“އުއްމަތަށްޓަކައި ކަރުނައެއް” ނަމުގައި ޝައިޚް ޝަމީމްގެ ވަރަށް ޙާއްސަ ދަރުސެއް ބާއްވަނީ

  • އަންދަލުސް” ނަމުގައި ޖަމިއްޔަތުއް ސަލަފުން ދަރުބާރުގޭގައި ބޭއްވި ދަރުސްޣާޢީ ޝެއިޙް އާދަމް ޝަމީމް ވާހަކަދައްކަވަނީ - ފޮޓޯ ދިއިސްލާމް: އިބްރާހިމް އަޝްވާގް

“އުއްމަތަށްޓަކައި ކަރުނައެއް – 2” ނަމުގައި ޝައިޚް ޝަމީމްގެ ވަރަށް ޙާއްސަ ދަރުސެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމީ އުއްމަތުގެ މިއަދުގެ ޙާލަތާއި އަދި ވަކިން ޙާއްސަކޮށް ސޫރިޔާގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންގެ ހާލަތު ބަޔާންކޮށްދިނުމުގެ ގޮތުން ބާއްވާ މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ފެބްރުއަރީ 2014 ވާ ބުދަ ދުވަހުގެ ރެއެވެ.

ދަރުސް އިންތިޒާމްކުރާ އަލް އަސްރުއިން ހާމަކުރާ ގޮތުގައި މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭ ފާށަނާމާލަމުގައި ކަމަށާއި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:45 ގައި ކަމަށެވެ.

މިދަރުސްގައި ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ތުރުކީއާއި ސޫރިޔާއަށް ޝައިޚް ޝަމީމް ދާދިފަހުން ކުރެއްވި ދަތުރުގައި ތަޖުރިބާ ކުރެވުނު ކަންކަމުގެ މައްޗަށް ބަލާލާ ފޮޓޯއާއި ވީޑިއީއާއެކު ޕްރެސެންޓޭޝަނެއް ގެނެސްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ

“އުއްމަތަށްޓަކައި ކަރުނައެއް” ނަމުގައި ޝައިޚް ޝަމީމްވަނީ މީގެ ކުރިންވެސް ވަރަށް އަސަރުގަދަ ދަރުސެއް ދެއްވާފައެވެ. .

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!