އަލްއުސްތާޛު ޢަލީ ޒާހިރު: ޢިލްމީ ޒުވާން ވަކީލެއް

މީ އަލްއުސްތާޛު ޢަލީ ޒާހިރުގެ ޚުލާސާ ވަނަވަރެވެ. އެންމެ ކުރުކޮށް އަލްއުސްތާޛު ޢަލީ ޒާހިރާމެދު ލިޔެވޭނެ ބަސްކޮޅަކީ އަލީ ޒާހިރަކީ އުފެންދުންތެރި މަލްޓިޓާސްކު ބޭފުޅެއް’ ގެގޮތުގައެވެ. ………..

އަލްއުސްތާޛު ޢަލީ ޒާހިރަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލަތު ކުރައްވާ ވަކީލުންގެ ތެރެއިން ކޮމްޕަރޭޓިވް ލޯއިން މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ ހީވާގި ބޭފުޅެކެވެ. ރާއްޖޭގެ ޤާނޫނީ ދާއިރާގައި މިހާރު އަލަށް ފިޔަޖަހަމުން އަންނަ އެއްތަރިއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ސްޕްރީމު ކޯޓުގައި އިންތިޚާބާ ގުޅިގެން ކުރިއަށް ދިޔަ ޝަރީޢަތްތަކުގައި އަލްއުސްތާޛު ޢަލީ ޒާހިރު ވަނީ އެމައްސަލަ ދިރާސާ ކުރެއްވި ޤާނޫނީ ޓީމާގުޅިގެން މުހިންމު ދައުރެއް އަދާ ކުރައްވާފައެވެ.

ޤާނޫނީ ދާއިރާއިން ފާހަގަ ވުމުގެ އިތުރަށް އަލްއުސްތާޛު ޢަލީ ޒާހިރު ފާހަގަ ކުރެވިފައިވަނީ ކުޅަދާނަ މޮޑަރޭޓަރެއްގެ ގޮތުގައެވެ. އެގޮތުން މިނިސްޓުރީ އޮފް އިސްލާމިކު އެފެއާޒުން ކޮންމެ ރަމަޟާން މަހަކު ކުރިއަށްގެންދާ އިޙްޔާ ފޯރަމްތައް މޮޑަރޭޓު ކުރައްވަވާ ހުށަހަޅުއްވާފައިވެއެވެ. އަދި ޤައުމީ ފެންވަރުގައި މިނިސްޓުރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކުރި ބައްދަލަވުންތައްވެސް މޮޑަރޭޓު ކުރައްވާފައިވެއެވެ.

ޓީވީއެމްއިން ގެނެސްދޭ ‘އިސްލާމީ ދިރިއުޅުން’ ޕްރޮގުރާމް ވަރަށް ޝައުޤުވެރިކަމާއެކު ގިނަ ދުވަސަތަކެއްވަންދެން ހުށަހަޅުއްވައިދެވި ކުޅަދާނަ ޕްރެޒެންޓަރެއްވެސްމެއެވެ.

މީޑިއާއާއި ރަށްޓެހި، އިދިކޮޅު ސިޔާސީ ފަރާތްތަކާ މުޚާޠަބް ކުރުމުގައިވެސް މެދުމިނުގެ އުޞޫލުތައް ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގައި ނޫސްވެރިންނާ ޢާއްމުން ފާހަގަ ކުރާ އަލްއުސްތާޛު ޢަލީ ޒާހިރަކީ ޢަދާލަތު ޕާޓީގެ އިސްތަރުޖަމާނެވެ.

ބައިނަލްޢަޤުވާމީ ފެންވަރުގައި ޢިލްމީ އަދި އިޖުތީމާއި އަދި ސިޔާސީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ޖޯޑަން، މޭލޭސިއާ، ތުރުކީ ފަދަ ޤައުމުތަކުގައި ބޭއްވުނު ބައިނަލްޢަޤުވާމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ތަފާތު މައްސަލަތަކާމެދު ޢިލްމީ ޚިޔާލުފުޅުތައް ހުށަހަޅުއްވާފައިވެއެވެ.

