• އިސްލާމިކް ސްޓޭޓް

މުސްލިމުންގެ ޚިލާފަތުން ޙަޤީޤަތުގައިވެސް ބޯންދެނީ ލޭތަ؟

ފަހަކަށް އައިސް ޔަހޫދީ ސިޙްޔޫނީ މީޑިޔާ ތަކުން ފަތުރަމުން ގެންދާ ވާހަކަ ތަކުގެ އަމާޒަކަށް ހަދާފައި ވަނީ ދާދި ފަހުން އިޢުލާނު ކުރި އިސްލާމީ ޚިލާފަތުގެ އަގު އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް ވައްޓާލުމަށެވެ. އެގޮތުން އިސްލާމީ ޚިލާފަތާއި ގުޅޭގޮތުން އިސްލާމީ ދުނިޔޭގެ ބޮޑެތި ޢިލްމުވެރިންގެ ރައުޔު ހޯދުމަށް މުސްލިމުންނަށް ވުރެވެސް ބޮޑަށް ތެޅިގެންފައި ވަނީ ޔަހޫދީ ޞިޙްޔޫނީ މީޑިޔާ ތަކުންނެވެ. އެބައިމީހުން އިސްލާމީ އުއްމަތުގައި ފިތުނަ ފަސާދަ އުފައްދައި ބައިބައި ކޮށްލާ މުސްލިމު މުޖުތަމަޢު ރޫޅާލި ބީދައިން އިސްލާމީ ޚިލާފަތާއި ކުޅެލުމުގައި އަދި ވަނީ މުޅިންވެސް ނާކާމިޔާބެވެ.

ޢިރާޤާއި ޝާމްކަރައިގައި ހަނގުރާމަ ކުރަމުން ގެންދާ މުޖާހިދުން އުފެއްދި އިސްލާމީ ޚިލާފަތާއި ގުޅޭގޮތުން ތަފާތު ބުހުތާނުތައް ހުޅަނގުގެ ޔަހޫދީ މީޑިޔާ ތަކުން ގެންދަނީ ކެނޑިނޭޅި ފަތުރަމުންނެވެ. އިސްލާމީ ޚިލާފަތުގެ އަނިޔާވެރިކަމުގެ ވާހަކަ އާއި ކުޑަކުދިންނަށް ލޭބޯންދޭ ވާހަކަ އެވެ. މި ނޫނަސް މިފަދަ އެތައް ވާހަކަ ތަކެކެވެ. ޔަހޫދީ މީޑިޔާ ތަކުގެ މި ބުހުތާނުތައް ފެތުރުމުގައި ނޭނގިނަމަވެސް އިސްލާމީ ބައެއް ޤައުމު ތަކުގެ މީޑިޔާ ތައްވެސް ދަނީ ކުޅިފަސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އިސްލާމިކް ސްޓޭޓް ނުވަތަ އިސްލާމީ ޚިލާފަތުގެ ދިދަ

އިސްލާމިކް ސްޓޭޓް ނުވަތަ އިސްލާމީ ޚިލާފަތުގެ ދިދަ

ޢިރާޤާއި ޝާމް ކަރައިގައި ހަނގުރާމަ ކުރަމުން ގެންދާ މުޖާހިދުންނާއި މެދު ތަފާތު ބުހުތާނުތައް ފަތުރަމުން ގެންދާއިރު އިސްލާމީ ބަޢެއް ޢިލްމުވެރިންވެސް ވަނީ މި މައްސަލާގައި ޚިލާފަތާއި ދެކޮޅަށް ތެދުވެފައެވެ. އެފަދަ ޢިލްމުވެރިން ވިދާޅުވަނީ އިސްލާމީ ޚިލާފަތުގެ ނަމުގައި އިޢުލާނުކޮށްފައިވާ ޚިލާފަތަކީ ސައްޚަ ޚިލާފަތެއް ނޫންކަމަށާއި، އެ ޚިލާފަތަކީ ތަކްފީރީ ފިކުރެއް ކަމަށްވާ ޚަވާރިޖުންގެ އުޞޫލުތައް ދިރުވަމުން މުސްލިމުން ޤަޠުލު ކުރަމުން އަންނަ ބައެއް ކަމަށެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާގެ އިތުބާރު ހިފޭ މަޝްހޫރު ދީނީޢިލްްމުވެރިން ކަމަށްވާ އައްޝެއިޚް ތަރީފީ އާއި ޝެއިޚް ޢަބްދުﷲ އަލް ފައުޒާން ގެފުޅުގެ އުރަކޮޅުގައި އެލިގެން އޮތް ނަމަވެސް ޤަޠުލު ކުރާނެ ކަމުގެ އިންޒާރު އެ ޚިލާފަތުން ދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.މި ދެ ޭޢިލްމުވެރިންނަކީ ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަކާއި މެދުވެސް ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ދެ ޢިލްމުވެރިންނެވެ.

