“ފީ ބުޔޫތް” ދަރުސް ސިލްސިލާ މިރޭ ޖަޒީރާ ޓީވީއިން ދައްކަން ފަށަނީ

  • "ފީ ބުޔޫތް" ދަރުސް ސިލްސިލާގެ ތެރެއިން | ފޮޓޯ: އަލް އަސްރު

“ފީ ބުޔޫތް” މިނަމުގައި ބާއްވަމުން ގެންދާ ސިލްސިލާ ދަރުސްތައް މިރޭ ޖަޒީރާ ޓީވީއިން ދައްކާގޮތަށް ހަމަޖެހިއްޖެއެވެ.

“ފީ ބުޔޫތް” އިންތިޒާމް ކުރާ އަލް އަސްރްއިން ދިއިސްލާމްއަށް މަޢުލޫމާތު ދިން ގޮތުގައި މިރޭ މަޣްރިބް ނަމާދަށް ފަހުގައި ޖަޒީރާ ޓީވީއިން ދަރުސް ދައްކާނެއެވެ. އަދި މީގެ ފަހުން ކޮންމެ ހުކުރު ދުވަހެއްގެ އެގަޑިއަށް ޖަޒީރާ ޓީވީއިން “ފީ ބުޔޫތް” ދަރުސްތައް ދައްކަމުން ގެންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

“ފީބުޔޫތް” ގެ ނަމުގައި އިންތިޒާމް ކުރާ މި ދަރުސް ސިލްސިލާގައި ކިޔަވައިދެއްވާ ފޮތަކީ މިއުއްމަތުގެ އެންމެ ބޮޑު މުޙައްދިޘް، އަލް އިމާމް ބުޚާރީ ލިޔުއްވި “އަދަބުލް މުފްރަދް” ގެޝަރަޙައެވެ. މި ފޮތަކީ އިމާމް ބުޚާރީ ލިޔުއްވި ފޮތްތަކުގެ ތެރެއިން ނުހަނު ފާހަގަކޮށްލެވޭ ފޮތެކެވެ. 9 ވަނަ ގަރުނުގައި ފަވާލެވުނު މި އަގުބޮޑު ޢިލްމީ ޚަޒާނާއަކީ އިސްލާމްދީނުގެ އަދަބު އަޚްލާޤާއި ބެހޭގޮތުން ލިޔެވުނު ފުރަތަމަ ފޮތެވެ. މި ފޮތުގައި ރިވެތި އަދަބު އަޚްލާޤް ގެ މިސާލުތައް ވަނީ ކީރިތި ރަސޫލާގެ ސުންނަތުންނާއި ސަޙާބީންގެ ބަސްފުޅުތަކުން ގަތާލެވިފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!