ޙައިޟުގެ ލޭކެނޑި ހިނައިނުގަނެ ހުރެ ރޯދަ ހިފިދާނެތޯ؟

ޖަވާބު:

الحمدلله، والصلاةوالسلامعلىنبينامحمدوعلىآلهوصحبهوسلموبعد:

ފަޖުރު ލުމުގެ ކުރިން ޙައިޟުގެ ލޭ ކެނޑިއްޖެނަމަ، ހިނައިނުގަނެވި ހުރިނަމަވެސް، ރޯދަ ހިފަން ޖެހޭނެއެވެ. ލޭކެނޑުމާއި އެކު ރޯދަ އަށް ހުރުމަށް ނިޔަތް ގަންނާނީއެވެ. ރޯދަ ހިފުމަށް ޓަކައި ހިނައިގަތުން ލާޒިމެއް ނޫނެވެ. ނަމަވެސް، ހިނައިގަތުން ލަސްނުކުރުން ހުއްޓެވެ. ސަބަބަކީ ހިނައިނުގަނެ ފަތިސް ނަމާދު ނުކުރެވޭނެތީވެއެވެ.

އިމާމް މާލިކް- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ފަޖުރު ލުމުގެ ކުރިން ޠާހިރުވެއްޖެނަމަ، އޭގެފަހުން (ފަޖުރުލުމުގެ ފަހުން) ހިނައިގަންނަމަވެސް ރޯދަ ޞައްޙަވާނެއެވެ. والله أعلم

 

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މި ސައިޓަށް ސުވާލު ހުށައެޅުމަށް ހަދަންޖެހޭނީ ކިހިނެއް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!