ތުރުކީގެ ޑިމޮކްރެޓިކް އިންޤިލާބު، ޢަރަބި ވެރިންނަށް ފިލާވަޅެއް؟

އެއްވެސް ބަޔަކަށް ރައްޔިތުންގެ ތާއީދު މާބޮޑަށް ލިބުމަކީ އެބައެއްގެ ބާރު އާދަޔާ ޚިލާފަށް ގަދަވެ ވެރިކަމުގެ މަސްލަޙަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ޢަރަބި ވެރިންނަށް އެމެރިކާއިން ވިސްނައިދިން ނަމަވެސް މި ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫންކަން މުޅި ދުނިޔެއަށް މިދަނީ ފެންނަމުންނެވެ. ތުރުކީގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި ރަޖަބު ޠައްޔިބު ޢުރުދުޣާންގެ ބޮޑު ކާމިޔާބާއި އެކު ޔަހޫދީންނާއި ނަޞޯރާއިންގެ ބަހަށް ހެއްލިގެން ވާނެ މޮޅެއް ނެތްކަން މުޅި ދުނިޔެއަށް މިވަނީ ހާމަވެފައެވެ.

ތުރުކީގެ މިހާރުގެ ބޮޑުވަޒީރު ޢުރުދުޣާން އިއްޔެގެ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ ޔަހޫދީންނާއި ނަޞޯރާއިން ލަދުގަންނަވާލައި އެމީހުންގެ ކަޅު ފައިސާއަށް ގޮންޖެއްސެވުމަށް ފަހުގައެވެ. ޔޫރަޕާއި އެމެރިކާ އާއި ގުޅުން ބޮޑު ބޭފުޅުން ބިލިޔަން ޑޮލަރުން އިންތިޚާބަށް ޚަރަދު ކުރެއްވީ ތުރުކީގައި އޮތް އިސްލާމީ ޚިލާފަތު ފުނޑުފުނޑު ކޮށްލުމަށްފަހު އަތާތުރުކު އުފައްދައިދިން ސެކިޔުލަރ ނުވަތަ ލާދީނީ ނިޒާމު ދަމަހައްޓައިދޭނެ ކަމުގެ ވަޢުދާއި އެކު ގޮތްނޭނގޭ ދިމަދިމާއިން ހޯއްދެވި ކަޅު ފައިސާގެ ނުފޫޒުން ބޮޑު ކޯލިޝަނަކާއި ވެސް އެކުގައެވެ. އެހެން ނަމަވެސް ޔޫރަޕާއި އެމެރިކާއަށް ގޮންޖައްސަވަމުން ގެންދެވި އުރުދުޣާން އިންތިޚާބު ކާމިޔާބު ކުރެއްވީ މާބޮޑެތި ޚަރަދު ތަކެއް ކުރެއްވުމެއްނެތި ފަސޭހަ ކަމާއި އެކު ލާދީނިއްޔަތު މުގުރުއްވަވާނެ ކަމުގެ ވަޢުދާއި އެކު ރައްޔިތުންގެ ހިތްތައް ފަތަޙަ ކުރެއްވުމަށް ފަހުގައެވެ.

ރައްޔިތުންގެ މިހާބޮޑު ލޯތްބަކާއި އިހުތިރާމެއް ހޯއްދަވައިގެން އުރުދުޣާން ތުރުކީގެ ވެރިކަމަށް މި ވަޑައިގަތީ ތުރުކީގައި ހުޅަނދުގެ ކަޅު ފައިސާގައި އުފެއްދި ލާދީނީ ނުވަތަ ސެކިޔުލަރ ނިޒާމް ފޫއަޅުވާލުމަށް ފަހު ޤައުމުގެ ޙަޤީޤީ ބާރުވެރިންނަކީ ޤައުމުގެ ރައްޔިތުންކަމަށް ވިސްނައިދީގެން ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ހުޅަނގާއި ދުރުހެލިވެ ވަޑައިގެން ހުންނަވާ ރައްޔިތުންގެ ލޯބި ހޯއްދަވައިގެންނެވެ. ޖޯޝާއި ފޯރި ހިއްޕުވާލާފަދަ ތަޤުރީރު ތަކަކުން އުއްމަތަށް އުފާވެރިކަން ގެނެސް ދެއްވަމުންނެވެ. ކާފަރުންނާއި ޔަހޫދީންނަށް ބިރުވެރި އިންޒާރުތައް ދެއްވަމުންނެވެ.

