުވުމަށް ސިކުޑިއަށް ސިގްނަލް ފޮނުވައި ދިނުމެވެ. އަދި ރޭގަނޑުވެ ނިދަންވުމުން މި ހޯމޯން އުފެއްދުމަށް ސިކުޑިއަށް ސިގްނަލް ފޮނުވައި ދިނުމެވެ.

2- ހެނދުނު އަވީގައި އުޅުމުން ބަރުދަން ލުއިވުމަށް އެހީވެދެއެވެ.

ފަހުގެ ދިރާސާއަކުން އެނގޭގޮތުގައި، ދުވަހުގެ ކުރީކޮޅު އިރުގެއަވި ލިބޭ ބޮޑެތިމީހުންގެ ބަރުދަން ލުއިވެއެވެ. ރަނގަޅު ނިންޖެއް ނިދުމަށްވެސް ހެނދުނުގަޑީގެ އަލި ބޭނުންވެއެވެ. ފުރިހަމަ ނިދި ލިބުމުން ބަރުދަން ލުއިކުރުމަށް ފަސޭހައަކަށް ވެއެވެ.

3- ފިނިމޫސުމުގެ ފިނިކަމާއި ހަނގުރާމަ ކުރުމަށް އަވި ބޭނުންވެއެވެ.

ފިނިމޫސުމުގެ ދިގު ރޭގަނޑުގެ ސަބަބުން ލިބޭ ވަރުބަލިކަމާއި ބަލިމަޑުކަމަށް އޮތް އެންމެ އާންމު އަދި ރަނގަޅު އެއް ފަރުވާ އަކީ ގުދުރަތީ ގޮތުން ލިބޭ އައްޔެވެ. ސައިކޭޓްރިސްޓުން ބުނާގޮތުގައި ގިނަވަގުތު އަވި ލިބި ބޭރުގައި އުޅޭމީހުންގެ ހަށިގަނޑާއި ސިކުނޑީގެ ބަލިތަކަށް ފަރުވާ ލިބިދެއެވެ.

4- އިރުގެ އަލީގެ ސަބަބުން ހަށިގަނޑުގެ ކަށިތައް ވަރުގަދަ ވެއެވެ.

މިކަމުގެ ސަބަބަކީ، އަވި ލިބުމުން ހަށިގަނޑުން ވިޓަމިން ޑީ އުފައްދައި ދޭތީއެވެ. އަދި ހަށިގަނޑަށް ކެލްސިއަމް އިތުރު ކޮށްދިނުމަށް އިރުގެ އަލިން ލިބިދޭ ވިޓަމިން އެހީވެދެއެވެ. ކެލްސިއަމް އަކީ ކަށިތަށް ވަރުގަދަ ކުރުމަށް ވަރަށް މުހިއްމު މާއްދާއެކެވެ. ހަމަށް އިރުގެ އަލި އެޅުމުން، ކޮލެސްޓްރޯލް އިން ވިޓަމިން ޑީ އުފައްދަން ފަށައެވެ.

5- އަވިން ލިބޭ ވިޓަމިން އަކީ، ކެންސަރު ޖެހުން ހުއްޓުވުމަށް ސަލާމަތެކެވެ.

ބައެއް ދިރާސާ ތަކުން ދައްކާ ގޮތުގައި އަވިން ލިބޭ ވިޓަމިންގެ ސަބަބުން އުރަމަތީގެ އަދި ޕުރޮސްޓޭޓް (ބުލެޑާ ތިރީގަ އިންނަ ގްލޭންޑެއް) ކެންސަރާއި، ހިތުގެ ބައްޔާއި އަދި އެހެނިހެން ބަލިތަކުން ސަލާމަތް ކޮށްދެއެވެ. ވިޓަމިން ޑީ މަދުވުމުގެެ ސަބަބުން ކަށިތަށް އައިބުވެ ކިޑުނީ މައްސަލަތައް ޖެހެއެވެ.

 

ކޮންމެ ދުވަހަކުވެސް އިރުގެ އަވި ލިބޭތޯ ބަލާށެވެ. އަލި ހަންގަނޑަކަށް ނަމަ 15 މިނެޓް، އަނދިރި ހަންގަނޑެއްނަމަ 20 މިނެޓެވެ. އެއީ ކަޅު ހަންގަނޑެއް ނަމަ މެލަނިން (ހަން ކަޅުކޮށްދޭ މާއްދާ) އަށް ވިޓަމިން އުފެއްދުމަށް އުނދަގޫ ވާނެތީއެވެ. ނަމަވެސް ބައި ގަޑިއިރަށް ވުރެއް ގިނައިން އަވީގައި އުޅޭނަމަ ރަނގަޅީ ރައްކާތެރިކަމުގެ އެއްޗެއް ބޭނުން ކުރުމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!