ވޯލްޑް ކަޕާ ދިމާކޮށް ބުރެޒިލްގައި 250000 މުސްޙަފު ބަހަނީ

  • ވޯލްޑް ކަޕަށް ސްޓޭޑިއަމްއެއް ތައްޔާރުކުރަނީ

ކުވައިތުގެ އަޢުޤާފު މިނިސްޓްރީއިން ހާމަކުރާ ގޮތުގައި، އެކި އެކި ބަސްބަހަށް ތަރުޖަމާކޮށްފައިވާ ކީރިތި ޤުރުއާނުގެ 250000 މުސްޙަފުގެ ހިލޭ ކޮޕީތައް 2014 ވަނަ އަހަރުގެ ވޯލްޑްކަޕާ ދިމާކޮށް ބުރެޒިލްގައި ބަހާނެކަމަށެވެ.

ސްޕެނިޝް، ޕޯރޗްގީޒް، އިންގްލިޝް އަދި ފްރެންޗް ބަހަށް ތަރުޖަމާކޮށްފައިވާ މުސްޙަފުތަކުގެ ކޮޕީތައް، ޕުޓުބޯޅަ ދަނޑުތަކާއި، ހޮޓާތަކާއި އަދިވެސް ބައެއް އާންމު ތަންތާންގައި ބެހުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް “އަލް ޤަބަސް” (ޤުރުއާނާއިބެހޭ ވުޒާރާ) އާ ހަވާލާދީ ‘ދި ކުވެއިތް ޑެއިލީ’ ގައި ރިޕޯޓްކޮށްފައިވެއެވެ.

މިއަހަރުގެ ޖޫން މަހުގެ 12 އިން ޖުލައި މަހުގެ 13 އަށް ވޯލްޑް ކަޕުގެ މެޗްތައް ތާވަލު ކޮށްފައިވާއިރު، 32 ޤައުމަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އިސްލާމީ ބޮޑު ހަ ޤައުމެއް ފެނިގެން ދާނެއެވެ. އެއީ އަލްޖީރިއާ، ކެމަރޫން، އައިވަރީ ކޯސްޓް، ނައިޖީރިއާ، އީރާން އަދި ބޮސްނިއާއެވެ.

އެހެންކަމުން މުސްލިމު ޤައުމުތަކުން ވޯލްޑްކަޕް ބެލުމަށްޓަކައި ބުރެޒިލް އަށް ދާ މުސްލިމުނަށް ޚާއްޞަ ގައިޑު ފޮތް “ސަލާމް ބްރެޒިލް” ވަނީ ތައްޔާރުކޮށްފައެވެ. އެ ފޮތުގައި ޙަލާލް ކާބޯތަކެތި ވިއްކާ ފިހާރަ ތަކާއި ރެސްޓޯރަންޓް ފަދަ ތަން ތަން ހިމަނާފައި ވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!