ޣައްޒާގެ ޤަޠުލުޢާއްމަކީ އެމެރިކާއިން ހިންގި ޖަރީމާއެއް: ސްނޯޑެން

ޔަހޫދީ އިޒްރޭލުގެ ޓރެރިސްޓުން ފަލަސްޠީނާއި ޣައްޒާއަށް އަރައި ހިންގި ޤަޠުލު ޢާއްމުގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ ކަމަށް އެމެރިކާގެ ސީއައިއޭގެ އިސް މަޤާމު ތަކެއް ފުރުއްވި އެޑްވަޑް ސްނޯޑެން ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ސްނޯޑެން ޢާއްމު ކުރެއްވި އެމެރިކާގެ އިތުރު ސިއްރު ލިޔުންތަކެއްގައި ފަލަސްޠީނުުގެ ބިމުގައި ޔަހޫދީން ހިންގަމުން ގެންދާ ހުރިހާ ޖަރީމާ އަކީ އެމެރިކާގެ ރޭވުންތައް ކަމަށާއި، މި އަނިޔާވެރި ޤަޠުލުޢާއްމު ހިންގާފައި ވަނީ އެމެރިކާގެ ޖާސޫސީ މަޢުލޫމާތާއި އެ ޤައުމުން ޣައްޒާގެ ޢާއްމުން މެރުމަށް ފޯރުކޮށްދިން ނުރައްކާތެރި ހަތިޔާރުން ކަމަށް ބަޔާން ކުރައްވާފައިވެއެވެ. ސްނޯޑެން ވިދާޅުވީ އިޒްރޭލުން ޣައްޒާގައި ހިންގި ޤަޠުލު ޢާއްމުގައި ގިނަ ޢަދަދެއްގެ ޢާއްމުންނާއި ކުޑަކުދިން ޝަހީދު ވަމުން ދާތީ އެކަމާ ހިތާމަ ކުރާކަމަށް އޮބާމާ ބުނި ބުނުމަކީ އެމެރިކާ އާއި ދުނިޔޭގެ ރައްޔިތުންނަށް އޭނާގެ ޙަޤީޤަތް ވަންހަނާ ކުރުމަށް ޖެހި ރޮކެޓެއް ކަމަށާއި، އޮބާމާ ކޮންމެ އެއްޗެއް ބުންޏަސް ޔަހޫދީންނަށް އޭގެ ގެއްލުން ލިބޭފަދަ އެއްޗެއް ނުބުނާނެ ކަމުގެ ޔަޤީންކަން ދީފައި ވާކަމަށެވެ. ސްނޯޑެން ވަނީ މިކަމަށް ދަލީލު ލިބިދޭ އެތައް ލިޔެކިޔުމެއްވެސް ހާމަކޮށްފައެވެ.

ސްނޯޑެން ވިދާލުވީ 1960 ގެ ފަހުކޮޅު އަހަރު ޔަހޫދީންނަށް ހަތިޔާރާއި ފައިސާ ދިނުމަށާއި ޔަހޫދީންގެ ބަލަދުވެރިއަކީ އެމެރިކާ ކަމަށް ބުނެ އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މި އެއްބަސްވުން 2003 ވަނަ އަހރު އެމެރިކާއިން އާކޮށް އިޒްރޭލިުގެ ލަނޑުދަނޑީތައް ޙާޞިލުކުރަން ބޭނުންވާ ފައިސާ އާއިހަތިޔާރު ބޭނުން ވަރަކަށް ދިނުމަށް ސޮއިކޮށްފައި ވާކަމަށާއި، މިފަހަރު ޣައްޒާގައި ހިންގި ޤަޠުލު ޢާއްމުގެ އަސްލަކީ އެއީ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން މެދުއިރުމަތީގެ އެކި ދިމަ ދިމާލުގައި އެތައް ބިލިޔަން ޑޮލަރެއް އެމެރިކާއިން ރައްކާ ކޮށްފައި ވާކަމަށާއި، ޔަހޫދީން ބޭނުންވެއްޖެ ކޮންމެ ޙާލަތެއްގައި އެމެރިކާގެ ހުއްދައެއް ނެތި ހަމައެކަނި އެމެޖެންސީ އެހީ އަކަށް ފައިސާކޮޅެއް ދިނުމަށް އެދި ބޭނުން ޢަދަދެއް ޖަހައި ނޯޓެއް ފޮނުވާލުމަށް ފަހު ފައިސާ ނެގޭގޮތަށް ހަމަޖައްސައިދީފައި ވާކަމަށެވެ.