އިސްލާމިކް ސްޓޭޓްގެ ޚަލީފާ އަބޫބަކުރުލް ބަޣުދާދީ

އިސްލާމިކް ސްޓޭޓްގެ ޚަލީފާ އަބޫބަކުރުލް ބަޣުދާދީ

އަލަށް އުފެދުނު އިސްލާމީ ޚިލާފަތުން ޢިރާޤާއި ޝާމްކަރައިގެ ބޮޑު ބައެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައި ވާައިރު، އެމީހުންގެ އާދަޔާ ޚިލާފު މި ކުރިއެރުމަކީ ހުޅަނގުގެ ދުޝްމަނުންނާއި އެމީހުންގެ މަޅީގައި ޖެހިފައި ތިބި އިސްލާމީ ޤައުމު ތަކުގެ ބައެއް ވެރިންނަށްވެސް ކުރިމަތިވީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެކެވެ. ކާފަރުން ހަތިޔާރު ދީގެން އިސްލާމީ ޚިލާފަތާއި ހަނގުރާމަ ކުރި މީހުން ބަލިކޮށް އެބައިމީހުންގެ ހަތިޔާރުތައް ވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިގުޅައިގަނެފައެވެ. މިހާ ފަސޭހައިން މިކަން ކަން ކޮށްލާތީ އަލަށް އުފެދުނު އިސްލާމީ ޚިލާފަތަކީ ކާފަރުންގެ އެހީތެރި ކަމާއި އެކު އުފެއްދި ޚިލާފަތެއްކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ.

ކޮންމެއަކަސް އިސްލާމީ ޚިލާފަތާއި ގުޅޭގޮތުން މިހާތަނަށް ދެކެވުނު ގިނަ ވާހަކަ ތަކަކީ ދޮގު ބުހުތާނުކަން ވަނީ ދާދިފަހުން ފަޅާއަރާފައެވެ. ދުނިޔޭގެ ބޮޑެތި ހަނގުރާމަ ތަކާއި އާދަޔާ ޚިލާފު ކަންކަން ހާމަކޮށްދޭ ވައިސް ނިޔުސް އިން ވަނީ އިސްލާމީ ޚިލާފަތުގެ ހަނގުރާމައިގެ އެންމެ ފުނަށްވަދެ ކަންހުރިގޮތް އޮޅުންފިލުވައި ބަޔާން ކޮށްދީފައެވެ. އިސްލާމީ ޚިލާފަތާއި ގުޅޭގޮތުން އެމީހުން ތައްޔާރު ކޮށްފައިވާ 45 މިނެޓުގެ ޑޮކިޔުމެންޓްރީން މިކަން ސާފުވެގެން ގޮސްފައި ވެއެވެ.

