“ޞާލިޙް ދަރިއަކު ބޭނުންތޯ؟” ދަރުސް ހޮނިހިރު ދުވަހުގެ ރޭ

“ޞާލިޙް ދަރިއަކު ބޭނުންތޯ” މި މަޢުޟޫގެ މައްޗަށް ޝެއިޚް އިލްޔާސް ޖަމާލް ދެއްވާ ވަރަށް ޚާއްޞަ ދަރުސެއް އަންނަ ހޮނިހިރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހޮނިހިރުދުވަހުގެ ރޭ 9:00 ގައި ޢަރަބިއްޔާ ސްކޫލް ހޯލުގައި ބާއްވަން ހަމަޖެހިފައިވާ މިދަރުސަކީ، ގިނަ ދަރުސްތަކެއް ޢާއްމުންނާ ހިސާބަށް ގެނެސްދިނުމުގައި “ހެޔޮ ބިންގާ”ގެ ނަމުގައި ޙަރަކާތްތެރިވަމުން އަންނަ އުޚުތުންކޮޅެއް އިސްނަގައިގެން އިންތިޒާމްކުރާާ ދަރުސެކެވެ. މިދަރުސަކީ ޢާއްމުންނަށް ހުޅުވާލައިގެން ބޭއްވޭ ދަރުސެކެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު މިދަރުސް އަޑު އެއްސެވުމަށް ވަޑައިގަތުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތުގެ ވަރަށްބޮޑު އެދުމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!