• 2010 ވަނަ އަހަރު ޣައްޒާއަށް ދަތުރުކުރަމުން ދަނިކޮށް ޔަހޫދީ ސިފައިން އަރާ 10 މީހުން މަރާލި ތުރުކީގެ މާވީ މަރުމަރާ

ޣައްޒާ އަށް ދާނަންތަ؟

ޣައްޒާއަށް ދާނަން ހެއްޔެވެ؟ އިންސާނީ ކަރަމާތް ނެގެހެއްޓުމަށް ތިބާގެ ފުރާނަ އަތްމައްޗަށް ލައިގެން މި ދަތުރަށް ފަށަން ކެރޭނެ ހެއްޔެވެ؟ ދިވެހި ޒުވާނުންގެ ތެރެއިންވެސް މިކަމަށް އިސްނަގާނެ ފަރާތްތަކެއް ތިބޭނެ ކަމީ ޔަޤީންވާ ކަމެކެވެ. މިފަދަ ފުރުޞަތަކަށް ބަލަބަލާތިބި ދިވެހި ޒުވާނުންނަށް އޮތް އުފާވެރި ޚަބަރަކީ ބަޔަކު ޣައްޒާއަށް ދާންއުޅޭ ޚަބަރެވެ. އެހެން ނަމަވެސް މި ދަތުރަކީ މަރާއި ދިރިހުރުމާއި ދެމެދު ކުރެވޭ ހަނގުރާމަ އަކަށް ވާނެތީ މިކަމަށް ފަސްޖެހޭ ޒުވާނުން ދިވެހިންގެ ތެރޭގައި މާ ގިނަވާނެ ކަމަށް ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. ފުރަން ނުކުންނަން ގޮވާލާ ހަމައިން އަނބިދަރިންނާއި ޢާއިލާ އާއި ރަޙުމަތްތެރިންނާއި މައިންބަފައިންގެ މަތިން ހަނދާންވެ ފަސްޖެހޭނެ ބަޔަކުވެސް ތިބޭނެއެވެ.

މީގެ ކުރިން ވެސް ދިވެހިންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ޣައްޒާއަށް ދިޔުމަށް ދަތުރު ހަދާ ތައްޔާރަށް ތިބުމަށް ގޮވާލާފައެވެ. އަދި ދިވެހި ސިފައިން ޣައްޒާ އަށް ފޮނުވުމަށް ވެސް ބައެއް ފަރާތްތަކުން ގޮވާލިއެވެ. ޣައްޒާއަށް ފުރަން ދަތުރަށް ގޮވާލުމުން ދަތުރުހެދި ޒުވާނުން ފޮށިތަންމަތި ތައްޔާރު ކޮށްގެން ތިބީ ޣައްޒާއަށް ދާން ނަންނޯޓު ކުރުމަށް ތައްޔާރަށެވެ. އެހެނަސް ފުރާމީހުން ނަންނޯޓުކުރާ ދުވަހެއް އަދި ނާދެއެވެ. އަދި އެދުވަސް ނުވެސް އަންނާނެއެވެ. މިއީ ދިވެހިންގެ ޙާލެވެ. އިސާހިތަކު ހަނދާންނެތިދާނެއެވެ.

ޔަހޫދީ ޒަޔަނިސްޓުންގެ އަނިޔާވެރި ކަމުގައި ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ހަނާއަރުވަން ފެށުމާއި އެކު ޔަހޫދީން ޢައްޒާއަށް ދެމުންގެންދާ އަނިޔާވެރި ޙަމަލާ ތަކާއި ހިންގަމުން ގެންދާ ޤަޠުލުޢާއްމުތައް ހުރިހާ ދިވެހިން ވެސް ކުއްވެރި ކުރިއެވެ. އަދި މިޙަމަލާތައް ފެށުމާއި އެކު ދަތުރަށް ތައްޔާރުވާން ގޮވާލި ނަމަވެސް ހަނގުރާމަ ނިމި މަޝްރަހު ހަމައަކަށް އެޅޭއިރުވެސް ފުރާނެ ދޯންޏެއް ނުލިބި ފުރަން ތައްޔާރުގައި ދިވެހިން ތިބޭތާ މަހަކަށްވުރެ ގިނަދުވަސް ވީފަހުން އިއްޔެ އިސްލާމީ ޤައުމެއް ކަމަށްވާ ތުރުކީން ވެސް ވަނީ ދަތުރަށް ތައްޔާރުވާން ފަށާފައެވެ. ތުރުކީގައި ޙަރަކާތްތެރިވާ ދި ހިޔުމެނިޓޭރިއަން ރިލީފް ފައުންޑޭޝަން، އައިއެޗްއެޗް އިންވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޣައްޒާއަށް އަނެއްކާވެސް ވަރަށް އަވަހަށް ދަތުރު ފަށާނެކަން ހާމަކޮށްފައެވެ.