އިސްލާމީ ޚިލާފަތުގެ މުޖާހިދުން

އިސްލާމީ ޚިލާފަތުގެ މުޖާހިދުން

އިސްލާމީ ޚިލާފަތުން މިހާތަނަށް ފަތަޙަ ކުރި ޝަހަރު ތަކުގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުން ޙައްޤަކާއި ނުލާ މަރަމުން ކަތިލަމުން ގެންދާ ކަމަށް ބުނާ ވާހަކަ އަށް ބަލާއިރު، އަހަރުގެ އާމްދަނީގެ ފައިދާއިން އެންމެ 2 އިންސައްތަ ޖިޒީގެ ގޮތުގައި ދެއްކުމުން މުސްލިމުންގެ ބިމުގައި އިސްލާމީ ޚިލާފަތުގެ ޙިމާޔަތާއި ރައްކާތެރި ކަމުގައި އުޅެވޭނެ އިންތިޒާމް އެ ޚިލާފަތުން ވަނީ ހަމަޖައްސައިދީފައެވެ. މިގޮތަށް ރުހުނު ގިނަ ކްރިސްޓިއަނުން މިހާރުވެސް އިސްލާމީ ޚިލާފަތުގެ ދަށުގައި ޝާމުގެ ބިމުގައި ދިރިއުޅެމުން ގެންދެއެވެ. މި އުޞޫލުން މިހާރުވެސް އަމިއްލަ އަށް ފަރުބަދައަކަށް އަރައި ޙިޞޯރުވެގެންތިބި ކާފަރުންނަށްވެސް ޙިމާޔަތާއި ރައްކާތެރިކަން ދޭނެ ކަމަށް ޚިލާފަތުން އިޢުލާނު ކޮށްފައި ވާއިރު، އެތަނުގައި ތާށިވެފައި ތިބެގެން އަމިއްލަ ޅަ ދަރިންނަށް ލޭބޯން ދިނުމުގައި އިހުމާލުވަނީ ކޮންބައެއްތޯއެވެ؟

އިސްލާމީ ޚިލާފަތުން ފުރިހަމައަށް އިސްލާމީ ޝަރީޢަތް ޤާއިމުކޮށް އެ ޝަރީޢަތާއި އެއްގޮތަށް ޙުކުމް ކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަކީ ވެސް އެ ދާއިރާއަކުން ޝަރުޢީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ފަނޑިޔާރުންނެވެ. އަދި ކުށްތަކަށް އަރައިގަންނަ މީހުންނަށް ދޭ އަދަބާއި މެދު ކުއްވެރިންވެސް އުފާކުރާއިރު މި މީހުންނަށް ހިންގޭ ރިހެބިލިޓޭޝަން ޕްރޮގްރާމަކީވެސް ފާހަގަ ކޮށްލެވޭ ޕްރޮގުރާމެކެވެ.

އިސްލާމީ ޚިލާފަތާއި ގުޅޭގޮތުން ވައިސް ނިޔުސްއިން އުފެއްދި ޑޮކިޔުމެންޓްރީ ބެއްލެވުމަށް . . .

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Please bring more such articles.

  2. Why just talk about lies spread by the kuffar , secularists and Arab regimes against IS and neglect the criticism of trustworthy scholars such as Magdisi, Abu Qatada, Hadouchi, other mainstream scholars and even Al Qaida on IS and their extremism on takfeer and other issues. And also why not talk about takfeer that IS has made against the islamic groups that are fighting in Syria and IS’s killing of members of Islamic groups and fighting them in areas liberated by other groups thereby making Assad stronger. You don’t have to depend on western media for that. Even IS’s main media sources will enough

  3. ޚަލީފާއަކަށް ވާނީ ކިހިނެއްކަމާއި ޚިލާފަތެއް އުފެދުނުކަމަށް ވާނީ ކިހިނެއްވީމަކަން ހާމަކޮށްދޭ އާޓިކަލެއް ލިޔުއްވުން އެދެން… ޚިލާފަތެއްނަމަ އެއަށް ތަބާވުން ލާޒިމު އެބަވޭ… ޢިރާޤާއި ސޫރިޔާގެ ބައެއްގައި އިޢުލާނުކޮށްފައިވާ “އިސްލާމީ ޚިލާފަތް” އެއީ ހަމަ ޙަޤީޤަތުގައި ވެސް ޚިލާފަތެއްތޯ ނުވަތަ އެއީ ހަމައެކަނި ވެރިކަމެއްތޯ ދެނެގަންނަންޖެހޭ. ކޮންމެ ގޮތެއް ވިޔަސް، އެ ވެރިކަމާ ދެކޮޅަށް ހުޅަނގުގެ މީޑިއާތަކުން ދައްކާ ވާހަކަތަކުގައި ފުޅައަޅާފައިވާކަން އެނގޭ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!