ދަމު ނަމާދު ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބާ؟

ޖަވާބު:بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.

އެއްވެސް ޝައްކެއް ނެތްގޮތުގައި ރޭގަނޑުގެ ފުރަތަމަކޮޅަށްވުރެ ފަހުކޮޅު މާތްވެގެންވެއެވެ. އެއީ ރޭގަނޑުގެ ފަހުބައެވެ. ރޭގަނޑު ތިންބައިކޮށްފައި ފަހުބައެވެ. އެއީ ޢާލަމްތަކުގެ ވެރި އިލާހު އެއިލާހުގެ ޛާތުފުޅާއި އެކަށީގެންވާގޮތަކަށް ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގަންނަވާ ވަގުތެވެ. އަދި އެއިލާހުގެ އަޅުންނަށް މިފަދައިން ވަޙީ ކުރައްވާ ވަގުތެވެ. (( ފާފަ ފުއްސެވުމަށް އެދޭ މީހަކު ވޭހެއްޔެވެ؟ ފަހެ ތިމަން އިލާހު އެމީހަކަށް ފާފަފުއްސަވާ ދެއްވާހުށީމެވެ. ތައުބާ ވާ މީހަކު ވޭހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހަކަށް ތައުބާ ލައްވާހުށީމެވެ. ކަމަކަށް އެދި ދަންނަވާމީހަކު ވޭހެއްޔެވެ؟ ފަހެ ތިމަންއިލާހު އެމީހަކު އެދޭކަމެއް އެމީހަކަށް ދެއްވާހުށީމެވެ.)) ފަހެ މީހާއަށް ރޭގަނޑުގެ ފަހުބައިގައި ނަމާދު ކުރުމަށް ބުރަވެއްޖެ ނަމަ ރޭގަނޑުގެ  ކުރީކޮޅުންވިޔަސް އޭނާއަށް ފަސޭހަ ވަގުތެއްގައި ދަމުނަމާދު ކުރާނީއެވެ.

والله أعلم

 

ޖަވާބު: ފަޟީލަތުއްޝައިޚް އަލްޢައްލާމާ ޢަބްދުﷲ ބުނު ޢަބްދުއްރަޙްމާން ބުނު ޖިބްރީން (ރަޙިމަހުﷲ)

 

ނޫރުލްއިސްލާމް ސައިޓުން ނަގާފައި

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ރޯދަ އަށް ހުއްޓާ ކަރުން ލޭ އައިސްފިނަމަ ރޯދަ ދާނެތޯ؟

  2. ނޭގަނޑު ކުރާ ދަމުނަމާދު އެއްވެސްވަރަކަށް ނުނިދާ ކުރެވިދާނެތޯ ؟

  3. މީހެއްގެ އަތްބެއް އޭނާގެ ހަލާލު ފިރިމީހާ އާއި ނޭގި ހިލޭފިރިހެނަކާ ރައްޓެހިވެ ބަދުއަޚްލާޤީ ގުޅުންތައް ހިންގާ އަދި ޒިނޭކުރިކަމަށް ވާނަމަ ފިރިމީހާ އޭނާގެ އަނބިމީހާ ވަރިނުކުރި ކަމުގައިވިޔަސް ދެމަފިރިންގެ ކައިވެންޏަށް އެއްވެސް އުނިކަމެއް ލިބޭނެތޯ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!