ޝައިޚް އިމްރާންގެ ދަރުސް ރަމަޟާންމަހު ކޮންމެދުވަހަކު

އައްޝައިޚް އިމްރާން އަބްދުﷲ 1435 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ދަރުސްދޭ ގޮތަށް ނިންމަވައިފިއެވެ.

ޝައިޚް އިމްރާން ދެއްވާ ދަރުސްތައް އޮންނާނީ ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގެ އަސުރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައެވެ. މިދަރުސްތަކުގައި ކިޔަވައިދެއްވާނީ އިމާމް ނަވަވީގެ 40 ހަދީޘްގެ ޝަރަހައެވެ.

އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އާންމުންގެ ކުރިމައްޗަށް ޝައިޚް އިމްރާން ދަރުސެއް ދެއްވުމަށް ނިކުމެ ވަޑައިގެންފައިވަނީ 1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިހްޔާ ފޯރަމްގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!