ރާއްޖެއިން ޣައްޒާއަށް ފުރާ ދޯނީގައި ދާނީ ކޮން ޕާޓީއެއްގެ ކޮންބަޔެއްކަން ނޭނގުނަސް ތުރުކީގެ ބޯޓުގައި ތަފާތު ޤައުމު ތަކުގެ ތަފާތު ޖަމާޢަތްތަކުން ޣައްޒާއަށް ކުރާ ދަތުރުގައި ބައިވެރި ވާނެ ކަމަށް އައިއެޗްއެޗާއި ފްރީޑަމް ފްލޮޓިއްލާގެ އިންތިޒާމު ކޮމެޓީން ވަނީ ހާމަ ކޮށްފައެވެ. ދެހާސް ދިހަ ވަނަ އަހަރު ފްރީޑަމް ފްލޮޓިއްލާގެ ނަމުން މަޝްހޫރުވީ ތުރުކީގެ ހަ ބޯޓު ހިމެނޭ ފްލޮޓިއްލާގެ ތެރެއިން މާވީމަރުމަރާ އަށް އަރައި ޔަހޫދީ ސިފައިން ހިންގި ޤަތުލުޢާއްމުގައި ތުރުކީގެ ދިހަމީހަކު މަރާލާފައި ވަނިކޮށް އަނެއްކާވެސް ހަމަ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެކި ޤައުމު ތަކުގެ މަންދޫބުން ހިމެނޭ އެހީގެ މަނަވަރު ތަކެއް ތުރުކީން ޣައްޒާއަށްދާން ފުރަން މިވަނީ ތައްޔާރު ވެފައެވެ.

2010 ވަނަ އަހަރުވެސް ތުރުކީން ފުރައިގެން އިންސާނީއެހީ ހިފައިގެން ޣައްޒާއަށް ދަތުރުކުރި ބޯޓުތަކަށް ޔަހޫދީ ޤާޠިލުން އަރައި ޤަޠުލުޢާއްމެއް ހިންގާފައި ވަނީ ބައިނަލް އަޤުވާމީ މީޑިޔާ ތަކުން އެ މަންޒަރުތައް ވަގުތުން ދުރަށް ދައްކަމުން ގެންދަނިކޮށް އެންމެންގެ ކުރިމަތީގައެވެ. ބައިނަލް އަޤްވާމީ ޤާނޫނު ތަކާއި ޤަވާއިދުތައް މުގުރާލުމަށްފަހު ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ތުރުކީގެ ބޯޓު ތަކަށް އަރައިގަނެ ޔަހޫދީ ޤާޠިލުން ހިންގި ޤަޠުލު ޢާއްމަށް އެވެރިންގެ ވެރިޔާ ނަތަންޔާހޫ ވަނީ ދާދިފަހުން މަޢާފަށްވެސް އެދިފައެވެ. އަދި ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށްބުނެ ތުރުކީގެ ބޮޑުވަޒީރު ޢުރުދުޣާންގެ އަރިހުގައި ޢަހުދާއި ވަޢުދު ވީނަމަވެސް ޔަހޫދީންގެ ޙަޤީޤަތް ދުނިޔެއަށް ހާމަ ކޮށްދެއްވުމަށް ޢުރުދުޣާން ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން ވަނީ ޔަހޫދީންނާއި އެކު އޮންނަ ގުޅުން ގޯސްވެފައެވެ.