މީގެ އިތުރުން ޣައްޒާގައި ޔަހޫދީން މިފަހަރު ހިންގަންފެށި ޤަޠުލު ޢާއްމަށް ތައްޔާރުވުމަށް މި ޖަރީމާ ހިންގަން ފެށުމުގެ ކުރިންވެސް އެއް ބިލިޔަން ޑޮލަރަށްވުރެ ގިނަޢަދަދެއްގެ ފައިސާގެ ހަތިޔާރު އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދީފައި ވާކަމަށާއި، އިޒްރޭލާއި ޢަރަބި ކަރައިގައިވާ އެމެރިކާގެ ހަތިޔާރު ކޮށާރު ތަކާއި، ޖާސޫސީ އެންމެހާ މަޢުލޫމާތެއް ހުރަހަކާއި ނުލާ އިޒްރޭލަށް ބޭނުން ކުރެވޭނެ އިންތިޒާމްތައް އެމެރިކާގެ ސީއައިއޭ މެދުވެރިކޮށް ހަމަޖައްސައި ދީފައި ވާކަަމަށްވެސް ސްނޯޑެން ވިދާޅުވިއެވެ.

ސްނޯޑެން ވިދާޅުވީ އިޒްރޭލުން ހިންގަމުން ގެންދާ ހުރިހާ ޖަރީމާއެއްގެ ފަހަތުގައި ވަނީ އެމެރިކާ ކަމަށާއި، މި ކަންކަމުގެ މަތި އެޅުމަށް ބައެއް ފަހަރު އިޒްރޭލާއި މެދު ނުރުހުންވެފައިވާ މޭރުމަކުން އޮބާމާ ވާހަކަ ދައްކަނީ ދުނިޔެއަށް އޮޅުވާލައި އެމެރިކާ އާއި ދުނިޔޭގެ ޢާއްމު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށެވެ. މިފަދަ ދެފުށް ދެގޮތް މުނާފިޤު ކަމެއް ދެއްކުމަށްފަހު އިޒްރޭލުގެ އަނިޔާވެރިކަން ފޮރުވުމަށާއި ޔަހޫދީންނާއި ދެކޮޅަށް ޑިމޮކްރަސީ އާއި ޑިޕްލޮމަސީގެ މައިދާނުގައި ނަގާ ކޮންމެ ރާޅެއްގެ ހުރަހަކަށް އޮބާމާ ވާކަމަށާއި، މިކަމަށް ޓަކާ އޮބާމާ އދގެ އެހީތެރިކަން ހޯދާ ކަމަށްވެސް ސްނޯޑެން ހާމަކުރައްވާފައި ވެއެވެ.

މިފަދަ މޭރުމަކުން އޮބާމާގެ ޙަޤީޤަތް ސްނޯޑެން ހާމަކޮށްދެއްވާފައި ވާއިރު، އދއިން އިޒްރޭލުގެ ޢަމަލު ތަކާ ދެކޮޅު ހަދައި އެކުލަވާލި ރިޕޯޓެއް ބަދަލު ކުރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫނާއި އޮބާމާ މަސައްކަތް ކުރިކަން ދާދިފަހުން ވަނީ ހާމަވެފައެވެ.

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ސްނޯޑަން ތިޔަވާހަކަ ނުބުންޏަސް ތިޔަކަން އަހަރެމެންނަށް އިނގޭ. ތިޔަކަން ނޭންގެނީ ޤާފިލްވެފައިވާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް.

  2. ބަރަކު ބެއްޔާއަށް ބުނެލަންއޮތްއެތި ބޮޑުކަމުން މި ފަދަ ވެބުސައިޓެއްގަ ޝާއިރު ނުކުރެވޭނެކަން އެގޭތީ ބުނެވޭކަންނެތް ވަރަށްސަލާމް. އެކަމަކު އެކަތި ބުނެލާނަން އޮބައިމާ ނޫނީ އޮބޭމާ ދެންކޮމެ ބާމާޔަކަށްވިޔަސް ތީހަމަ ގޮރެއް…

  3. ޢަރަބި ވެރިންނަށްވެސް މިކަންއެގޭނެ އެމީހުންވެސް އިންސާނިއްޔަތަށް ރަޙުމުނުކުރަނީ އެމީހުންބޯއެއްޗެއްބޮއިގެން ކާއެއްޗެއް ކައިގެން އެމީހުންލޭގައި ހިގާއެއްޗެއްހިގާނެ ނުބައިކަމުގެ ހައްދު ފަހަނައަޅާ ގޮސްފައިވާތީ އިބްލީސްކައިރި ނުވާނަމަ ތިމާގެ އަޚާގެ ފުރާނަދާއިރު ބަލަންތިބެން ކެތްނުކުރެވޭނެ. ތިޔަލިމުގައި ބުނެފައިވާ ފައިސާއާއި ހަތިޔާރު ބަލަހައްޓައި ދެނީ މުސްލިމު ނަންނަމުގައިތިބި ވެރިން. ސުވާލު ކުރެވޭނެ ދުވަހަކަށް އެމީހުން އިންތިޒާރު ކޮށްލައްވާށޭ ބުނެވޭނީ!!!!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!