ހުކުރު ދުވަހުގެރޭ ޝައިޚް ސަމީރުގެ ވަރަށް ޙާއްސަ ދަރުސެއް ބާއްވަނީ

އަންނަ ހުކުރު ދުވަހުގެރޭ އައްޝައިޚް އަހުމަދު ސަމީރުގެ ވަރަށް ޙާއްސަ ދަރުސެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދަރުސް އިންތިޒާމްކުރާ ޖަމިއްޔަތުއް ސަލަފްއިން ހާމަކުރާ ގޮތުގައި ފެބްރުއަރީ 21 ވަނަ ދުވަހުގެރޭ ( ހުކުރުދުވަހުގެރޭ ) ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް އޮންނާނީ އަލިމަސް ކާރނިވަލްގެ ސްޓޭޖްގައެވެ. “އިސްލާމީ ޝަރީއަތް” މިމައުޟޫއަށް ދިނުމަށް ހަމަޖެހިފައިވާ މިދަރުސް ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހުކުރު ދުވަހުގެރޭ 21:00 ގައެވެ.

މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޟިރުވުމަކީ ޖަމިއްޔަތުއް ސަލަފްގެ ވަރަށް ބޮޑު އެދުމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!