ޝެއިޚް އާދަމް ޝަމީމް ދެއްވާ ދަރުސް “ކުއްލި މަރު” ހުކުރު ދުވަހުގެ ރޭ

“ކުއްލި މަރު” މި މަޢުޟޫގެ މައްޗަށް ޝެއިޚް އާދަމް ޝަމީމް ދެއްވާ ވަރަށް ޚާއްޞަ ދަރުސެއް އަންނަ ހުކުރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހުކުރުދުވަހުގެ ރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވަން ހަމަޖެހިފައިވާ މިދަރުސަކީ، ގިނަ ދަރުސްތަކެއް ޢާއްމުންނާ ހިސާބަށް ގެނެސްދިނުމުގައި ޙަރަކާތްތެރިވަމުން އަންނަ “ހެޔޮ ބިންގާ” ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ދަރުސެކެވެ. މިދަރުސަކީ ޢާއްމުންނަށް ހުޅުވާލައިގެން ބޭއްވޭ ދަރުސެކެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު މިދަރުސް އަޑު އެއްސެވުމަށް ވަޑައިގަތުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތުގެ ވަރަށްބޮޑު އެދުމެކެވެ.

“އެންމެ ފޮނިމީރުކަން” މިނަމުގައި ބާއްވަން ހަމަޖެހިފައިވާ ދަރުސް މިހާރު ލަސްކުރެވިފައިވާކަމަށްވެސް ހެޔޮ ބިންގާ ގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ. އަދި މިދަރުސް ދިއިސްލާމްގެ ފަރާތުން ލައިވްކުރާނެކަމަށް ދަރުސް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!