ބުރުގާއަޅާ މީހުންނަށް ޝޭމްޕޫ ކުންފުނިތަކުން އަމާޒު ހިފައިފި

ދުނިޔޭގެ ނަން މަޝްހޫރު ޝޭމްޕޫ އުފައްދާ ބޮޑެތި ކުންފުނިތަކުން ބުރުގާ އަޅާ ފަރާތްތަކަށް ޚާއްޞަކޮށްގެން ޝޭމްޕޫ އުފައްދަމުން ދާކަމުގައި “ދި ސްޓްރީޓް ޖާރނަލް” ގައި ރިޕޯޓްކޮށްފިއެވެ.

ތަފާތު ގިނަ ވައްތަރުގެ ކޮސްމެޓިކްސް އުފައްދާ ގިނަ ކުންފުނިތަކުން ބުރުގާ އަޅާ ފަރާތްތަކަށް ޚާއްޞަކޮށްގެން ޝޭމްޕޫ، ކޮންޑިޝަނަރ އަދި ހެއަރ ކްރީމްފަދަ އުފެއްދުންތައް ބާޒާރަށް ނެރެމުންދާ ކަމަށާއި އަދި އިތުރު ތަފާތު އުފެއްދުންތައް ބާޒާރަށް ނެރުމަށް ތަޖުރިބާ ކުރަމުންދާކަމަށް އެ ކުންފުނިތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

މިފަދަ އުފެއްދުންތައް ތަޢާރަފުކޮށް ބާޒާރަށް ނެރެންޖެހިފައި ވާކަމަށާއި، ބުރުގާ އަޅާ އަންހެނުން ގިނަވަމުން ދާއިރު އެމީހުންގެ ބޮލާއި، އިސްތަށިގަނޑަށް ޚާއްޞަ އުފެއްދުންތައް ބާޒާރުން ލިބެން ހުންނަން ޖެހޭނެކަމަށް އެފަދަ ކުންފުނިތަކުން ހާމަކުރެއެވެ.

ޔޫރަޕާއި އެމެރިކާފަދަ ހުޅަނގުގެ ތަހުޒީބުވަމުން އަންނަ ޤައުމުތައް ކަމަށް ދަޢުވާ ކުރާ ފަރާތްތަކަށްވެސް މިއަދު ބުރުގާއަޅާ މީހުންގެ އަދަދު ގިނަވަމުން ދާތީ، އެމީހުންގެ އުފެއްދުންތައް އިސްތިހާރުކޮށް ބާޒާރުކުރުމުގައި މިފަދަ ފަރާތްތަކަށް އުފެއްދުންތަކުގެ މާރކެޓްގެ އަމާޒު ހިފަން ފަށައިފާވާ މަންޒަރުތައް މިދަނީ ފެންނަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!