އެހެން ނޫނަސް ޔަހޫދީންނަކީ ވައުދާއި ޢަހުދަށް ޙުރުމަތްތެރިކޮށް ނުހިތާނެ ބައެއް ކަމަށް ޢާލަމްތަކުގެ ވެރި ﷲގެ ވަޙީބަސްފުޅުން އެނގި ކަށަވަރު ވާއިރު، މިފަހަރުގެ ފްލޮޓިއްލާ އާއި މެދު ޔަހޫދީން ކަންކުރާނެ ގޮތެއް ބަލަން ދުނިޔެވަނީ ކެތްމަދުވެފައެވެ. އެހެން ކަމުން ޣައްޒާއަށްދާން ތައްޔާރުވުމަށް ގޮވާލި ގޮވާލުމަށް އިޖާބަދީ އެކަމަށް ތައްޔާރަށްތިބި ޒުވާނުން ޣައްޒާއަށް ފުރަން ނަންނޯޓު ނުކުރެވުނަސް ތުރުކީއަށް ދަތުރުކޮށްގެން ފްރީޑަމް ފްލޮޓިއްލާގައި ޣައްޒާއަށް ދިޔުމުގެ މަގު މިވަނީ ހުޅުވިފައެވެ.

13 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ތުރުކީއަށް ދެވޭނެމަގު ދިއިސްލާމުން އަޅުގަނޑަށް ފަހިކޮށް ދެއްވާށެވެ. ޣައްޒާއަށްދާން އަޅުގަނޑު މިހުރީ ތައްޔާރަށެވެ.

  2. ހަބޭސް އަށް،
    ތި އުޅެނީ ތުރުކީބަލާލަން ދާންވެގެން. ޣައްޒާ އަށް ދާކަށްނޫން. ތުރުކީއަށް ދެވެނެގޮތް އެއޮތީ ހަމަޖެހިފަ. އަމިއްލައަށް ޓިކެޓް ނަގާގެން ދާން ބޭނުންވާމީހަކަށް އެކަން އެއޮތީ ވާގޮތަށް. ތިމާﷲ ގެ މަގުގައި ހެވަކަށް އެދިގެން ކުރާ ކަމެއްނަމަ “ދި އިސްލާމުން މިކަން އަޅުގަޑަށް ފަހިކޮށްދޭން ” ޖެހޭނެ ހެއްޔެވެ. ތިމާ ނަމާދުކުރަން ވީމަ ތައްޔާރުވެގެން ދާންޖެހޭނީ އަމިއްލަޔަށް. ރައްޓެއްސަކު ދާއިރު އޭނަގެ ސައިކަލުގަވެސް ދެވިދާނެ. އެކަމު އެކަންވާނީ ރައްޓެހި މީހާ އެކަން ކޮށްދީފިނަމަ. އޭނަ ނުގެންދިޔަސް އެކަން އަމިއްލަޔަށް ކުރަންއެބަޖެހޭ. އެއީ ނަމާދުވީމަ. އެކަމު ޣައްޒާއަށް ނުދިޔަސް އޯކޭ. އެކަމު ތިމާ ހެވަކަށް އެދިގެން ކެއްމަދުވެފައި ވާނަމަ ދާންޖެހޭނީ އަމިއްލަޔަށް. ނޫނިއްޔާ އެފަދަ ފުރުސަތެއް ތިމާއަށް ލިބެންދެން މަޑުކުރޭ. އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ގޮތަކަށް ކަލެއަށް އެފުރުސަތު ތަނަވަސް ވާނެ ކަމަށް އުއްމީދުކުރަން. އެއީ މިފަދަ ދަތުރެއް ރާވަމުން ދާކަމަށް 2 ފަހަރަކު ރައީސް ނަޝީދު ވަނީ ވިދާޅުވެފަ. އިރާދަ ކުރެއްވިއްޔާ ރައީސް ނަޝީދުގެ މިދަތުރުގައި މިކަމަށް ރާއްޖެއިން ދާން ބޭނުން މީހުނަށް ފުރުސަތު ލިބިގެންދާނެ.

