ސެމްސަންގ ކުންފުނިން ހަތިޔާރުވެސް އުފައްދާ!

ސުމާޓްފޯނު ގެ ތަފާތު އުފެއްދުންތައް ބާޒާރަށް ނެރެމުންދާ މަޝްހޫރު ސެމްސަންގ ކުންފުންޏަކީ ހަމައެކަނި މޯބައިލްފޯނު އުފައްދާ ކުންފުންޏެއް ނޫނެވެ. އޭގެ އިތުން އިލެކްޓްރޯނިކް އެކި އެކި އާލާތްތަކާއި ޖެޓް އިންޖީނާއި ހަނގުރާމަމަތީ އުޅަނދުފަހަރުވެސް އުފައްދަމުންއަންނަ ކުންފުންޏެކެވެ.

ސެމްސަންގް ޓެކްވިން ކުންފުންޏަކީ މިއަދު ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި ބަރު ހަތިޔާރު އުފައްދާ ސަޕްލައި ކުރަމުންދާ އެއް ކުންފުންޏެވެ. އެކުންފުނިން އުފައްދާ ބަރު ހަތިޔާރުގެ ތެރޭގައި ޓޭންކަރާއި ހަނގުރާމަ މަތީ ހެލިކޮޕްޓަރ ވެސް ހިމެއެވެ.

މީގެ އިތުރުން ސެކުރިޓީ އެކި އެކި ވަސީލަތްތަކާއި، އިންޖީނާއި ރޮބަޓު ފަދަ ތަފާތު އުފެއްދުންތައްވެސް އުފައްދަމުންދެއެވެ. ސްމާޓްފޯނުގެ ބާޒަރުގައި މިއަދު ވާދަވެރިކަމާއެކު އެންމެ ގިނައިން ވިކޭ އެއް ބްރޭންޑަކީ ސެމްސަންގ ބްރޭންޑް ކަން ފާހަކޮށްލަން ޖެހެއެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ފަބްޑަށް ދިން ލާރިކޮޅުން ހަތިޔާރު ގަނެ މުޖާހިދުންނަށް ދޭނެވީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!