ޢުރުދުޣާންގެ މި އިންޒާރު ތަކާއި އެކު ކާފަރުންގެ ހިތްތައް ރޫރޫ އަޅައިގެންގޮސް އިންތިޚާބު އެމަނިކުފާނަށް ނާކާމިޔާބު ކޮށްލުމަށް ރޭވި ރޭވުންތަކާއި ހޭދަކުރި ހޭދަތައް ފަނުފުލުން ލައިގެން ދިޔުމަކީ ޢަރަބި ބަހާރުގެ ނަމުން ނަންދީގެން ނަޞާރާއިންނާއި ޔަހޫދީންގެ ނުބައި ރޭވުމުގެ ތެރެއިން އިސްލާމީ އުއްމަތް ފިތުނައިގެ އަނދަވަޅަކަށް ވައްޓާލުމަށް ކުރި މަސައްކަތް ވެސް ފަނުފުލުން ލައިގެން ހިނގައިދާނެ ކަމެކެވެ. އެހެނީ ޢުރުދުޣާން ވެސް ރައްޔިތުންގެ ލޯތްބައި ބާރު ހޯއްދެވީ ރައްޔިތުން ރުއްސައިގެންނެވެ. ރައްޔިތުން އެދޭ ގޮތަށް ވާހަކަފުޅުތައް ބައްޓަން ކުރައްވައި ނަޞާރާއިންނާއި ޔަހޫދީންނަށް ގޮންޖައްސަވައި ބިރުވެރި އިންޒާރުތައް ދެއްވައިގެންނެވެ.

މިއަދު ޢަރަބި ޤައުމުތަކުގެ ވެރިންވެސް ފިލާވަޅު ނަންގަވަން ޖެހިފައި މިވަނީ ޢުރުދުޣާންގެ އަރިހުންނެވެ. އެބައިމީހުންގެ ވެރިކަން ރައްކާތެރި ކުރެވޭނީ އެމެރިކާ އާއި އިޒްރޭލު ބުނާހާ ގޮތެއް ހަދައިގެން ނޫންކަމާއި ރައްޔިތުންގެ ކެކުޅުމާއި ވޭނީ އާހުގެ އަޑު އަހައިގެންކަން ޢުރުދުޣާންގެ އަރިހުން ދަސްކުރައްވާން އެބަ ޖެހެއެވެ. ޤައުމުގެ މުސްއަނދި ކަމާއި ފައިސާ އަމިއްލަ އަތުގައި ނުވަތަ ޢާއިލާގައި ކިތަންމެ ގިނަވެފައި އެމެރިކާއިން ދިން ހަތިޔާރުގެ ބާރު ކިތަންމެ ގަދަވިޔަސް ރައްޔިތުން އުތުރު އަރައިިގަތުމުން އެ ބަޑިއާއި ވަޒަން ބޭނުންކުރަން ތިބޭނީވެސް ނިކަމެތި ރައްޔިތުންގެ ނަސްލާއި ދަރިފަސްކޮޅުން އައިސްތިބި ސިފައިންނާއި ފުލުހުންކަން ޢަރަބިވެރިންނަށް ހަނދުމަފުޅުކޮށް އަރުވާން އެބަޖެހެއެވެ.

