ތުރުކީއަށް ފަރުވާއަށް ގެނައި ޣައްޒާގެ ޒަހަމުވެފައިވާ މީހުންނަށް ޢުރުދުޣާން ޒިޔާރަތް ކުރައްވައި ހާލުބައްލަވައިފި

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި ޒަހަމުވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ތުރުކީއަށް ގެނައި ޒަހަމުވެފައިވާ މީހުންނާ ތުރުކީގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ރަޖަބު ޠައްޔުބު ޢުރުދުޣާން ޒިޔާރަތް ކުރައްވައި ހާލު ބައްލައިފިއެވެ.

ތުރުކީގެ ވެރި ރަށް އަންކާރާ ޔެނިމަހާލާ ހަސްފަތާލަށް ކުރެއްވި ދެ ގަޑިއިރުގެ ޒިޔާރަތުގައި ޢުރުދުޣާން ވަނީ 20 މީހެއްގެ ގާތަށް ޒިޔާރަތް ކުރެއްވިއެވެ. އޭގެތެރޭގައި ފަސް ކުޑަ ކުދިންވެސް ހިމެނެއެވެ.

އަންކާރާގެ 4 ހަސްފަތާލެއްގައި ޣައްޒާގެ ޙަމަލާތަކުގައި ޒަހަމުވެފައިވާ  27 މީހުންނަށް ދަނީ ފަރުވަ ދެމުންނެވެ. އޭގެތެރެއިން އެންމެ ގިނަ މީހުންނަށް ފަރުވާ ދެމުން ގެންދަނީ ޔެނިމަހާލާ ހަސްފަތާލުގައެވެ.

ތުރުކީއިން ދަނީ ޣައްޒާގެ ހާލުގައި ޖެހިފައިވާ ފަރާތްކށް އެހީތެރިކަން ފޮރުކޮށްދެމުންނެވެ. އެގެތުން އިސްރާއީލު އިންސާނިއްޔަތާ ޚިލާފު ޙަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ މޯބައިލް ގެތަކާއި، ކާނާއާއި ބޯފެނާއި ސިއްޙީ އެހެނިހެން ވަސީލަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. ތުރުކީއަކީ މިހަނގުރާމައިގައި ޣައްޒާއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމެވެ.

ޢުރުދުޣާން އަކީ އިސްރާއީލަށް އެންމެ ބޮޑަށް ފާޑު ކިޔަމުންދާ އެއް ލީޑަރެވެ. ޢުރުދުޣާންވަނީ އިސްރާއީލުން ބައިނަލްޢަޤުވާމީ ޢާއްމު ޤާނޫނުތަކާ ޚިލާފަށް ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކަށް ފިޔަވަޅު ނާޅާތީ ބައިނަލްޢަޤުވާމީ ދުނިޔެއަށްވެސް ފަޑުވިދާޅުވެފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!