  3. ރާއްޖޭގެ ސިފައިން ތިޔަތާކަށް ނުފޮނުވޭނެ! އެމީހުން ނުދާނެ! އެމީހުނަށް ދެވިފައިވަނީ އެމެރިކާގެ ފޭކް ތަމުރީނު! ދިވެހި ސިފައިންނަކީ ރޫހާނީގޮތުން އެފަދަ ކަމަކަށް ތައްޔާރު ވެފައިތިބި ބައެއްވެސް ނޫން! ސިފައިންގެ ތެރޭ ގިނައީ ފަރުޟު 5 ނަމާދުވެސް ހަމައަށް ނުކުރާމީހުން! އިސްލާމް ދީނުގެ އަޤީދާއެއް ނެތްމީހުން! އަނެއްކޮޅުން މި މުޅި ޤައުމު މިއޮތީ “ޑިމޮކްރަސީގެ” ކުފުރުގެ ދަށުވެފައި. މީގެތެރޭގައިތިބެ އިސްލާމް ދީނަށް ނަޞްރު ހޯދައެއް ނުދެވޭނެ! އެންމެން ވީ ޙައްޤުގެ މަގަށް ރުޖޫޢަވާން!

  4. ހޯލްޑް އޮން. މަންމަ ދިރި ދުނިޔޭގަ އެބަހުރި. އަހާލާފަ އޯކޭ ވެއްޖިއްޔާ ދެވޭނީ. ކިތަންމެ ދާހިތްވިޔަސް ކުއްލިޔަކަށް އެކަހަލަ ކަމަކަށް ނުދެވޭނެ. ސަރުކާރުން އެފަދަ ކަމަކަށް ގޮވާލީމާ ދެން ޖެހޭނެ ބެލެނެވެރިންގެ ރުހުން ހޯދަން އޭގެ ފަހުގެ ކަމެއް ފުރުން.

  5. ތިދަތުރުގައި ދިއުން އެންމެ ރަގަޅީ ކެނެރީގެ ނަޝީދު، އޭނާ ތިޔަ ފަލަސްތީނަކަށް ޖިހާދު ކުރަން ދާހިތުން ނުވެސް ނިދާ

  6. mashah hyvani abdulla namuga coment kuri faraathaky sifain dheke v loabivaa meeheh hen.suvaalaky abdullah 5 namaad kuranhey?

  7. Meehunnakah nuvaane ehkamehhves angain hiyaalah noonnee.Dhivehin nakee angai foni kadaa fidi baeh mi

  8. ﷲގެ މަގުގައި ޖިހާދުކުރަން ދެވޭނީ ވަރަށް އީމާން ތެރިކަނ ްވަރުގަދަ މީހުންނަށް… ދުނިޔޭގެ އުފަލާއި ލައްޒަތުގައި ޖެހިފަ ތިބި ބަޔަކަށް ނުދެވޭނެ… އެމީހުންގެ ހިތްތަކަށް ޝައިތާނާ އަބަދުވެސް ދުނިޔޭގެ ޒީނަތްތެރިކަން ވައްދަވާ މަގު އޮލުވާލާނެ… ކެނެރީގޭ ނަޝީދަކަށް ވެސް އަދި ކިނބިގަސްދޮށުގޭ މައުމުނަކަށްވެސް އަދި އަބުދުއްﷲ ޔާމީންނަކަށް ވެސް ތިޔަ ލިސްޓެއް ނުހެދޭނެ… އެއަށް ވުރެ ދިވެހިން ތިބީ ދުނިޔޭގެ ލައްޒަތުގައި ޖެހި އާވާރާވެފަ

  9. އިންޝާﷲ ފުރުޞަތު ހުޅުވާފިއްޔާ މަދާނަން

  10. abdhullah ge basthakah alhugadu v thaaeedhu , madhu meehaku nooni nufeney , vaguthu thah heydha kurani ufalaa majaluga, media thankolhheh asaru gadhakoh dhahkaifinama ekameh migaumuga vedhaane , ekamu ekan kedi jenama , emeehunge hithunves filaa dhiyaee , alhugaduge vashaigen fenna gaaiy meehunna ,rahumaiy therinakah , 5 vaguthu egovaalaa govaalumakah samaalukameh nudhevey , v iru mikahala bodu kameh kuraani kihine ?? thamrunneh viyya dhas koh dheyni kaafarun thah … emeehunah dhas koh dheveyni emeehunge sifathaha ,

  11. rangalhuthaa nasheedhvex hurikan. eynavaa ekamah edheyviyyya.. den thibi meehunnah engeynee meehaku ehchekey buneema comment kuran

  12. this reminds me the visit of Adam shameem and his friends to turkey, they got the chance to save the muslims of sooria but for some reasons they lost the chance and now they are in male, they live with their family happily ever after

  13. vaki neehakaa alhaigafa dho dhiislam mivanee…!!! mee dherakameh!!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!