• ޣައްޒާގެ ކޫޒާ އަވަށުގައި ޔަހޫދީން ހިންގާފައިވާ ޤަޠުލު ޢާއްމެއްގައި ފާޚާނާއެއްގެ ތެރޭގައި އަންދާލާފައިވާ ބަޔަކު

ޣައްޒާގެ ޢާއިލާއެއް ކަތިލުމަށްފަހު އަންދާލާފައި ވަނިކޮށް ފެނިއްޖެ

ޔަހޫދީ ޒަޔަނިސްޓް އިޒްރާއީލަކީ އަނިޔާވެރި ކަމުގައި ޙައްދުފަހަނަ އަޅާފައިވާ ބަޔެއްކަން މުޅި ދުނިޔެއަށް ހާމަވީ ނަމަވެސް ޔަހޫދީންގެ ކޮންމެ ނުބައި ޢަމަލެއް ފޮރުވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ޔަހޫދީ މީޑިޔާ ތަކުން މިފަހަރު ކިޔާނީ ކީކޭބާއެވެ. އިޒްރޭލުގެ ޔަހޫދީ އަނިޔާވެރިން ފަލަސްޠީނުގައި ހިންގި ޤަޠުލު ޢާއްމަކީ އަމިއްލަ ދިފާޢުގައި ހިންގި ޖަރީމާއެއް ކަމަށް މުޅި ދުނިޔެއަށް ދެއްކުމަށް އެމެރިކާގެ ރައީސް އޮބާމާއާއި ޔަހޫދީ މީޑިޔާ ތަކުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ޔަހޫދީންނަށް ހަމްދަރުދީ ހޯދައިދިނުމަށް އޮބާމާ އާއި ޔަހޫދީ މީީޑިޔާ ތަކުން ކުޅެމުން ގެންދިޔަ ރޯލު މިހާރުވަނީ ފަނުފުލުން ލާންފަށާފައެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ އިތުރުން ޚުދު ޔަހޫދީންގެ ތެރޭގައި ވެސް ތިބި އިންސާނިއްޔަތު ކަން ހުރި ފަރާތްތަކުން ގެންދަނީ ޒަޔަނިސްޓުންގެ އަނިޔާވެރި ޢަމަލުތައް ކެނޑިނޭޅި ކުއްވެރި ކުރަމުންނެވެ.

ޔަހޫދީން ހިންގަމުން ގެންދިޔަ ޤަޠުލުޢާއްމު ފަސް ދުވަހަށް މެދުކަނޑާލުމުން ޣައްޒާގެ ރައްޔިތުން އަވަސްވެގަތީ އެބައިމީހުންގެ ޢާއިލާއާއި ރައްޓެހިން ދިރިތިއްބާ ނުވަތަ މަރުވެފައި ވަނިކޮށްވެސް ފެނޭތޯ ބެލުމަށެވެ. މި މަސައްކަތުގެ ތެރޭގައި ޔަހޫދީ ޤާޠިލުންގެ އަތުން ޝަހީދު ކޮށްލާފައިވާ އެތައް ބައެއްގެ ހަށިގަނޑުން ވަނީ އާދަޔާ ޚިލާފު ބޮޑެތި އަނިޔާތައް ދީފައިވާ ކަމުގެ ނިޝާންތައް ފެނިފައެވެ. ޢާއްމުން ދިރިެުޅޭ ގެދޮރު ސުންނާފަތި ކުރުމަށް އެމެރިކާއިން ހިލޭދިން ބޮންތަކުގެ ތެރެއަށްވެސް މޮހޮރު އަޅައިގެން ވީހާވެސް ގިނަ ބަޔަކު މަރާލުމަށް އަމާޒު ކޮށްފައިވާއިރު، ސަލާމަތްވާ މަދު ކުއްޖެއްގެ ހަށިގަނޑުގައިވެސް އެތައް ސަތޭކަ ޒަޚަމެއް ހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

