ސިމްޕްލް ވެޖީ ލަންޗް

ބޭނުންވާ ތަކެތި:

1 ދަޅު ތަރުކާރީ (ދަޅުގައި ބަންދުކުރި)

1 ފިޔާ (ބޮޑު)

1 ދަޅު މަސް (ޗަންކްސް އިން އޮއިލް)

1 ދަޅު ޓޮމާޓޯ ޕޭސްޓް

ހިކަނދިފަތް

ލޮނު

1 ގިތެޔޮ މިރުސް

ކުކިން އޮއިލް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ، އުނދުން މައްޗަށް ތަވާ އުދުމަށްފަހު ދެޔޮފޮދެއް އަޅުއްވާށެވެ. އެއަށްފަހު ފިޔާ،މިރުސްް، ހިކަނދިފަތް އެއްކުރުމަށްފަހު ފިޔާ މީރުކޮށްލާށެެވެ. ދެން މީރު ކުރި ފިޔާ ކޮޅުގެ ތެރެއަށް މަސްދަޅު އަދި ތަރުކާރީ ދަޅު އެއްކޮއްލުމަށްފަހު ރަގަޅުވަރަކަށް ކެކުމުން ޓޮމާޓޯ ޕޭސްޓު ދަޅު އެޅުއްވުމަށްފަހު ރަންގަޅަށް އެއްކޮށްލާށެވެ. ދެން ފަސް ވަރަކަށް މިނެޓް ވަންދެން މަޑުކިނީގައި ކައްކާލުމަށްފަހު އުދުން މަތިން ބާލާށެވެ.

މިއީ އަވަދިނެތި އުޅުއްވާ ބޭފުޅުންނަށް ވަރަށް ފަސޭހައި އަދި އަވަހަށް ތައްޔާރުކޮށްލެވިދާނެ ވަރަށް މީރު ކެއުމެކެވެ. ރޮއްޓާއި ބަތާއެކު ކާލަން ވަރަށްމީރުވާނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!