ސަލަފް ޓޯކްގެ ދެވަނަ ޕްރޮގްރާމް މިރޭ ބާއްވަނީ

ޖަމިއްޔަތުއްސަލަފްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ސަލަފް ޓޯކް” ގެ ދެވަނަ ޕްރޮގްރާމް މިރޭ އޮންނާނެކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

ސަލަފުން ހާމަކުރާ ގޮތުގައި މިރޭގެ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ރޫމްގައެވެ. އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިޕް ރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ 8:30 ގައެވެ.

މިރޭގެ މަޢުޟޫއަކީ “ފިކުރީ ހަނގުރާމަ” ކަމަށާއި މިރޭ ވާހަކަފުޅުދައްކަވާނީ އައްޝައިޚް ހަސަން މޫސާ ފިކުރީ ކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކުރެއެވެ.

ޖަމިއްޔަތުއް ސަލަފްއިން ހާމަކުރާގޮތުގައި މި ޕްރޮގްރާމްތަކަކީ އިސްލާމީ ދުނިޔޭގެ މަޝްރަހާއި އަދި މާއްދީ އެކިއެކި ކަންކަމާއިވެސް ގުޅޭގޮތުން ތަފާތު އެކި މަޢުލޫތަކަށް ވާހަކަދައްކާ ޢިލްމުވެރިންނާއި ވީހާވެސް ގާތުން ވާހަކަދައްކާލުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމް ތަކެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!