2013 ވަނައަހަރު 1 ބިލިއަން ސްމާރޓް ފޯން ވިކިއްޖެ

2013 ވަނަ އަހަރު ނިމުނުއިރު، ސްމާރޓް ފޯނުގެ ބާޒާރުގައި 1 ބިލިއަން ސްމާރޓް ފޯން ވިކިފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަން (އައިޑީސީ) އިންކުރި މިދިރާސާއިން ދައްކާގޮތުގައި 2013 ވަނަ އަހަރު އެންމެ ގިނަ ފޯން ޝިޕްކޮށްފައިވަނީ ކޮރެއާގެ ސެމްސަންގ ކުންފުނިންނެވެ. ސްމާރޓް ފޯން ސޭލްސްގެ %31.3 އެކުންފުނިން ހިއްސާކުރެއެވެ. ދެވަނައަށް އެންމެގިނަ ފޯން ޝިޕްކޮށްފައިވަނީ އެޕަލްއިންނެވެ. އެކުންފުނިން %15.3 ހިއްސާކުރެއެވެ.

އައިޑީސީގެ ދިރާސާއިން އިތުރަށް ދައްކާގޮތުގައި 2013 ވަނަ އަހަރު އެކިއެކި ކުންފުނި ތަކުން 1.004 ބިލިއަން ސްމާޓްފޯނު ދުނިޔޭގެ އެކި ތަންތަނަށް ޝިޕްކޮށްފައިވެއެވެ. މިއީ 2012 ވަނަ އަހަރާއި ބަލާއިރު %38.4  އިތުރު އަދަދެއްކަމަށް މިދިރާސާގައިވެއެވެ.

މިދިރާސާއިން ދައްކާ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ކޮރެއާގެ  ސެމްސަންގ އިންނެވެ. އެކުންފުނިން ވަނީ 2013 ވަނަ އަހަރު ދުނިޔޭގެ މޮބައިލް ފޯނު ބާޒާރުގައި އެ ކުންފުނީގެ ހިއްސާ %42.9 އަށްވަނީ އިތުރުކޮށްފަ އެވެ.

އައިޑީސީއިން ހާމަކުރާ ގޮތުގައި 2013 ވަނަ އަހަރަކީ އަހަރެއްގެ ތެރޭގައި ދުނިޔޭގައި އެންމެ ގިނަ ސްމާޓް ފޯން ވިކުނު އަހަރެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!