ރައްޔިތުންގެ ރުހުމާއި ލޯބި ހޯއްދަވައިގެން ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަކީ ވެރިކަން ގެއްލިގެން ދާނެ ސަބަބެއް ނޫންކަން އުރުދުޣާން މިވަނީ މުޅި ދުނިޔެއަސް ސާބިތު ކޮށްދެއްވާފައެވެ. ވެރިކަމުގައި ހުންނަވައިގެން ޔަހޫދީންނާއި ނަޞޯރާއިންނަށް އިންޒާރުތައް ދެއްވަމުން އެބައިމީހުންގެ ކަޅު ފައިސާ ޔާއި ނުފޫޒަށް ގޮންޖައްސަވަމުން ވެރިކަމުގެ މުޅި ނިޒާމު ރައްޔިތު މީހާގެ އަތަށް ދޫކޮށްލައްވައި ޢުރުދުޣާން ދެއްވި ފިލާވަޅުން ޢަރަބި ވެރިން ޢިބުރަތް ޙާޞިލުކުރާން އެބަޖެހެއެވެ. އިޒުރޭލަށް ފައިސާ ދީގެން އެމެރިކާ އަތުން ހަތިޔާރުުގަތުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބިލިޔަން ޑޮލަރުން ހޭދަކުރުމަކީ ރައްޔިތުން ނުރުހޭ ކަންކަން ކަމުގައި ވާއިރު މީގެ އާޚިރު ނަތީޖާ ހީވެސް ނުކުރާހާ ހިތިވެދާނެކަން ދަންނާން އެބަޖެހެއެވެ.

7 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މާޝާﷲ

  2. އުރުދުޤާނަކީ އިސްލާމީއުއްމަތް ޙިމާޔަތްކޮށްދެއްވާނެ ވެރިއެއްކަމުގައި ލައްވާ. އެބޭފުޅާއަށް އާރާއި ބާރު މިންވަރުކުރައްވާށި!

  3. ތުރުކީގާއި އޮތް އިސްލާމީ ހިލާފަތު ބައިބައި ކޮށްލުމަށް ފަހުގައި އިންގިރޭސިން އަރަބިންގެ އިސްލާމީ ބިމުގައި އުފެއްދީ މުސްލިމުންގެ ނަޖުދު ކަރާއިގެ އިސްލާމީ އާލުސޫދުގެ ވެރިކަމާއި، ފަލަސްތީނު ބިމުގައި ޔަހޫދީ އިސްރާއީލުގެ ވެރިކަން، މީމުޅިންވެސް ޔަހޫދީންގެ ރޭވުމަކުން ކުރިކަމެއް!

  4. ޝާފިއު ތި ގެނެސްދެއްވާ މައުލޫމާތު ތަކަށް ސާބަސް ދެން

  5. މިއީ އަލްމާނީ ހިިޔާލަށް ލިބުނު ގެއްލުމަކަށްވިޔަސް ކަމުގެ ތެދު ހަގީގަތް ފޯރުކޮށްދިނުމަކީ ލިބޭ ކާމިޔާބީއެއްގެ ސަބަބުން ހުރަސް އެޅިގެންވާނެ ކަމެއް ނޫނެވެ. މިފަދަ އެއްޗެހި ނޫސްނޫހަށް އަރުވާއިރު މައުލޫމާތު ސައްހަކުރުން ވަރަށް މުހިއްމެވެ. ފުރަތަމަ ކަމަކަށް މީހުންގެ ނަންތައް ތިހުރީ ރޯ ނުބައިކޮށެވެ. މާ ގިނަ ހަރަދެއްނުކުރެއޭ ބުނާއިރު ކެންޑިޑޭޓުން އަމިއްލައަށް ހުށަހެޅިި ހިސާބުތަކުން އެނގޭ ގޮތުގައި އިދިކޮޅު ދެފަރާތުގެ ޖުމްލަ ހަރަދުގެ ތިންގުނައަށްވުރެ ގިނައިން އެރްދޮޣާން ވަނީ މިއިންތިހާބަށް ހަރަދުކޮށްފައެވެ.

  6. Vagaku vakkan koffa evaahaka bunaane tham? Ma mee vagekey kiyaanetha? Ehen gaumehge Kaafarunge athun faisa hoadhaigen verikan ganelumaky komme gaumehgge gaanoonu asaasyga ves manaa kameh. Emeehun ekankan kuraany nulaahiku vagah. Hithun evves meehakah neyngeyne. Eyge badhaluga thedhuveri muslimun dhogaa makara herlathaa nuhadhaane. Ehenveema urdogan ge haradhuthah bodu kamah fennan huredhaane. Ekamu hingi harakaai thakaa behi rishwathun ufedhdhi coalition ah haradhu kurivaru emeehun jisaabu jahaafa bunefaanehen mashah ves hiyeh nuvey.

  7. ماشاالله

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!