ޝައިޚް ނަޝީދުގެ ކްލާސްތަކެއް އޯޑިއޯން މިސްކިތުގައި ފަށަނީ

އައްޝައިޚް މުހައްމަދު ނަޝީދު އާދަމްގެ ކްލާސްތަކެއް ކުރީގެ އޯޑިއޯން ހުރި ބިމުގައި ހެދި ވަގުތީ މިސްކިތުގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

ދިއިސްލާމްއަށް މައުލޫމާތު ލިބުނުގޮތުގައި މިކްލާސްތަކުގައި ޝައިޚް ކިޔަވައި ދެއްވާނީ އުސޫލުލް ފިޤްހް ކަމަށާއި މިކްލާސްތައް އޮންނާނީ ކޮންމެ ހުކުރު، ހޮނިހިރު އަދި އަންގާރަ ދުވަހުގެ އަސުރު ނަމާދަށް ފަހުގައެވެ.

މިސިލްސިލާގެ ފުރަތަމަ ކްލާސްތައް ވަރަށް އަވަހަށް ފެށޭނެކަމަށް ކްލާސް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.

ޝައިޚް ނަޝީދުވަނީ މީގެ ކުރިން ސިލްސިލާ ފިޤްހް ކްލާސްތަކެއްވެސް ކުރިއަށް ގެންދަވާފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!