އަލްއުސްތާޛު ޢަލީ ޒާހިރަކީ ޒަމާނީ މައްސަލަތަކާމެދު ޢިލުމީ ދިރާސާ ކުރައްވާ، އެމައްސަލަތަކަށް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ޙައްލު ހޯއްދަވައިދެއްވުމުގެ ވިސްނުން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން މިޒަމާނުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ކައުންޓަރ ޓެރަރިޒަމްއާއި ލޯ އެންފޯސްމެންޓު ޔުނިޓްތަކަށް ކުރިމަތިވާ މައްސަލަތަކާ، ސައިބަރ ޓެރަރިޒަމް ފަދަ ޒަމާނީ މައްސަލަތަކާ މެދު ބޭއްވިފައިވާ ތަފާތު އެކިއެކި ފޯރަމްތަކުގައި ބައިވެރިވެ ޢިލުމީ ތަޖުރިބާ ހިއްސާ ކުރައްވާފައިވެއެވެ.

ތައުލީމު ހާސިލު ކުރެއްވި ދުވަސްވަރު އަލްއުސްތާޛު ޢަލީ ޒަހީރަކީ ފާހަގަ ކޮށްލެވޭ ދަރިވަރެކެވެ. އަދި ތަޢްލީމަށްޓަކައި ނުހަނު ގިނަ ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ޢަޒުމް ވަރުގަދަ ބޭފުޅެކެވެ. ޢިލްމު އުނގެނުމަށްޓަކައި ކުރެއްވި ދިގު ދަތުރުފުޅުތަކަކީ ކިޔަވާކުދިން އެއިން ޢިބްރަތް ލިބިގަނެ ހިއްވަރު އާކުރަން ފުދޭނެ ދަތުރުފުޅުތަކެކެވެ. އެގޮތުން މެދުމަދަރުސީ ތަޢްލީމް ރާއްޖެއިން ފުރިހަމަ ކުރެއްވުމަށްފަހު ސާނަވީ ތަޢްލީމް ޙާޞިލްކުރެއްވީ ޕާކިސްތާނުންނެވެ. އަދި މަތީ ސާނަވީ ތައުލީމު ހާސިލުކުރައްވާފައިވަނީ ސަޢޫދީ ޢަރަބިޔާގައެވެ. އެއަށްފަހު ސަޢޫދީ ޢަރަބިޔާގެ މަޝްހޫރު މަދީނާ އިންޓަނޭޝަނަލް ޔޔުނިވަރސިޓީން ޢަރަބި ބަހުން ޑިޕްލޮމާ ޙާޞިލްކުރެއްވިއެވެ. އަދި މުޅިދުނިޔެއަށް މަޝްހޫރުވެފައިވާ އެ ޔުނިވަރސިޓީއިން ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް އިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވިއެވެ. އެހިސާބުން ތަޢްލީމް ޙާޞިލްކުރެއްވުމުގެ އެބުރަ މަސައްކަތް ނިންމަވާލެއްވީކީ ނޫނެވެ. އެހެނެއްކަމަކު އިތުރު ހިއްވަރަކާއެކު އައު ހަރުފަތް ތަކެއް ކަޑައްތު ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެގޮތުން މެލޭޝިޔާގެ މަޝްހޫރު އިންޓަރނޭޝަންލް އިސްލާމިކް ޔުނިވަރސިޓީގެ ޤާނޫނީ ޢިލްމު އުނގަންނައިދޭ ފެކަލިޓީއޮފް ލޯސް އިން ކޮމްޕަރޭޓިވް ލޯއިން މާސްޓާސް ޑިގްރީ ޙާޞިލް ކުރެއްވިއެވެ.

އަލްއުސްތާޛު ޢަލީ ޒަހީރަކީ ތައުލީމީ ދާއިރާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީޢާއެންޑް ލޯ އާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް ގައި ލެކްޗަރާއެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވެއެވެ. އަދި މީގެ އިތުރަށް ތައުލީމީ ދާއިރާއަށް ޚާއްޞަކޮށް ޅަފަތުގެ ތައުލީމަށް ނުހަނު އިސްކަންދެއްވާ ބޮޑެތި އިސްލާޙީ ބަދަލުތަކެއް ގެނައުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ. އަދި މިކަމުގެ ޢަމަލީ މަސަތްކަތުގެ ދަށުން އައިޑިއަލް ސުކޫލުގެ ނަމުގައި ޕްރީސުކޫލެއް އުފައްދަވައި ހިންގުމުގެ އެއް މުއައްސިސަކީވެސް އަލްއުސްތާޛު ޢަލީ ޒާހިރެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ދާއިރާއަށް އަލްއުސްތާޛު ޢަލީ ޒާހިރު ނިކުމެވަޑައިގަންނަވަނީ ދާއިރާގެ ރައްޔިތުންނަށްނަށާއި ޤައުމަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދަވައިދެއްވުމަށް ވަކާލާތު ކޮށްދެވުމުގެ މަތިވެރި ޢަޒުމުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!