މާމުތުން މޫނުގެ ހަންގަނޑަށް ފަރުވާއެއް

މާމުތަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ހަމަށާއި އިސްތަށިގަނޑަށް އަދި ހަށިގަނޑަށް ވެސް އެތައް ފައިދާ ތަކެއް ކުރާ ގުދުރަތީ ކާނާ އެކެވެ.
ދިރާސާ ތަކުން ދައްކާ ގޮތުގައި މާމުތު ގައި ގިނަ އަދަދަކަށް ގުދުރަތީ ވިޓަމިންސް އަދި މިނެރަލްސް ހިމެނެއެވެ. އެގޮތުން މާމުތުގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ފެނެވެ. މީގެ އިތުރުން ޕްރޮޓީންސް، ވިޓަމިން ބީ، ވިޓަމިން ސީ މީގެ އިތުރުންވެސް ޤުދުރަތީ އެތަކެއް ވިޓަމިންސް އަދި މިނެރަލްސް ހިމެނެއެވެ

މާމުތުގައި އެކުލެވޭ ފައިދާ ކުރުވަނި މާއްދަތަކުގެ ސަބަބުން ކޮސްމެޓިކްސް އުފައްދާ ފަރާތްތަކުން ދަނީ އެމީހުންގެ އުފެއްދުން ތަކުގައި ގިނަ އަދަދަކަށް މާމުއި ބޭނުން ކުރަމުންނެވެ. މީގެ އިތުރުން ރީތިވުމަށް މީހުންދާ ސެލޫން ތަކުގައިވެސް މާމުއި ބޭނުންކޮށްގެން ތަފަތު ފަރުވާތައް ދެއެވެ. އެގޮތުން
• ހަންގަނޑު ސާފުކުރުމަށް
• އިސްތަށި ފެޅުވުން އަދި އިސްތަށި ފޭބުން ހުއްޓުވުމަށް
• ހަލާކުވެފައިވާ އިސްތަށިތަކަށް ފަރުވާ ކުރުމަށް
• އިރުގެއަލިން ހަންގަނޑުގައިލާ ލަކުނު ފިލުވުމަށް
• ދަތް ހުދުކުރުމަށާއި ހިރުގަނޑުގެ ފަރުވާއަށްވެސް މާމުއި ބޭނުން ކުރެއެވެ.

ދަތްތައް ހުދުކުރުމަށާއި ހިރުގަނޑު ގިރުންފަދަ ކަންކަމަށް ފަރުވާއަކަށް ކޮންމެ ދުވަހަކު ހެނދުނު މާމުއި ދަތްތަކުގައި އުނގުޅާށެވެ. މީގެ ސަބަބުން ދަތްތައް ހުދުވެ ހިރުގަނޑަށް ދިމާވާ ތަފާތު މައްސަލަތަކުގެ ހައްލަކަށް ވެދެއެވެ.

ގައިގެ ހަންގަނޑު މަޑުކުރުމަށް މާމުތާއި ޔޯގަޓް އެއްކުރުމަށްފަހުގައި ބޭނުންކުރާށެވެ. މާމުތާއި ފިނިފެން (ރޯސް ވޯޓަރ) އެއްކުރުމަށް ފަހުގައި މޫނުގައި ފޭސްމާސްކެއް ގޮތުގައި ބޭނުންކުރުމުން މޫނުގެ ހަންގަނޑު އޮމާންވެ ހަންގަނޑަށް ޒުވާންކަން ގެނެސްދެއެވެ. ކުރިން ދެންނެވުނު ފޭސްމާސްކް ބޭނުންކުރެއްވުމަށް ޒައިތޫނި ތެޔޮ ފޮދަކުން މޫނު ސާފުކޮށްލުމަށްފަހުގައި ކަފަކޮޅަކުން، އެއްކޮށްފައިވާ މާމުތާއި ފިނިފެން މޫނުގައި އުނގުޅާށެވެ. އަދި 15 މިނެޓް ފަހުން ތާފަނާ ފެންފޮދަކުން މޫނު ދޮވެލުމަށްފަހުގައި މަޑު ތުވާއްޔަކުން މޫނު ހިއްކާލާށެވެ. ނަތީޖާ ހާޞިލްކުރުމަށް ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު މިމާސްކް ބޭނުންކުރައްވާށެވެ.

މޫނުގެ ހަންގަނޑު ހިކޭ ފަރާތްތަކުން މާމުތާއި ކިއުކަމްބަރގެ ދިޔައާއި އެއްކުރުމަށްފަހުގައި ހަފްތާއަކު އެއްފަހަރު ބައިގަޑި އިރުވަންދެން މޫނުގައި ހާކާފަ ބަހައްޓާށެވެ. މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން ހަންގަނޑު ހިކުމުން ސަލާމަތްވެ މޫނުގެ ކުލަ އަލިކޮށްދެއެވެ.

މޫނުގެ ހަންގަނޑު ތެޔޮކޮށް ހުންނަ ފަރާތްތަކުން މާމުތާއި އޮރުންޖުގެ ދިޔައާއި އެއްކުރުމަށް ފަހުގައި ހަފްތާއަކު އެއްފަހަރު 20 މިނެޓް ވަންދެން މޫނުގައި ހާކާފަ ބަހައްޓާށެވެ. މީގެ ސަބަބުން މޫނުގައި އިތުރަށް އުފެދޭ ތެޔޮކަންފިލާ މޫނުގެ ކުލަ އަލިކޮށްދެއެވެ.

އިރުގެ އަލީގެ ސަބަބުން މޫނުގެ ހަންގަނޑުގައި އުފެދޭ ލަކުނު ފިލިވުމަށް މާމުތާއި، ރާހުތް (ވިނެގަރ) އަދި ކުޑަ ލޮނުކޮޅެއް އެއްކުރުމަށްފަހުގައި ލަކުނުގައި އުނގުޅާށެވެ.

ނިންމާލަމުން ބުނެލަންއޮތީ މިބުނެވުނުދިޔަ ފަރުވާތަކުގެ އިތުރުން ކެއުމުގެ ތެރޭގައި ގިނައިން މާމުއި ބޭނުންކުރުމަކީ މީހާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މަގުފަހި ކޮށްދޭނެކަމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!