މީގެ އިތުރުން ޔަހޫދީ ޤާޠިލުން ވަނީ ދުނިޔޭގެ ޤާނޫނު ތަކުގައި އިންސާނުންނާ ދެކޮޅަށް ބޭނުންކުރުން މަނާކުރާ ކެމިކަލް ހަތިޔާރުވެސް ބޭނުން ކޮށްފައެވެ. ނުވިތާކަމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ބޯފެނާއި ނަރުދަމާ ފޯރުކޮށްދޭ ނިޒާމުތައް ހަލާކު ކުރުމާއި، އިޒްރޭލުން ވިއްކާ ބޯފެނުގެ ތެރެއަށާއި ފަލަސްޠީނުގެ ފެނުގެ ނިޒާމުގެ ތެރެއަށް ވިހަ އެކުލެވޭ ކެމިކަލް އެޅުންފަދަ އެތައް ޖަރީމާއެއް ހިންގާފައި ވެއެވެ. މިފަދަ ޢަމަލު ތަކުގެ ސަބަބުން އެތައް ދުވަހަކު ބަލިވެ އުޅުމަށްފަހު ޝަހީދުވާ މީހުންނަކީ ޔަހޫދީންގެ އަނިޔާއިން ޝަހީދުވީ ބައެއް ކަމުގައި ދުނިޔެއިން ނުދެކޭނެތީ މިއީ އެމީހުންނަށް މާ ކާމިޔާބު ގޮތެކެވެ.

ޔަހޫދީންގެ އަނިޔާވެރި ކަމުގައި އެތައް ބަޔަކު އެއްތަނަކަށް އަޅައިގެން ޝަހީދު ކޮށްލާފައި ވަނީ އަލަކަށް ނޫނެވެ. އެއްވެސް ހަތިޔާރެއް ސިފައިންނެއް ނެތް ޤައުމަކާއި ދުނިޔޭގެ އެންމެ މޮޅެތި ހަތިޔާރާއި އެކު ކުރިމަތި ލައިގެން ނާކާމިޔާބު ވުމުގެ ބަދަލު ހިފާލާފައި ވަނީ ގޭގޭގައި ތިބި ނިކަމެތި އަންހެނުންނާއި ކުޑަކުދީންގެ ކިބައިންނެވެ. އެގޮތުން ގަސްތުގައި އެތައްސަތޭކަ ކުޑަކުދިންނެއް މަރާލާފައި ވާއިރު، މަރުވެފައިވާ މީހުން ހޯދަމުން ގެންދިޔަ ބަޔަކަށް ވަނީ އާގަޔާ ޚިލާފު ބިރުވެރި ހިތާމަވެރި ޤަޠުލު ޢާއްމުތައް ޔަހޫދީން ހިންގާފައި ވަނިކޮށް ފެނިފައެވެ.

އެގޮތުން އިޒްރޭލުން އެންމެ ބޮޑު ޤަތުލު ޢާއްމެއް ހިންގި ޣައްޒާގެ ޙޫޒާ އަވަށުގައި ޔަހޫދީ ޓޭންކަރުތަކުން ސުންނާފަތި ކޮށްލާފައިވާ ގެއެއްގެ ފާޚާނާ ތެރޭގައި ޢާއްމުންެގެ ފަސްމީހަކު ޝަހީދު ކޮށްލާފައި ވަނީ އާދަޔާ ޚިލާފު އަނިޔާވެރި ރަޙުމު ކުޑަ ގޮތަކަށެވެ. އެންމެން އެއްކޮށް ފާޚާނާއަކަށްލައި އަނިޔާ ކޮށްގެންނާއި ބޮލަށް ބަޑި ޖެހުމުގެ އިތުރުން ދިރިތިއްބާ އަންދާލައިގެން ޝަހީދު ކޮށްލާފައިވާ އެއް އާއިލާގެ ފަސް މީހެއްގެ ހަށިގަނޑު ފެނުމަކީ މުޅި އިންސާނިއްޔަތުވެސް އެކަމަށް ލަދުވެތި ވާންޖެހޭ ވަރުގެ ޖަރީމާއެކެވެ. މިއީ ޤައުމެއްގެ ސިފައިންގެ ބަޔަކު ހިންގާފައިވާ ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް ޖަރީމާ އަކަށް ވީނަމަވެސް ހުޅަނގުގެ ބާރު ތަކުން ބުނަނީ ބަޑިއެއް ކަނޑިއެއް ނެތް ބަޔަކާއި ދެކޮޅަށް އެމީހުންގެ އަމިއްލަ ބިމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުންހަތިޔާރު ދީގެން ޔަހޫދީން ކުރަމުން ގެންދަނީ ހަނގުރާމަ ކަމަށާއި، އެއީ އަމިއްލަ ދިފާޢުގައި ކުރާ ހަނގުރާމައެއް ކަމަށެވެ. އެހެން ނަމަވެސް ހަނގުރާމަ ކިޔަނީ ހަތިޔާރާއި އާރާއި ބާރުގެ ގޮތުން އަޅާކިޔާ ދެބައެއްގެ ދެމެދުގައި ހިންގާ ތަޅާފޮޅުންތަކަށް ކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!